މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތައް ހިމެނޭހެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ތަމްރީންތަކެއް ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިތަމްރީންތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީންތަކެއްކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތައް ހިމެނޭގޮތަށް ގެންދާ މި ތަމްރީން ކުރިއަށްދާނީ ޅ.އަތޮޅުގެ ބައެއް ރަށްރަށުގައާއި ރިސޯޓްތަކުގައެވެ. ތަމްރީންގެ ތެރެއިން މި ރަށްތަކާއި ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެއެވެ.
މިތަމްރީން ހަރަކާތުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކްސް ބޭނުންކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުދެއެވެ.
ތަމްރީން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަަށް ކުރިއަށްދާނެއެވެ.
ފަހަކަށް އައިސް އެމްއެންޑީއެފްގެ ތަމްރީންތައްވަނީ އިތުރުކޮށްފައެވެ.
ތީ ތަމްރީނެއް ނޫން ތިއުޅެނީ ދެއްކެންވެގެން....