އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި ހިނގި ހަމަނުޖެހުމާއި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ ހިނގައިދިޔަ ހަމަނުޖެހުމާއި ދާދި އެއްގޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސިފަކުރައްވައިފިއެވެ.

އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާ މެދު އެންމެ ފަހު ބަސް އިއްވުމުގެ މަސައްކަތްތައް އެގައުމުގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ދަނޑިވަޅާ ދިމާކޮށް، އިންތިހާބު ނާކާމިޔާބު ވެވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓަލް ބިލްޑިންގް ސަރަހައްދުގެ ހުރުމަތް ކަނޑާލައި، އަމަލުތަކެއް ހިންގާ ސެނެޓުގެ އެތެރެއަށް ވަދެފައެވެ.

މި ހަމަނުޖެހުމާއި ހަތެއް ފެބްރުއަރީ 2012 ވަނަ ދުވަހު އޭރު، ރައީސްއަކަށް ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުމެވަޑައިގެން ގައުމުގެ މަސްލަހަތު ނަގާލައި ހިންގި ހަމަނުޖެހުމަކީ ވަރަށް އެެއްގޮތް ދެ ހާދިސާ ކަމުގައި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ޓްރަމްޕްއާއި އޭނާގެ ސްޕޯޓަރުން އެމެރިކާގައި ހިންގި ހަމަނުޖެހުމާއި ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓްގައި އޭނާ ވަނީ އެމެރިކާގައި ހިނގި މި ހަމަނުޖެހުން ކުށްވެރި ކުރައްވާފައެވެ. އަދި މަޖިލިސް ޖަލްސާކުރާ ގެ ކަމުގައިވާ ކެޕިޓަލްއިން ފެނިވަޑައިގަންނަވަނީ ހިތްދަތި މަންޒަރެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ޖަމީލް ވަނީ އެ ހާދިސާއަކީ ގާނޫނާއި ގަވާއިދުތައް ނުހިނގާ ގައުމުތަކުގެ މަގުމަތިން ފެންނަ މަންޒަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމެރިކާއަކީ ޑިމޮކްރެސީގެ ނިޒާމު ނަގަހައްޓާނެ ގައުމެއް ކަމާއި މެދު ދުނިޔޭގެ އެހެން ގައުމުތަކުން ކުރާ އުންމީދުތަކާއި މެދުވެސް ޖަމީލް ސުވާލު އުފައްދަވާފައެވެ.

ޖަމީލް ވިދާޅުވި ގޮތުގައި މި ހާދިސާއިން ރައްޔިތުން ބައިބައިވެ، ގައުމަށް ލިބޭ ގެއްލުން އިތުރުވެގެން ދާނެއެވެ. އަދި ޑިމޮކްރެސީގެ ތާޖު އަޅުއްވައިގެން ވެރިކަން ކުރެއްވި ބޭފުޅުންގެ ފަރާތުން މުޅި ދުނިޔެއަށް ފެނިގެން ދިޔަ މި ނާތަހުޒީބު އަމަލުން ދޭހަކޮށްދެނީ ޑިމޮކްރެސީއަކީ އެމީހެއް ބޭނުންވާ މަންފާތައް ހާސިލްކުރުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއީ 8 ފެބްރުއަރީ 2012 ވަނަ އަހަރު ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުމާއި ދާދި އެއްގޮތް ކަމެއްކަން ފާޙަގަކުރައްވާ ޖަމީލް ވަނީ އެދުވަހު އެމްޑީޕީން ފުލުހުންގެ އިދާރާތަކުގައި އާއި ކޯޓުތަކުގައި ހުޅުޖެހި ހާދިސާއަށް އަލިއަޅުވާލާފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް އެކަމުގައި ބައިވެރިވި 52 މީހުން ހައްޔަރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނީމަނީ

    އެމީހުން ބޮނޑިބަތް ނުކައްކާކަން އެކަނި މަދީ

    9
    4
  2. ލ.ގަމު

    ފެބްރުއަރީ 8 ވަނަދުވަހާއި އެމެރިކާގެ ހަމަނުޖެހުމާއި އެއްވެ ސް ތަފާތެއްނެތް ދެންވެ ސް އެމްޑީޕީއަށް ވެރިކަން ނާކާމިޔާބުވެއްޖެނަމަ އަލުންއަނބުރާ ފެބްރުއަރީ 8 އިއާދަވާނެ އެބައިގަނޑު އެންމެ ވައްތަރީ ޓުރަމްޕު ގެންގުޅޭބައި ގަނޑާ ހަމަ ތަފާތެއްނެތް!

    11
    1
  3. ޖަމީލް އަމާ

    މި ޖަމީލް މީ ގައުމީ މުސީބާތެއް!