ރާއްޖޭގެ ބަައެއް ފިހާރަތަކުގައި ގަނޑުކުރި ކާބޯތަކެތި ވިއްކަމުން އަންނަނީ ސިއްހަތަށް ގެއްލުންވާ ގޮތަށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެެމްއެފްޑީއޭ) އިން ވިދާޅުވެއްޖެެ އެެވެެ.

އެ އޮތޯރިޓީއިން ހާމަކޮށްފައިވާ ގޮތުގައި މިކަން އެމްއެެފްޑީއޭ އަށް ފާހަގަކުރެވިފައި ވަނީ މިފަދަ މައްސަލައެއް ހުރިތޯ ދާދިފަހުން ބެލި ބެލުމުންނެެވެެ. އެގޮތުން ބައެއް ފިހާރަތަކުން ނެެގި ސާމްޕަލްތަކުން އެތަންތަނުގައި ގަނޑުކުރި ކާނާގެ ބާވަތްތައް ވިއްކަމުން އަންނަނީ ސިއްހަތަށް ގެެއްލުންހުރި ގޮތަށް ކަމަށް ފާހަގަކުރެެވިފައިވާކަމަށް އެ އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެެވެ.

ބައެެއް ކާބޯތަކެއްޗަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ތަކެެތި ކަމަށާއި، އޭގެ ފިނިހޫނުމިން ހުންނަން ޖެހޭ މިންވަރަށް ނުފެތޭ ނަމަ އެތަކެތީގެ ރައްކާތެރިކަން އަދި ފެންވަރު ގެއްލޭނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ވިދާޅުވެފައެވެ.

މިއީ އާންމު ސިއްހަތަށް ނުރައްކާވާނެެ ކަމެއްކަން ފާހަގަކޮށް އެ އޮތޯރިޓީ އިން ވަނީ މިފަދަ ތަކެތި ގުދަން ކުރުމުގައި އަދި ވިއްކުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެެވެ.

މިފަދަ ތަކެތި ބެހެއްޓުމަށް އެންމެ ރަނގަޅު ފިނިހޫނުމިންވެސް އެެ އޮތޯރިޓީ އިން ވަނީ އާންމުކޮށްފައެވެ. އެގޮތުން ކާބޯތަކެެތީގެެ ފިނިހޫނުމިން 18- ޑިގްރީ ސެލްސިއަސް އަށްވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 5-0 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ބެެހެއްޓުމަށް އެ އޮތޯރިޓީ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެެމްއެފްޑީއޭ) މިވާހަކަ ދައްކަން ލަދުނުގަނޭތަ؟ ކީއްވެބާ މި ބޭފުޅުން މާލޭ މަސްމާރުކޭޓް ގަ ވިއްކާ މަހުގެ ކަންތަށް ބަލާފަ ފިޔަވަރު ނާޅަނީ ؟ އައިސް މަސް މާކެޓް އަށް ގެނެސް ވިއްކާ ނުވިކި ހުރި މަސް އަނެއްކާ އައިސް ކޮށް ޖެހިގެން އަންނަދުވަހު ވިއްކާ ކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެެމްއެފްޑީއޭ) އަށް ހަމަ ނޭގެނީބާ؟ހަމަ ގައިމް ވެސް މަސް ނުކާ މީހުން މިރާއްޖޭގަ މަދުވާނެ ދޯ؟

    20
  2. ކޮބާ

    ލޮނުޒިޔާރަތް މަގުގައި ހުންނަ ސްޕޭ ސް ފިހާރަ އަކީ ތިކަމުގައި އެއްވަނަ. އައިސް ކްރީމް ހުންނާނީ ނުބައިވެގެން ކަން ނުކެރޭވަރު ވެފައި. ސޮސެޖް ވެސް ކުކުޅު ވެސް. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ހަމަ ހުރިހާ 😩

  3. ހައްލަކީ.....

    ތިކަމުގެ ހައްލަކީ ގަނޑުކުރި ބާވަތްތައް، ކަންމަތީ ކުދި ފިހާރްތަކުން ގަތުން ހުއްޓާލައި، އެފަދަ ތަކެތި ކޮލިޓީކޮށް ހި ގާ، ބޮޑެތި މާރޓް ތަކުން ގަތުމެވެ.

    8
    4
  4. ސުއޫދު

    ރެޑްވޭޥް ތީ ނަންބަރު 1