ހއ. އުތީމުގައި ބޮޑުތަކުރުފާނުގެެ ހަނދާނުގައި ގާއިމްކޮށްފައި ހުންނަ މަރުކަޒު މަރާމާތުކުރަން ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެެންނެެވެެ. މިހާރު އެެތަނުގައި ކުރަމުން އަންނަނީ އެެކޮމޮޑޭޝަން ބްލޮކެެއް ގާއިމްކުރުމުގެ މަސައްކަތެެވެ. މި އެކޮމޮޑޭޝަން ބްލޮކްގައި ރަށުން ބޭރުން ދާ މީހުންނަށް ތިބެެވޭނެ އިންތިޒާމްވެސް ހަމަޖެހިގެެން ދާނެއެެވެ.

އަދި އެއާއި އެކު މިތަނުގައި ތިބޭ މީހުންގެ އަތުން ކުއްޔެއް ނެގުމަށް ހަމަޖެހިފައިވާތީ، މިއީ އުތީމަށް އާމްދަނީ ވަންނާނެ ރަނގަޅު ދޮރެއްކަން ފާހަގަކޮށްލެވެއެވެެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރުމަށް ހަމަޖެހިފައި ވަނީ އެެކޮމަޑޭޝަން ބްލޮކު ޒަމާނީ ފެންވަރަކަށް މަރާމާތުކުރުމުގެ މަސައްކަތެވެެ.

އެ އެކޮމަޑޭޝަން ބްލޮކުގައި ހަތަރު ކޮޓަރިއާއި، ފަސް ފާހާނާ އާއި، ލިވިން އޭރިއާއެެއް ގާއިމްކުރާނެެ އެވެ. މިއީ އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ މީހުންވެސް މަޑުކޮށްލުމަށް ހާއްސަކޮށްފައިވާ ތަނެކެެވެެ.

މި މަރުކަޒުގެ އެސިސްޓެންޓު ޑިރެކްޓަރު އަލީ ސިފާމް އާއި ހަވާލާދީ "ޕީއެސްއެމް ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތަނުގެ މަސައްކަތުގެެ 40 އިންސައްތަ މިހާތަނަށް ވަނީ ނިންމާފައެވެ.

މިތަނުގެ ފުރަތަމަ ފިޔަވަހީގެެ މަސައްކަތް އަންނަ މާޗުމަހާއި ހަމައަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެެ.

އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެެ ހަނދާނީ މަރުކަޒަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ތަނެެކެވެ.