ރާއްޖެ އެެތެރެކުރުން މަނާ ބާވަތެއްގެ މަހެއް އެެތެެރެކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެެރިން ރިސޯސަސް އިން ދީފިއެވެ.
ހުއްދަ ދެވިފައި ވަނީ ކޮން ބާވަތެއްގެ މަހެއް ރާއްޖެއަށް އެތެރެކުރުމަށް ކަމަށް އަދި އެ މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެެވެ. އަދި އެެ މަސް މިހާތަނަށް އެތެރެކޮށްފައިވާކަމެއް ވެސް ނުވަތަ ނޫން ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
އެ މިނިސްޓްރީ އިން ވިދާޅުވީ މިބާވަތުގެ މަސް އެތެރެކުރުމަށް ހުއްދަ ދެވިފައި ވަނީ އޮޅިގެން ކަމަށެވެެ. އެ މިނިސްޓްރީގެ އޮންލައިން ސިސްޓަމް މެެދުވެެރިކޮށް އަމިއްލަ ފަރާތަކުން އެެތެެރެކުރުމަށް އެެދިފައިވާ މިބާވަތުގެ މަސް އެެތެރެެކުރުމުގެ ހުއްދަ ދެެވިފައި ވަނީ އެ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމށް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެެ.
ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ދެވިފައިވާ ހުއްދަ އަނބުރާ ނެެގުމުގެ މަސައްކަތް އެ މިނިސްޓްރީ އިން މިހާރު ދަނީ ކުރަމުންނެވެެ.
އެ މިނިސްޓްރީ އިން މިހާރު އެކަން ވަނީ މަސް އެތެރެކުރުމުގެ ހުއްދައަށް އެދުނު ފަރާތަށްވެސް އަންގާފައެވެ.
އެ މަހަކީ ޖެނުއަރީ މަސް
އެގިއެގި ހުރެ ނުވަތަ ގަސްދުގައި އެތެރުރަންޏާ އޮކޭވާނެތޯ؟
މީކާކު؟
މީ ވަރަށް އޮޅޭ ސަރުކާރެއް
އޮލޭ ސަރުކާރު ގަ ވުޒާރާ ތަކުގެ ވެެރިން ގެ ފެންވަރު ތިހާމަވަނީ
މަތިމަސް
މިނިމަސް ...
އަނެއްކާ މާމެއިޑެއްބާ
އޫރު
އެމްޑީޕީ ސަރުކާރެއއ އްގަ އރޯދަމަސް ؟
އެތެރެ ކުރީ ސްޱިންގުރޭ !! ހުއްދަ ދިީފައިވަނީ ގަސްތުގަ! ފަޅާ އެރީމަ މިކަން މަތި އޮއްބަން ނެރުން ބަޔާނެއް މީ
މަސްވެރިކަމުގެ ސިޔާސަތު ނޭންގޭ މީހަކު ލައިގެން ދިވެހި މަސްވެރި ޢާއިލާތައް ހަލާކު ކުރަނީ ކަނޑައެޅިގެން ގަސްތުގަ އިބޫ ކުރުވަކަމެއް
އޮޅިގެން ބޫއީން މަނާ އެއްޗެއް ބޮވުމަކީވެސް މައްސަލައެއްނޫން. އެހެންވީމަ ކާއެއްޗެހި ވާހަކަ އަދި ބަހައްޓާ.