އިިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާލާ ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާކުރަން ފަށައިފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް އެބަ ދެއެެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި އިތުރު ދެދައުވާއަކީވެސް އެމްއެމްޕީއާރުސީގެ ހިޔާތާއި ގުޅުން ހުރި ދެ ދައުވާއެވެ.

އެ ދެ ދައުވާއަކީ ރ. ފުއްގިރި ދޫކުރުމުގައި ކުރެވުނު މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީލޯންޑާ ކުރި ދައުވާއެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

ކްރިމިނަލް ކޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެފައިވާއިރު ފުލުހުން ވަނީ މުޅި އެސަރަހައްދު ބަންދުކޮށްފައެވެ. އަދި ރައީސް ޔާމީނގެ ސަޕޯޓަރުންނާއި އިދިކޮޅު ލީޑާޝިޕްގެ އިސްވެރިންވެސް ވަނީ ބެރިގޭޑް ޖަހާ ފަހަތައް ޖައްސާފައިކަން ފާހަގަކޮށްލެވެއެވެ.

މުޒާހަރާގެ ބައިވެރިިން ފަހަތަށް ޖެއްސުމަށް އެސްއޯ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، ފުލުހުން ދަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ފިނޑި ސަރުކާރެއް. ކުލީ ސިފައިން ނެރެގެން ދިވެހި ރައްޔިތުންނަށް އަނިޔާ ކުރަނީ.

  2. އިސްތިއުފާ

    އިބޫ އިސްތިއުފާ

  3. ދޮންފަނު ޙަސަނު

    ދައުލަތުގެ އެންމެހާ ބާރުތައް މުށުތެރެއަށް ވަިރުވާ އަޅާލައިގެން ޚުދުމުޚްތާރު ވެރިކަމެއް ކުރަނީ ޤާނޫނުއަސާސީ ހިތުހުރިގޮތަކަށް ބަދަލުކޮށްގެން މިޤައުމުގެ އަމުނު އަމާންކަން ނަގާލައި ލޭއޮހުރުވުމަކަށް ދާންކަން ނުދަންނަ އެއްވެސް ރައްޔިތަކު ނެތެވެ. ޤާޒީންނާއި ފަނޑިޔާރުގެތައް މިއަދުވަނީ އެމްޑީޕީ ހަރުގެތަކަށް ބަދަލުވެފަ. ދައުލަތުގެ ދިފާއަކީ މިއަދު ކޮވިޑޭކިއައިގެން ރައްޔިތުން ބަންދުކޮށްބާތިއްބައިގެން ތިބުން. ދައުލަތުގެ ފައިސާއިން ރައްޔިތުން ބަނޑަށް ޖައްސާ ބާތިއްބައިގެން ޖެހުނުދިމާލަކުން ވައްކަންކުރަމުންދަނީ. ސްކޫލް ތަކަށް މީހުންގެ ޅަދަރީން އެއްކުރަނީ ކޮވިޑްގެބކޮންތާކު އޮތް ޤަވާޢިދަކާ ޤާނޫނަކުން. މިކުޅިވަރުކުޅެން މިއިންނަނީ ޕްރޮފެސަރ ތަނެއްދޮރެއްނުދަންނަ މުސްކުޅި ކެރަފާނަސީމު ލާފަ. މިވަރަށް ރައްޔިތުން ކަރަށްފައިންއެރީމަ ނިކުންނާނެ.