ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުތަކާއި މެދު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ސުވާލު އުފައްދަވައިފިއެވެ.
މުނިސިޕަލް ހިދުމަތްތަކުގެ އަގުތަކަށް އެޗްޑީސީއިން ބަދަލުގެނައުމާއި ގުޅިގެން ވައްޑެ ކުރައްވާފައިވާ ޓްވީޓްގައި ވަނީ އެ އިއުލާން ހިއްސާކުރައްވާފައެވެ.
މުނިސިޕަލްގެ ގެ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅިގެން ވައްޑެ ވަނީ އެޗްޑީސީއށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުތަކާއި މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން އެޗްޑީސީއަކީ ސިޓީ ކައުންސިލްތޯ ނުވަތަ ރަށު ކައުންސިލްތޯ ވައްޑެ ސުވާލު އުފައްދަވާފައިވެއެވެ.
އަދި މުނިސިޕަލް ޚިދުމަތްތަަކުގެ އަގު ކަނޑައެޅުމާއި، ރައްޔިތުން ޢަމަލުކުރުން ލާޒިމްވާ ޤަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު ކުންފުންޏަކަށް ލިބެނީ ކިހިނަކުންތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
"އެޗްޑީސީއަކީ ސިޓީ ކައުންސިލެއްބާ؟ ނުވަތަ ރަށު ކައުންސިލެއްބާ؟ މުނިސިޕަލް ޚިދުމަތްތަަކުގެ އަގު ކަނޑައެޅުމާއި، ރައްޔިތުން ޢަމަލުކުރުން ލާޒިމްވާ ޤަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު ކުންފުންޏަކަށް ލިބެނީ ކިހިނެއް؟" އެޓާނީ ޖެނެރަލް އޮފީސް ޓެގްކުރައްވާ ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެޗްޑީސީއަކީ ސިޓީ ކައުންސިލެއްބާ؟
ނުވަތަ ރަށު ކައުންސިލެއްބާ؟މުނިސިޕަލް ޚިދުމަތްތަަކުގެ އަގު ކަނޑައެޅުމާއި، ރައްޔިތުން ޢަމަލުކުރުން ލާޒިމްވާ ޤަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު ކުންފުންޏަކަށް ލިބެނީ ކިހިނެއް؟ @AGOmv https://t.co/91uC6BNJCJ
— Waddey (@waddey_) January 7, 2021
އެޗްޑީސީއިން ނެރެފައިވާ އިއުލާނުގައި ވަނީ އިމާރާތް ކުރުމާއި ބެހޭ އިދާރީ ގަވާއިދުތަކަށް ގެނެވުނު ބަދަލުތައް ބަޔާން ކޮށްފައެވެ. އެގޮތުން އިމާރާތުގެ ކުރެހުން ފާސްކުރުމަށްފަހު ކޮންމެ އަކަމީޓަރަކަށް 5 ރުފިޔާ ނަގާނެއެވެ. ކުރެހުން ފާސްކުރުމަށް އެދި ހުށައެޅުމުން އިދާރީ ފީއެއްގެ ގޮތުގައި 100/- ރުފިޔާ ނަގާނެއެވެ. ގޯތި އިންފާރު ރޭނުމާއި ފައުންޑޭޝަން އެޅުމުގެ ހުއްދައަށް އެދި ހުށައެޅުމުންނާއި ސައިޓް ކޮނުމުގެ ހުއްދައަށް އެދި ހުށައެޅުމުން އިދާރީ ފީއެއްގެ ގޮތުގައި 100 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޯތީގެ ކުރިމަތީ ފުޅާމިނުން ކޮންމެ ފޫޓަކަށް 100 ރުފިޔާ ނަގަން ހަމަޖެހިފައިވާއިރު ކޮނުމަށް ހަމަޖެހިފައިވާ ޖުމްލަ އޭރިއާއިން ކޮންމެ އަކަފޫޓަކަށް 20 ރުފިޔާ ނަގާނެއެވެ.
ޢެޗްޑީސީ އަކީ ހޮދުމިޚުތާރުކޮށް ހިންގާ ކުންފުންޏެއް މިއަށް ބާރުލިބޭ އެތަށް ކަންތަށްތަކެށް ހިގާފައެބަހުރި ސުހޭލް ކިތަށްމެ ރަގަޅަކަށް ކަންތަށް ކުރަން އުޅުނަސް އެތާގެ ދިޕާރޓްމެންޓް ހެޑުންގެ ގޮތުގައިތިބި ނާގާބިލު މިހުންނެށް ކަންތަށް ކުރަންނޫލޭ އަދި ކުރުވަންވެސްނޫޅޭ ދިޕާރޓްމެންޓް ހެޑުންގެ ދަށުން ތިބޭ ބައެށްމީހުންނަކީވެސް އެގޮތަށްގޮސްފަތިބިބައެށް
ތިޔަ ހުރިހާ ބާރެއް ކެނެރީގޭ މަޝީދައް ދެއްވާ.
އެހެން ހުރިހާ ރަށެއްގަ ބިންތަށް ބަލަހައްޓަނީ ކައުންސިލުން ކީއްވެ ހުޅުމާލެ ކީއްވެ ތަފާތު ވާންވީ؟