އިިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށްދާއިރު، އެ ކޯޓުގެ ސަރަހައްދަށް އެމަނިކުފާނުގެ ވަރަށް ގިނަ ސަޕޯޓަރުން ޖަމާވެ އެބަ ތިއްބެވެ.

އޭގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްއިން ބުނާ އިރު ފުލުހުން ވެސް ވަނީ ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނެއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒުލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ އެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން އެނގިފައިވެއެވެ.

ފުލުހުން އެ ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް އެމަނިކުފާނުގެ ސަޕޯޓަރުން އެ ސަރަހައްދަށް ޖަމާވެއެވެ.

ރައީސް ޔާމީން މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި ސަޕޯޓަރުން ވަރަށް ގިނަ އިހުތިޖާޖްތައް ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކެލާ އާރިފް

  އެތައްހާސް ސަޕޯޓަރުންނޭ ބުނާއިރު އެތަނުގަތިބީ ދެތިން ކެނައިން، އެއީވެސް ލާރިކޮޅެއްދިނީމަ ގޮސްތިބި ކެނައިން، ވަގަކު ސަލާމަތްކުރަން ހަމަބުއްދިހުރި އެކަކުވެސް ނުދާނެ ދެއްތޯ،

  9
  39
  • Anonymous

   ކަލޭމެންނަށް ވަގުން ވަކިކުރަން އެނގޭތަ.

   3
   1
  • Anonymous

   އާދެ. ގައުމުގަ ހުޅުޖަހާ މިނިކާވަގެއް ސަލާމަތް ކުރަން އެކަންޏެއްނު ދެވޭނީ ދެނެއް ތޯ.

 2. ޝާ

  ﷲ ތަޢާލާގެ އިރާދަފުޅުން ލަސްތަކެއްނުވެ ރައީސް ޔާމީން ޖަލުން ސަލާމަތްވާނެ.

  44
  6
 3. ކެލާ އާރިފް

  ބަލަ ތަންދޮރު އެނގިގެން ކޮމެންޓް ކޮށްބަލަ ލާދީނީން ނަކީ
  ހަަ އްދުފަހަނަ އަޅަ އިގޮސްފަ އި ވާބަ އެއ އް ބަލަ ކެލާ އާރިފް ނޭނގޭދޯ ނިކަމެތި. ޭ. އިންސާނަކު ސަލާމަތް ކުރުމަށް ކޮންމެހެން މާބާވަރު މީހުންތަކެތް ބޭނުމެ އްނުވާނެ އެބާރުލިބިގެންވަނީ ހަމަ އެންމެފަރާތަކަށް ކަލޯ ވިސްނާލާތި ރަ އީސްޔާމީން މިނިވަން ވެގެން އަންނަ ދުވަހު އެމްޑީޕީ ގުންޑާ އިން އުޅޭހެން އުޅޭނީ ފަރަންޖީން ބަލަމީ ދިވެހިރާ އްޖެ އޭ މީކީ. އެމެރިކާ އެއ އްނޫނޭ އިންސާފަށް ގޮވިމީހުން މި އަދު ކިހާތާހިރު ހަރާމެ އް ހަލާލެ އްބެލުމެ އްނެތި ތިތިބަކަ އި ހުސްކުރަނީ މުޅި ދަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުލަތް ތިތިބީ މުޅިދަ އުލަތް ބަނޑު އަޅަ އިގެން ދަރާވިކިފަ ދެންވެސް ވީހާގިނނަބަންގާޅީން ގޮވަ އިގެން މަގުމަ އްޗަށް ނިކުމެ ހަމަނުޖެހުން ހިންގާނީވެސް މަހަ ތިލާދީނީ ރީނދޫ ގުންޑާތަ އް ބަލަ ލާދީނީ ވެރިކަމަކަށް ތާ އީދު ނެތްކަން ޕޕގެ ބޮޑު ޖަލްސާ އަކުން ނޭނގޭދޯ ކެލާ އާރިފް ބުނަން ރަނގަޅު ވާހަކަ އެއ އް އަނގަ އޮތީޔަ ކާޅެ އްނުކާނެ ތިކުރަނީ ވެރިކަމެ އްތަ ވަ އްކަމެ އް ނޫންތަ މުޅި ރަ އްޔިތުން ބަނޑަށް ޖަ އްސާލާފަ އަދި އެވަރުންވެސް ނުފުދުނު ދޯ؟؟؟؟؟

  2
  1
 4. ގައުމު

  މާލެ އަރައިފިއްޔާ ކަރަންޓީން ވާންޖެހޭތީ ނުދާން މިތހިބެނީ ކަރަންޓީން ނިމޭއިރައް ކުޅި ދައްކާލާނަން

  3
  1
 5. ޑައިވަރޭ

  ބަޔަކު މުޒާހަރާ ކުރިކަން މިއެގުނީ ފަހުދުވަހު، އެވެސް ނޫހުން ހަބަރު ފެނިފަ...