ކްްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތުގެ އަޑުއެހުމަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އޮފީސް ޖޫރިމަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ މިއަދު ހެނދުނު 10:00 އަކަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ އަޑުއެހުމަކަށް ގަޑި ދައުލަތުގެ ވަކީލުން ހާޒިރުވެފައި ނުވާތީ ޕީޖީ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ 250 ރުފިޔާއިން ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ޖޫރިމަނާ ކުރަން ނިންމީ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކަމަށެވެ.

އެ އަޑުއެހުމަކީ ބަގްލަދޭޝްގެ ޖަމާލް އުއްޑިންގެ މައްޗަށް އުފުލާފައިވާ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. އެއީ ތުހުމަތު ކުރެވޭ އެ ފަރާތުގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެކެވެ.

އެ އަޑުއެހުމަށް ބަންދުގައި ހުރި މީހާ ވެސް ހާޒިރުވެފައިވާ ކަމަށާއި ދައުވާ ރައްދުވާ ބަންގްލަދޭޝް މީހާގެ ތަރުޖަމާނު ވެސް ގަޑިއަށް ހާޒިރުވެފައިވާ ކަން މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މާކުޑަ އަދަބެކެވެ ، އުޒުރެއް ނެތި ވަކީލު ހާޒިރު ނުވެއްޖެ ނަމަ ވަކީލު ވަޒީފާ އިން ވަކި ކުރަން ވީ އެވެ. ޕީޖީ ޖޫރިމަނާ ކުރާނެ ކަމެއް ނެތެެވ.

  2. އަހްމަދު

    ވަކީލުހާޒިރުނުވީމަ ރައްޔިތުންގެޓެކްސްފައިސާއިން ޖޫރިމަނާދައްކާކަށްނުޖެހޭނެ