މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަން ޖެހިވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލް ވެފައިވާކަމަށް އިއުތިރާފްވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސަބަބުން ކަމަށް އިދިކޮޅު ސިޔާސީ ލީޑަރު އަދިި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އިތުރު ދެދައުވާގެ އިބްތިދާއީ އަޑުއެހުމަށްފަހު ވަކީލުންނާއި އެކު ދެކެވުނު ވާހަކައިގެ ތެރެއިން ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފައެވެ.

ރ. ފުއްގިރި ދޫކުރުމުގައި ކުރެވުނު މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީލޯންޑާ ކުރި ދައުވާއާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމަށްފަހު ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަތައް ޖަމީލް ވަނީ ހިއްސާކުރައްވާފައެވެ. އޭނާ މިވާހަކަތައް ހިއްސާ ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި އެކު އިރުއޮއްސުނު ވަގުތު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި ގިނަ ކަންކަން ރައްޔިތުންނަށް ކޮށްދެއްވިއިރު، މިއަދު އެމަނިކުފާނަށް ޖެހިވަޑައިގެންފައި ވަނީ ހިތްދަތިކަން ކަމަށެވެ. އަދި އެކަމާއި އެމަނިކުފާނުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ދެއްކެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ހަގީގަތުގައި ކީއްވެތޯއޭ ތިމަންނައަށް މިހާ އަނިޔާވެރި ވީ، މިކަން ތިމަންނައަށް ކުރިމަތިމިވީ މި އަދީބުގެ ސަބަބުން". ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން އަދީބުގެ ވަސްވާހަށް، އެމަނިކުފާނުގެ ޒައާމަތުގައި ތިއްބެވި ބައެއް ވަޒީރުން ހެއްލުނު ކަމަށާއި، އެމަނިކުފާނަށް މިއަދު ލިބެމުންދާ އަނިޔާތަކަކީ އެކަމުގެ ސަބަބުން ވާ ކަންކަން ކަމަށް ވިދާޅުވި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެެވެ.

އަދި ޕީޕީއެމްއާއި ޕީއެންސީ ހަލާކު ކުރީ އަދީބު ކަމަށާއި އެ ދެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދާ އެކި ވަހުމްތައް އުފެއްދީވެސް އަދީބުކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވެފައި ވާކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއީ އެމަނިކުފާނަށް ވަރަށް އަސަރު ކުރާ ކަމެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އަދި މިއަދުވެސް ޕީޕީއެމްއަށާއި، ޕީއެންސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދީބު، އަދީބު ދޫކޮށްފައި އަމީން އެވެނިއުގައި ބަހައްޓާފައި ހުރީ ސީދާ ޕީޕީއެމް، ޕީއެންސީ ހަލާކުކޮށްލުމަށްޓަކައި ކަަމަށް ރައީސް ޔާމީން ވިދާޅުވި". ޑރ. ޖަމީލް ވިދާޅުވިއެވެ.

އަދީބަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެޅުވި ފަންޏެއް ކަމަށް ސިޔާސީ ގޮތުން ރައީސް ޔާމީނާއި ވާދަވެރި ފަރާތެއް ކަމުގައިވާ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމިން ތަންފީޒު ކުރައްވަމުންދާ ފަސް އަހަރު ޖަލު ހުކުމް ދަށު ކޯޓުގައި ސާބިތުކުރުމަށްޓަކައި ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުން ކޮށްފައި ވަނީ އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. އެމަނިިކުފާނުގެ މައްޗަށް ކުރެވިފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އިސްތިއުނާފްގެ ހުކުމް އިއްވުން މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ތާވަލް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޙަސަން

    އަދީބަކީ ކެރަފާ ނަޝީދުގެ ބޯއިއެެއ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ

    26
    4
    • އަހަރެންގެ ޚިޔާލު

      އަދީބާ ހެދި ޔާމީނު ޖަލަށް ދާން ޖެހުމަކީ ސިޔާސީ ދާއިރާއަށް ޔާމީނު ތަސައްރަފު ނުފުދޭކަމުގެ ހެއްކެއް!

      3
      3
  2. ނޫރު ދޯދި

    ޖަމީލު ބޭރުކޮށްފައި އެދުވަހު އަދީބު ގެނައީ ޖަމީލު އެއިރުވެސް ހުރީ ކިޔަވައިގެން، އަދީބު އެއިރުވެސް މިހާރުވެސް އުޅުނީ ތައްޕާހުން.

    ދެން ތިޔަބުނާ ދެކަފި ޕާޓީ އަކީ އަދީބު ގޮލާ ގޮޅީގައި އޮއްވާ ހެދި ޕާޓީ އެއް. އެހެންކަމުން ޔާމީން އެބުނާ ގޮތަށް ކަންކުރުމުގެ ބާރު އަދީބު އަތުގައި އަދިވެސް އޮންނަ ނަމަ ޔާމީނު ތިގެން ގުޅުނު ވަޒީރުން ނާއި މެމްބަރުން ނަށް ތިޔަ ކުރަނީ މަލާމާތެއް.އެމީހުންނަކީ އެއްވެސްކަހަލަ އުރަތްޕެއް ނެތް ބަޔަކަށް ތިހަދަނީ.

    ނޫނީ އެއީ އަނެއްކާ ޖަމީލު ތިޔަ ތަނަށް ބޭނިގަނެގެން އުޅޭ މަގުސަދު ތަ؟

    ރައީސް ނުދައްކާ ވާހަކަ ތަކެއް އައިސް ޕަބްލިކުގައި ދޮގު ހަދާފައި ފަތުރަށް.

    20
    7
  3. މަނީމަނީ

    އެކަށީގެންވާ ރަނގަޅު އަދަދެއްގެ ފައިސާ ދީފިއްޔާ އެގަނުހިފާނެ މީހަކު ނުހުންނާނެކަމައް ވިދާޅުވީ ކާކު

    16
    6
  4. ޢަފްލާ

    ތިއުޅެނީ މިގައުމުގަ ގޯހެއް ހަދަން ވެގެން ރ ޔާމީންގެ މުދާ ނެގެންޏަ އަދީބްއާއި ޒިޔަތުގެ މުދާވެސް ނެގެންޖެހޭނެ ނަގައިފިއްޔާ ކުޅި ދައްކާލާނަން

    27
    15
  5. އަލްޖިބްރާ

    ޖަލަށް ދާން ޖެހުނީ މިވެނި މީހެއްގެ ސަބަބުންނޭ ނުބުނެވޭނެ ! ބޮޑެތި ފިރިހެނުން ތަންތަނުގެ ވެރިކަމާއި ހަވާލުވެފަ ތިމާ ބޭނުންހާ ގޮތަކަށް ކަންކަން ނުވީމަ މީހުންގެ ބޮލަށް ކަޑާލާނީ ކަންކަމަށް ކުފޫހަމަނުވާތީ ! ކަލޭވެރިކަމަށް ސަވާރުވީވެސް ގަދަބާރުން ! އެވަރުން ނުވެގެން މުޅިޤައުމު ދަވާލާފަވެސް ތި ބުނަނީ ޖަލަށް ދާން ޖެހުނީ މިވެނި މީހަކާ ހެދިއޭ ! މިއީ ބޯހަމަޖެހޭ މީހަކު ދައްކާނެ ވާހަކައެއް ނޫން ! މިހާރު އެންމެ ގާތުގައި ތިގެންގުޅެނީ ކަލެއަށް ފިލައިގެން އުޅުނު ކަލޭގެ ! މާދަމާ ކަލޭގެ ބޮލަށް ގުއި ދުއްވާލާތަން ފެންނާނެ !

    24
    22
    • Anonymous

      ޕޕމ މީހުންނަކަށް ނޭނގޭނެ ބޮޑެތި ފިރިހެނުން އުޅޭ ގޮތެއް. އަހަރެމެން ވައްކަން ކުރާނީވެސް ގާނޫނުގެ ތެރެއިން. ބޮޑު ބަލިމަޑުކަމެއް އަޔަސް ކޮން ކަމެއްތަ. ގައުމު ދަވާލާފަ އެހެންމީހުންނަށް އެ ގޮވަން ވަރަށް ފޯރިހހުންނާނެ . ކުރާނީ ވެސް ޢާއިލީ ވެރިކަން.ބބޯނީވެސް ދޮންކުދިންގެ ބުއިން . އުޅޭނީ ވެސް ހުޅު ސްޓައިލަށް. އަނެއްކާހުސްލަނބަލުން

  6. ހާމިދު ޝާހިދު

    އެމަނިކުފާނުގެ ދުވަސް ތިޔަ ދިޔައީދެން. ދެން ކުރަންވީ ކަމަކީ މި ލާދީނީ ހަރުކަށި ގޮތްދޫނުކުރާ ސަރުކާރު ކުޑަކަކޫ ޖައްސާލުން ހުރިހާގޮތަކުން. އެންމެން ގުޅިގެން ހަރުދަނާ ލީޑަރޝިޕެއްގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ކުރިއަރާ ކުރިއަށް ހުރި ހުރިހާ އިންތިހާބެއް ﷲ ގެ ވާގިފުޅާއެކު ކާމިޔާބުކޮށް، ރައީސް ޔާމީން އާ މެދު ކުރަމުންދާ ޣައިރު ޤާނީ އުފެދުމުގައިވެސް ހުސްކަމެއްވާ ދައުވާތަކުން ބަރިއްޔަކޮށް މިނިވަންކުރުމަށްފަހު، ޤައުމުގެ އިސް ކޮންސަލްޓަންޓަކަށް ލައްވަންވީ. އަދި އެމަނިކުފާނަށް ހެއްދެވި ގޮތް ހަމަ މިވެރިކަމުގެ ހިޔާނާތުގެ އެންމެ މަތީފަޑިން ފެށިގެން އެންމެ ދަށު ފަތިގަނޑާހަމައަށްވެސް ކުރިއަށް ގެންދަންވީ.

    21
    12
  7. އަބްދޫ

    ޢަދީބު އަށް ނާއިބުރައީސް ކަން ނުދޭން މައުމޫނު ވިދާލުވުމުން ފާތުމަ ވަދެގެން މައުމޫނު ޕާޓީން ބޭރުނުކުރިނަމަ ޔާމީނު ހުންނަވާނީ ރައީސްކަމުގް ގައުމުގެ ރައްޔިތުން ތިބޭނީ ތަނަވަސްކަމުގަ.ޔާމީނު ޖަލަށް ވެދެވަޑައިގަތީ ޔާމީނު އަމިއްލަޔަށް. ޢެއީ ފާތުމަޔާ އަދީބު ގުޅިގެން ޔަާމީނު ހަލާކު ކުރަން ރޭވި ކުޅިގަނޑަށް ޔާމީނު ލޯމަރައިގެން ހުރީމަ މިހިސާބަށް ކަންތައް މިދިޔައީ.

    25
    10
  8. އަލީ

    ވަގުތު ފެއިލް

    7
    3
  9. ބުރޯ

    އަދީބު ސިޔާސީ ދާއިރާ އަށް ޔާމީން ނެރުނީވެސް އަދީބަކީ ގޭންގްސްޓާރ އެއް އަދި މުޖުރިމެއްކަން ޔާމީން އަށް ވަރަށް ރަނގަޅަށް އެނގިހުރެ. އަދީބު އެއޮއް ހުރިހާ ޖަރީމާއެއް ހިންގި އިރު ޔާންޓޭ އަށް އެކަން ރޭކާ ނުލާނަމަ ޔާންޓޭ އަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއްނޫން. އަދި ހުންނަންޖެހޭނީ ގުރައިދޫގައި. ޢަދީބު ކުރި ހުރިހާ ކުއްތަކެއް ކުރީ ޔާންޓޭ އަށް އެކަން ވަރަށް ރަނގަޅަށް އެނގިހުރެ ޔާންޓޭ އާއި ޔާންޓޭގެ އަހުވާނުންނަށް ބައި އަޅައިގެން.

    23
    12
  10. ކުރީގެ ރައީސު

    ކަލޯ ބޮޑު ބޭބެ އެއއ އިރު ބު އްޏޭ އް ނޫ އެސޮރު ކަ އިރި ނުކުރާށޭ ދޯ ؟ ބޮޑު ބޭބެ ގެ ވާހަކަ އެއ އިރު ގަބޫލު ކުރި ނަމަ

    19
    8
    • Anonymous

      އޭރުން ކިހިނެއް ވާނީ؟ ރީނދޫ ކުދިން އަނެއްކާ ރަން 30 އަހަރަށް އަނބުރާ ދާންވީތަ

  11. އިތުބާރު ޔަޤީން

    ކޮބާ 200 ޕަސެންޓް އަދީބު

    14
    8
    • Anonymous

      ކޮބައިތަ އެއްބުރުން؟ތިންބުރުންވެސް ނުވިއެއްނު

      3
      2
  12. މުޙައްމަދު

    މީ ހަމަ ފައްކާ މަރުމޯލެއް ތަނެއްގަ ހުރި ދުވަހަކުވެސ މިކަލޭގެ ޖަލުން ނެރޭނެކަމެއްނެތް.

    4
    6
  13. މުޙައްމަދު

    އުހު. އޭނަ ނެރެން ފެނޭ. ކުށެއް ކުރެވިދާނެ ދޯ. އިންސާނުންނަކީ ކުށް ކުރެވޭނެ ބައެއް.

    2
    3
  14. މުޙައްމަދު

    މިހިރަ ގަމާރާ ކަލޭ ޤިޔާމަޔް ދުވަހުންވެސް ބުނާނީ ތހެން ދޯ!

    3
    4
  15. އެމަންޖެ

    ތިޔައީ ނަޝީދު ރާވައިގެން ކުރި ކަމެއް.

    7
    1
  16. Anonymous

    ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން ބަލާއިރު
    އަދީބާއި
    ޒިޔަތު
    ހެއްކެއްގެ ގޮތުގައި ޤަބޫލެެއް ނުކުރެވޭނެ.
    ކުށްކޮށްފައިވާ ދެމީހުންނަށްވުމުން
    އެެދެމީހުންގެ މައްޗަށް ކުށް ސާބިތުވުމުން
    ފާސިޤުންނަށްވާނެތީ.

    7
    2
  17. މުރާދުބޭ

    އަދީބުކުރިހައި ވައްކަމެއްގެ ފަހަތުގައި ތިބެގެން އެކުރިވައްކަން ތަކުގެ ފުރިހަމަ ފައިދާ ނަގާފައިވަނީ މިސަރުކާރުގެ އިސްވެރިން. މިސަރުކާރުގެންނަން ވެގެން ރޔާމީންގެ ސަރުކާރުގައި އީސީގައި ތިއްބެވި ބޭކަލުންނަށް އެތައްފައިސާއެއް ދީފައިވޭ. މިއީތެދުކަންހާމަވަނީ އަދީބާއި ޒިޔަތުގެ މުދަލާއި ފައިސާ ނާގާކަށް ފަނޑިޔާރުގެއިން ޙުކުމް ނުކުރޭ. ޢެކަމަކު ރައީސް ޔާމީނުގެ ދިރިއުޅުމާއި ކާފަދަރިންނަށް ދާދެން ނަގަން މިއަންދާ ޤާނޫނު ހިންގާ ކޯޓުން ޙުކުމްކޮށްފި. މިހާވަރުން ރައްޔިތުންނަށް ވިސްނިއްޖެ ހެޔޮވެރިކަން ކުރަން މިއުޅޭ ސަރުކާރަކީ ރައްޔިތުންނަށް ފާކުރި ބަލާވެރިކަމެއްކަން.

    5
    2
  18. މާކަނާކަލޯ

    ނަރަކަޔަށް ދާ މީހުން ނަރަކަޔަށް ދިޔައީ އިބިލީހުގެ ސަބަބުން ޒިންމާ ނަގާނި އިބިލީސްތަ

    2
    3
    • Anonymous

      ނަރަކަ ގަބޫލު ކުރަންތަ ރީނދޫ ކުދިން؟

  19. ބާތުޑޭ އަނގޮޓީ

    އަދީބަ ކީ ޔާމިނަށް ވުރެ ނުލާފާ މީހެއް

    5
    1