ޑިސެމްބަރު 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީގެ ކަލްސްޓާ (އިހާ)އަށް ނިސްބަތްވާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 92 އަށް އަރައިފިއެވެ.
އެ ކައިިވެނި ޕާޓީ ބާއްވާފައި ވަނީ ޝީބިލްޑިންގގައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރެއާ ހަމައަށް އެ ކައިވެނި ޕާޓީ އިހާއަށް ނިސްބަތްވާ 92 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މިއިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތަފްސީލްތަކެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.
ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއިހަލުން ފައްސިވި މީހުންގެ ތެރޭގައި އުމުރުން ވަރަށް ދޮށީ މީހުންނާއި އުމުރުން ވަރަށް ހަގު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެތެރޭގައި ދެތިން އަހަރުގެ ކުދިން ވެސް ހިމެނެއެވެ.
އެ ކައިވެނި ޕާޓީގައި 120 މީހުން ބައިވެރިވި ކަަމަށް މައުލޫމާތު ލިބެއެވެ.
އަދި އެ ޕާޓީއާ ގުޅިގެން ފައްސިވެފައިވާ މީހުންގެ ތެރޭގައި ޕާޓީއަށް ދިޔަ މީހުންގެ އާއިލާ މެންބަރުން ވެސް ހިމެނެއެވެ.
މިއީ އާ ސްޓްރޭންގެ ފެށުން ކަމުގަ ވުން ވަރަށް ގާތް. ހިސާބުތައް ބުނާ ގޮތުން މި ޕާޓީ ތެރޭގަ ކޮވިޑް ފެތުރިފަ ވަނީ ވަރަށް ހަލުވިކޮށް.
އެމްއެމްއޭ ގެ ޕޮސިވްކޭސް ފޮރުވީތަ މުވައްޒަފުން ނެރުނީ ވަގުވަގު ވަގައް ވަގައް
ރޯޔަލް ބޭފުޅުން ބާއްވާ ޕާޓީ ތަކުގަ ތިހެން ވެދާނެ. ފުރަތަމަވެސް ރާއްޖެއަށް ކޮވިޑް ތަޢާރަފު ވި އިނގިރޭސި ވިލާތުން ވަޑައިގެން ރޯޔަލް ބޭފުޅުންތަކެއް ޕާޓީ ބޭއްވުމުން.
ޕާޓީތައް ބާއްވަން އުޅޭމީހުންނަށް ރަނގަޅު ފިލާވަޅެއް!
އިހާ ކިތަންމެ ބޮޑުވިޔަސް ކޮބާ މައްސަލަޔަކީ ، އިހާ ބޮޑުވިވަރެއްމިކަމުގަ ފައިދާ ބޮޑުވާނީ.