22:56

ބިޔާދޫ އައިލެންޑް ރިސޯޓުން މިއަދު އިތުރު 32 މީހުން ކޮވިޑް-19 އަށް ފައްސިވެ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 49 އަށް އަރައިފި.

22:42

އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެ.

22:03

ރާއްޖެ އިން އިތުރު 52 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:07

ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ވަކި ތަރުތީބެއް ނެތި (ރެންޑޮމް)ކޮށް 200 ސުންކު (ސާމްޕަލް)ނެގުމުގެ މަސައްކަތް ފަށައިފި.

19:34

ލަންޑަންގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވޭ ހާލަތައް ގޮސްފި.

14:45

ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން، ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި ފަތުރުވެރިންގެ ރޭޓް ކޮންމެ މަހެއްގައި އުޅެނީ 1 ޕަސެންޓަށްވުރެ ދަށުގައި ކަން ތަފާސްހިސާބުތަކުން ދައްކައިފި.

14:03

14:01

ކޮވިޑް-19 ފެތުރެމުން އަންނާތީ ޗައިނާގެ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސީޖިއަރުއަންގް ފުރަބަންދު (ލޮކްޑައުން) ކޮށްފި.

13:53

11:58

އާވައްތަރުގެ ކޮވިޑް-19 އަށް ސައުދީ އަރަބިއްޔާ އިން ދިހަ މީހުން ފައްސިވެއްޖެ.

10:54

ބްރެޒިލުން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:00

އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެ.

އެމެރިކާ އަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އަދިވެސް އެމެރިކާގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެހެންކަމުން އެމެރިކާގެ ހާލަޔި އަދިވެސް ދުވަހުން ދުވަހަށް ދާނީ ގޯސްވަމުން ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެމެރިކާ އިން 260973 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން 4100 މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އަދި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ލަފާކުރިވަރަށް ވުރެ ލަސް ދުވެއްޔެއްގައެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އެމެރިކާ އިން އަމާޒު ހިފި ނަމަވެސް އަދި ވެކްސިން ދެވުނީ 5.3 މިލިއަން މީހުންނަށެވެ. މިހާރު 17.2 މިލިއަން ޑޯޒްގެ ވެކްސިން ވަނީ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައެވެ.

އެމެރިކާގައި ކޮވިޑް-19 ވެކްސިން ދެމުން ދިޔަ ނަމަވެސް ވެކްސިން ދެވެމުންދާ ސްޕީޑަށް ބަލާއިރު އެމެރިކާގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބެލެވެނީ އަދި ދެތިން މަސްދުވަސް ފަހުންނެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު 21 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 17 މީހުން ފައްސިވީ މާލެ އިންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.