ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ޖަމާކޮށްގެން ކިތަންމެ ބޮޑު ކޯލިޝަނެއް އުފައްދައިގެން ތިއްބަސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބަލިކޮށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އަލުން ވެރިކަމަށް އަންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް ކައިރިވަމުން އަންނާތީވެ އިދިކޮޅު ކޯލިޝަނުން ރަށްރަށުގައި ބާއްވާ ޖަލްސާތައް ގެންދަނީ މާލޭގައި ތިއްބެވި އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން އޮންލައިންކޮށް ބައިވެރިވަމުންނެވެ. އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވާހަކަ ދައްކަވަނީ މާލޭގައި ހުންނަ އެ ކޯލިޝަންގެ އޮފީހުންނެވެ.

ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ސައީދު ވިދާޅުވީ ސަރުކާރުގައި ފަސް ބައިވެރިން ތިބި ކަމަށެވެ. އެއީ އެމްޑީޕީއާއި ޖޭޕީއާއި އަދާލަތު ޕާޓީއާއި، އެމްއާރުއެމްގެ އިތުރުން އެމްޓީޑީއެވެ. އެމްޓީޑީއަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިޔާކަމަށް އަމިއްލައަށް ވެސް އިއުތިރާފްވެވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީއެވެ.

ސައީދު ވިދާޅުވި ގޮތުގައި ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުންގެ އަތުގައި އާމްދަނީއާ ނުބައްދަލު އެތައް މުދަލެއް ވާނެއެވެ. އެ ބޭފުޅުންގެ މެދުގައި ވެސް ނަފްރަތާއި ވާދަވެރިކަން އިންތިހާއަށް އޮވެގެން ވެސް މިއަދު އެކުގައި ތިބި ސަބަބަކީ އެ އެންމެންގެ ހިތުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ނަފްރަތާއި ހަސަދަވެރިކަން ބޮޑުވުމުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ގެދޮރާއި އަތްޕުޅުގައި ހުރި ހުރިހާ އެއްޗެއް ނަގައި ގެންދިއުމުގެ ކަރު ހިއްކުމެއް ކޯލިޝަންގެ ލީޑަރުންގެ އޮވޭ. ރައީސް ޔާމީނާ ދޭތެރޭ އޮންނަ ޒާތީ ހަސަދައަކާއި ބަދަލު ހިފުމުގެ ރޫހެއް އާދަޔާ ހިލާފަށް މި ސަރުކާރުގެ ކޯލިޝަންގެ އެ އިސްވެރިންގެ އޮވޭ. ޝަރުއީ ނިޒާމުގެ ތެރެއަށް ހަތަރެސްފައި ބާނައިގެން މިހާރު އެ ހިންގާ ހަޑިމުޑުދާރު އަމަލު އިތުރު ލެވެލްއަކަށް އެ ގެންދިޔައީ،" ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

މި ކަންކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އިންސާފާއި ޑިމޮކްރެޓިކް ހަމަތަަކުގެ މަތިން ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުންނަށް ނުދެއްވާ "އަނިޔާއެއް" މިހާރު ނެތް ކަމަށެވެ. މި ގޮތުން އިއްޔެ ކްރިމިނަލް ކޯޓު ސަރަހައްދަށް ޖަމާވެ ތިއްބައި ފުލުހުން އައިސް އެ ކޯލިޝަންގެ ސަޕޯޓަރުންތަކެއް ހައްޔަރުކުރި ކަން ފާހަގަކުރެއްވިއެވެ.

ސަރުކާރު ކޯލިޝަންގެ ލީޑަރުން މި ވަގުތު ތިއްބެވީ ކުރީގެ ނައިބު ރައީސް އަދީބާ އެކު "ޓަގް ބޯޓެއް" ގައި ކަމަށް ސައީދު ވިދާޅުވިއެވެ. މަޖާޒީ ގޮތަކަށް ސަރުކާރުގެ ލީޑަރުންނަށް ސައީދު ފާޑުވިދާޅުވެ އިޝާރާތް ކުރެއްވި "ޓަގް ބޯޓު" އަކީ އަދީބު ރާއްޖެއިން ފިލައިގެން އިންޑިއާއަށް އެތެރެވާން ވެގެން ހުންނެވި ޓަގު ބޯޓަށެވެ. އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކަނޑުމަތީން ހައްޔަރުކޮށްގެން ރާއްޖެ އަލުން ގެނެސް ޝަރީއަތް ހިންގައި 20 އަހަރުގެ ޖަލު ހުކުމެއް ވެސް އަދީބަށް ވަނީ އިއްވައިފައެވެ. އެކަމަކު އަދީބު ހުންނެވީ ގޭބަންދުގައެވެ.

ސައީދު ވިދާޅުވީ، އަދީބާއި ކޯލިޝަންގެ އެހެން ސިޔާސީ ލީޑަރުން އަރިހުގައި ބައިތިއްބަވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކިތަންމެ ބޮޑު ކޯލިޝަނެއް އުފައްދަވައިގެން ހުންނެވިޔަސް ޕީޕީއެމްއާއި ޕީއެންސީއިން އެމަނިކުފާނު ބަލިކުރާނެ ކަމަށެވެ. އަދި ޖަލުގައި ބަންދުކޮށްފައި ބެހެއްޓެވިޔަސް ރާއްޖޭގެ ވެރިކަމުގެ ގޮނޑިއަށް ރައީސް ޔާމީން އަނބުރާ ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ދިވެހިރާއްޖެގެ ވެރިކަމުގެ ގޮނޑީގައި ޕީޕީއެމް ޕީއެންސީއިން ﷲގެ އިރާދަފުޅާ އެކީ ބައިންދާނަން. ކިތަންމެ ބޮޑު ކޯލިޝަނެއް އޮތަސް ދިވެހި ރައްޔިތުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހަމަ ބިމަށް ތިރިކުރާނެ. ރައީސް ޔާމީން ގެނެސް ވެރިކަމުގެ ގޮނޑީގައި އިންޝާﷲ އަޅުގަނޑުމެން ބައިންދާނަން." ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވިއިރު ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަކަށް ވާދައެއް ނުކުރެއްވޭނެއެވެ. އެކަމަކު ވެސް ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު، ޕްރައިމަރީއަކާ ވެސް ނުލައި، މިހާރު ވަނީ ރައީސް ޔާމީނަށް ދިނުމަށް އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސަމޭދާން

  ފޮނިނުކަނޑާށެވެ.

  8
  3
 2. ނުލިއްޔާ ގޭ އިބޫ

  ކަލޯ މެން ތި އުޅެނީ 2 ޕާޓީ އެއްގަލަކަށް ނޭ ރުވިގެން! ކަލޯމެން ގެ ސައިޒެއް ނޫން ބޮޑު ކޯލީޝަނަކީ އެނގިއްޖެ؟

  9
  5
  • ޙައްޖަ

   ވަގެއްކަން ޝަރީއަތަށް ސާބިތުވީމަ ވެރިކަމަށް އާދެވުން އެއީ ޖާދުލަކުން ކުރެވޭނެ ކަމެއް.

 3. ވަގަ ކަލޯ

  ފުލެޓު ދޮންބެ އާއި ބޮނޑި ބަތާއި ލޮލީ ގުޅިގެން އެބަ އުޅޭ ތި ކަން ކުރެވޭތޯ

 4. މަނީމަނީ

  ތިހެންބުނި މީގެކުރިންވެސް ﷲއިރާދަކުރައްވާ މީހަކައް އެކަލާގެ ވެރިކަންދެވަވަނީ

 5. ހަސަންކޮއި

  ޕާޓީވުޖޫދައްއައިފަހުންބޭއްވުނު
  ހު ރިހާ އިންތިހާބެއްގަ އމޑޕ
  އައްވޯޓުދިނިން އެކަމަކު ދެނެއް
  ނުލިބޭނެ

  6
  3
 6. ވަތަނީ

  2023 ގަ އި ރ ޔާމީން ވެރިކަމަށް ވަޑައ އިގެން ފުރަމަ
  100 ދުވަހުގެ ތެރޭގައ އި އާމްދަނީ އާ ނުބައ އްދަލު މުދަލާ އި
  ފައ އިސާ ހުރީ ކާކުގެ ލޮކަރެ އްގަ އިތޯ އަދި ކިހާ ވަރެ އްތޯ
  ހިސާބު ޖަހާނެ އ އެވެ އަދި ހިސާބު ކިތާބުގެ ތެރެ އިން
  މާފިޔާ ދަންތުރާގަ އި ޖެހޭނެ އ އެވެ.

  4
  1
  • މައުމޫނު

   އެހެންވިއަޔާ އެމީހަކި ޔާމީނުތާ. އޭނަ ވިއްޔަ އެއްދުވަހު ދަރިން އުޅޭ ގޭގެ ކުލި ނުދެއްކިގެން އުޅެފަ އަނެއް ދުވަހު ގަނޑޔުވަރެއް އެޅީ

   2
   1
 7. ލ.ގަމު

  ސާބަހޭ ސާބަހޭ ސާބަހޭ ސާބަހޭ ސާބަހޭސާބަހޭ ސާބަހޭ ސާބަހޭ ސާބަސް ތިހެން ތި އްބަވާނީ
  ޤަަ އުމުގެ ދިރުން ތަން ފުކެ އްވެސް ފަހަތަށްނުޖެހޭތި މަވެސް ސަ އީދު. އާ އި އެކު ރަ އީސްޔާމީން ވިދާޅުވި ދިރުމެ އްވާނަމަ އުންމީދެ އް އޮނާނެ އޭ މަގޭ ރާ އްޖޭގެ ފިކުރަކީ ހާދަ ހާދަ ހާވާ ވަރުވަދަ ފިކުރެކޭ ހޭވަ އްލާ ތަ އްޔާރު ވާނެމިފަހަރު ވޯޓުން ތަޅާބަލިކުރަން ހުރިހާވަގުން :

  5
  5
 8. Happy

  ޕޕއމ ވެސް ރ ޔާމީން ހަދާން ނައްޓާލާފައި އެހެން ކެނޑިޑޭޓެއްނެރުން ބުއްދިވެރި.. ރ.ޔާމީން ގެ ދުވަސް އެހެރީ ގޮއްސައި!!

  4
  3
 9. ރާހި

  ބަލަރައީސްޔާމީންމަތިން ހަނދާންނައްތާލަންވީ ކީއްވެ އެމަނިކުފާނައްކުރީ ސައްހަ ހުކުމެއްނޫނޭ ކޮންގައުމެއްގަބާ ބޮޑެތިވަގުންގެހެކިބަސް ޝަރީއަތައްގަބޫލުކުރަނީ އަދިއެވެސްވައްކަންކުރިކަމައް އަމިއްލައައް އިއުތިރާފުވެފަތިބިވަގުންގެ

  3
  2
 10. އަލްޖިބްރާ

  ކަލޭތިހިރީ ހަމހޭގަތަ ؟ ވެރިކަން ލިބެނީ ކޯލިޝަން ބޮޑުވެގެނެއް ނޫން !