ކޯލިޝަން ސަރުކާރު ގެނައުމަށްޓަކައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ތެރެއިން ލިބުނު ކަޅު ފައިސާ ދީފައި ވާނެތޯ ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ސުވާލު ކުރައްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް އިއުތިރާފުވުމުން ކްރިމިނަލް ކޯޓުން އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުއަށް، ޝިޔާމް މި ސުވާލު ކުރައްވާފައިވަނީ ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހދ. ކުޅުދުއްފުށީގައި ރޭ ބާއްވި ޖަލްސާގަައި ވާހަކަދައްކަވަމުންނެވެ.

"އަދީބު ނުދެއްވާތޯއޭ މި ސަރުކާރު ގެންނަ އެމްއެމްޕީއާރުސީގެ ފައިސާ. އަދީބު ކުރެން އަޅުގަނޑު މި އައްސަވަނީ. މިސަރުކާރު ގެންނަން އަދީބު އެމްއެމްޕީއާރުސީގެ ފައިސާ ޚަރަދު ނުކުރަންތޯ؟ ފައިސާ ނުދެއްވަންތޯ؟ މިސުވާލުގެ ޖަވާބު ރައީސް ޞާލިހުއާއި އަދީބު ދެއްވުން ރަނގަޅު." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވިީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވެފައިވާކަމަށް ކަނޑައަޅައި ޖަލަށް ލެވިފައިވަނީ ރައީސް އަބްދުﷲ ޔާމީން އެކަނި ކަމަށެވެ. އަދި މިމައްސަލާގައި ޝާމިލުވާ 300 އެތައް މީހެއްގެ ވާހަކަ ސަރުކާރުން ނުދައްކާމަކީ އިންސާފްވެރި ހަމައަކުން މި މައްސަލަ ތަހުގީގުކުރެވިގެން ނުދާކަން ހާމަވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ އެމްއެމްޕީއާރުސީގެ ފައިސާ ހުރީ ސަރުކާރުގެ ތެރޭގައި ކަމަށް ވިދާޅުވެ، އެ ފައިސާގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހްވެސް ޖެހިވަޑައިގަނެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ރައީސް ޔާމީން 400 އެތައް ދުވެހެއް، އެމަނިކުފާނު ޖަލުގަ އެ ހުންނަވަނީ އެ ވިދާޅުވާ ފައިސާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަތުގަ. ސަރުކާރުގެ އަތުގަ ހުރި ފައިސާއެއްގެ ވާހަކަ. މަނީލޯންޑާކޮށްގެންނޭ. ކޮރަޕްޝަނޭ މި ކިޔަނީ." ޝިޔާމް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީ ފައިސާ ކުރީގެ ސަރުކާރުގައި ސިޔާސީ ގޮތުން ނިންމަން ޖެހުނު ބޮޑެތި ނިންމުންތަކަށް ހޭޭދަކޮށްފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. މިި ގޮތުން ކޯޓުތަކުން ވަކި ހުކުމްތަކެއް ނެރުމަށާއި މަޖިލީހުން ވަކި ގޮތަކަށް ކަމެއް ފާސްކުރަން ހޭދަކުރި ކަމަށް އަދީބު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސުންގެ ތެރެއިން ބައެއް ބޭފުޅުންނަށާއި، ކޯޓުތަކުގެ ބައެއްް ފަނޑިޔާރުންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައެއް ވެރިންނަށް ފައިސާ ދިން އިރު، ފައިސާ ނުލިބޭ ޕާޓީއެއް ނޯންނާނެ ކަމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ.

މިފައިސާ 500 އަށް ވުރެ ގިނަ ފަރާތްތަކަށް ލިބިފައިވާކަމަށް ތަހްގީގުކުރާ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މިއަދު

  އެމްއެމްޕީ އާރސީގެ ޙިޔާނާތޭކިޔައިގެން މިސަރުކާރުން ރ ޔާމީގެ މައްޗަށް ކުރާ ދައުވާތަކަކީ ބަދަލުހިފުމުގެ ދައުވާތަކެއް
  އެސްކުރޯ އެކައުންޓެއް ހުޅުވީ އޭސީ ސީއާއި ރ ޔާމީން އާއި އެއްބަސްވެގެން އެ އެކައުންޓަށް ފައިސާޖަމާކުރީ ދެފަރާތް އެއްބަސްވެގެން ޖަމާކުރިފައިސާހުރީ އެކައުންޓްގައި ޔާމީނުބޭނުމެއްނުކުރެ ކީއްވެ އޭސީސީ ކުއްވެރި ނުވެ ޔާމީނު ކުއްވެރިވީ

  36
  6
 2. މިއަދު

  ޖުޑިޝަރީ މިއަށްވުރެ ކޮރަޕްޓް ސަރުކާރެއް ދިވެހިން ދެކެފަ ވޭބާ ﷲ ގަންދީ ހުކޮށްގެންތިބެ ﷲ އަށް ބިރުވެތި ނުވެ ހުކުމްކުރާ ފަޑިޔާރުން ތިބީ ރާއްޖެ ނޫން ކޮންތާކުތޯ

  31
  5
 3. ޒިއުކް

  ކީއްކުރާ އެމްއެމްޕީއާރުސީ ފައިސާއެއް؟؟ އިންޑިއާގެ ރޯ އާ ބޯ އިން ވަގު ފައިސާ ދީފަ އޮތީ ޕަޕެޓުންނަށް..

  25
  4
 4. ޝިޔާމް ގެ ސުވާލަށް ޖަބާބުދީބަލަ

  ޖަވާވުދީބަލަ ހިޔާނާތުގެ އެފަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއފަ އިސާ މިފަ އިސާ ކީމީހުން ތަ އްކޮބާހޭ ކޮބާހޭ 500 އަށް ވުރެގިނނަ މީހުން އެމް އެމްޕީ އާރުސީގެ ފަ އިސާގަ އި ހިފާފަ އިވާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިރު ކޮބާހޭ އެވަގުންތަ އް ހަމަނޭނގެނީހޭ ކޮބާހޭ އަދީބު ކިނބޫ އަށް ދިންފަ އިސާ ކާލީހޭ ބޯލީހޭ ނޫނީނީ ފެންފޮދަކާނުލަ އިދިރުވާލީހޭ ކިނބުލާ ޖަވާބުދީބަލަ ހަވަރު ނިކުތީމަ މާމަންޒަރު ރީ އްޗެ އްނުވާނެ އަވަސް ވީގޮތަކުން އިސްތުފާދީފަ ރަ އްކާވޭ ނޫނީ މުސްކުޅިވިދުވަހު އުމުރުގެ ބާކީ އޮތްބަ އި ކުޑަގޮޅިގަ އި ހޭދަކުރަން ޖެހިދާނެ!

  16
  3
 5. އަލަޑަބިޔާ

  ޗަކޮއެ ތިއުޅެނީ ސޯޓުބޭލެން....

  10
  14
 6. ސުން ޕާ

  ލިބުނު ! އެކަމަކު އެއ އީ ޖެނުވިން ކަލޭމެނަށް ލިބުނީ ކަރަފުޝަނު ގެ ލާރި އއެހެންވީމާ ވެރިކަން ވެ އްޓުނީ

  3
  10
 7. ނަައީމް

  މިހާރުކޮބާތޯ ދިވެހިރައްޔިތުންނައް ރޮކެޓްސޮޕީޓްގަ ބޮޑުތަރައްގީ ގެނެސްދެއްވި ރައީސްޔާމީން އަށް ކުހުން ކުރުދޮށިން ކުރެއްވި ކަލޭގެ ކަލޭގެޔާ ވިސްނާތި ނުހައް ކުރާހުކުމުގެ އަޒާބު ހިތިވާނެ

  12
  2
 8. ޅަބޭ

  އަދީބު އެމްއެމްޕީއާރުސީގެ ފައިސާ ވަގައްނެގީ އެމްޑިޕީއައް ކެންޕޭނުކޮއްދީ އެމީހުން ވެރިކަމައް ގެންނަން.

  10
  3
 9. އަބްދޫ

  އިބޫސާލިހަށް 37 މިލިއަން ދިނޯ ވެސް ނޫސްތަކުންފެނުނު އެއީ ތެދެއްތަ؟

  14
  3
 10. ކާފަ

  ޝިޔާމްގެ އެފް.އެޗް މިހާރު ވުޖޫދުގަނެތީ ތިޔަބުނާ ފައިސާ އަތުން ހުސްވީމަތޯ...

  5
  10