ހދ. ހަނިމާދޫގައި އިމާރާތްކޮށްފައިވާ 70 ހައުސިންގް ޔުނިޓް މަރާމާތުކުރުމަށް ދައުލަތަށް ގެއްލުންވާ ގޮތަށް ހައުސިންގް މިނިސްޓްރީއިން ދެ މިލިއަން ރުފިޔާ ބަދަލުގައި ދޫކޮށްފައި ވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު އާންމުކޮށްފައިވާ ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި މައިގަނޑު ތިނަ މައްސަލައެއް ފާހަގަކޮށްފައި ވެއެވެ.

ފުރަތަމަ ކަމަކަށް ވަނީ ހަނިިމާދޫގައި އިމާރާތްް ކޮށްފައިވާ ހައުސިން ޔުނިޓްތައް ހަވާލުކުރަން ޖެހޭ ފަރާތްތަކާއި ހަވާލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން، އެ ފަރާތްތަކާ ހައުސިންގ ޔުނިޓްތައް ހަވާލުކުރިއިރު ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް އެ ތަންތަން ލިބުނު ފަރާތްތަކަށް ފައިސާ ދިނުމަށް ކަނޑައަޅައި، ކޮންމެ ހައުސިންގ ޔުނިޓަކަށް 32,100 ރުފިޔާގެ ރޭޓުން ފައިސާ ދޫކޮށްފައިވުމެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ފައިސާ ދޫކޮށްފައި ވަނީ ލިބިފައިވާ ގެއްލުމަކަށް ރިއާޔަތް ކުރުމެއް ނެތިއެވެ. އެ ގޮތުން 70 ހައުސިންގް ޔުނިޓަށް ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަކާއި ނުލާ ޖުމްލަ 2،247،000 ރުފިޔާ ހައުސިން މިނިސްޓްރީއިން ދޫކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގައި ހާއްސަ އެހީގެ ފައިސާ ހޯދުމަށް ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމަނަން ޖެހެއެވެ. އަދި މި ފަދަ ޚަރަދުތައް ކުރުމުގެ ކުރިން އެކަން ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

ދައުލަތަށް ލިބޭނެ ގެއްލުމެއް ނުވަތަ ފައިދާއެއް ވަޒަން ކުރުމަކާއި ނުލާ، ހަނިމާދޫގައި އިމާރާތްކޮށްފައިވާ 70 ހައުސިންގް ޔުނިޓް މަރާމާތުކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހައުސިން މިނިސްޓްރީއިން ދޫކޮށްފައިވާ ވާތީ އޮޑިޓް ރިޕޯޓުގައި ވަނީ އެކަން ފާހަގަކޮށް މިނިސްޓްރީއިން ކުރާ ޚަރަދު ފުރިހަމައަށް ވަޒަން ކުރުމަށް އަންގާފައެވެ. އަދި ކުރާ ހަރަދުގެ ލިޔެކިޔުންތައްވެސް ފުރުހަމައަށް ބެލެހެއްޓުމަށް އޮޑިޓް އޮފީހުން މިނިސްޓްރީއަށް އަންގާފައިވެއެވެ.

މި ފަދައިން ހައުސިންގް މިނިސްޓްރީއަށް އަންގާފައިވާއިރު ދެވަނަ ކަމަކަށް 2019 ވަނަ އަހަރުގެ ބަޖެޓުން ކުރި ހަރަދުގެ ތަފްސީލެއްވެސް އެ މިނިސްޓްރީއިން އާންމުކޮށްފައި ނުވާކަންވެސް އޮޑިޓުގައި ވަނީ ވިދާޅުވެފައެވެ. އަދި ތިންވަނަ ކަމަކަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ހަރުމުދަލުގެ ކަންކަން ބަލަހައްޓާފައި ނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަައީމް

    ނިކަން ތާޒާކަންމަތީ ތިމައްސަލަތައްނިއަމާލަބަލަ ފަހުންނަގާރާޅު ބޮޑުވާނެ ދުނިޔޭގެއާދަ އަދި އައްނި އަދަގޮޑިޖަހާދުވަސްބަލަންތިބޭތި

    27
  2. އަބްދޫ

    ތަންތަން ހަވާލު ނުކޮށް ބެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުންއެކަމަކާ ހަވާލުވެހުރި މިނިސްޓަރަކު ޒިންމާވާންޖެހޭ. ގާނޫނުގަ ބުނަނީ ކޮންމެ މިނިސްޓަރަކު ވެސް އެމިނިސްތަރަކާއި ހަވާލުވެފަ ހުރިކަންކަން ރަގަޅަށް ބަލަހައްޓަންވާނެ.އެފަދައިން ކޮންމެ މުވައްޒަފަކުވެސް އެމިހަކާއި ހަވަލުވެފައިވަކަންކަން ރަނގަލަށް ބަލަހައްޓަންވާނެ މިނިސްޓަރު ވެސް އެހެން މިވައްޒަފަކު ވެސް އެމީހެއްގެ އިހުމާލުންގެއްލުމެއްވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންވާނެ. ފްލެޓް ހަވާލު ނުކޮށް 2 އަހަރު ވެގެން ދިއުމަކީ އިހުމާލުވުމެއް. ޒިންމާކުރުވަންޖެހޭނެ ސަރިއަތަށް ފޮނުވަންޖެހޭނެ.

    26
  3. ޠ

    އަވަހަށް މީނާގެ ޕާސްޕޯޓު ހިފަހައްޓާ އަދި މީނާގެ މުދާ ދައުލަތަށް ނަގާ

    29
  4. މިއަދު

    ތިގެއްލުމުގެ ބަދަލުވެސް ރ ޔާމީނުގެ އުނުފޭރާން ވިއްކައިގެން ވިއަސް ހޯދަން ދައުވާކުރަންޖެހޭނެ

    25
    2
  5. ޅަބޭ

    ތީ ސަރުކާރުގެ އިއްޒަތްތެރިން މުއްސަނދިވާ ފޯމިއުލާ. ރައްވެހިފަތިސް.

    29
  6. މުރުޝިދު

    މިހާރު ތިޔަވައްތަރުގެ އަނެއް ކޮރޮޕްޝަން ހަމަ ތިޔައަތޮޅު ނޮޅިވަރަންފަރުގައި އެބަހިންގަވާ އަވަހައް އޭސީސީން ފަރުވާތެރި ކަމާއެކު ބައްވައި ދެއްވާ މިވަގުތު ދަނީ އެފަދަ ކަންކަމުގައި އެބަޔަކު ޑިމާންޑު ކުރިވަރަކައް ފައިސާ ދޫކުރަމުން. މިހާރު ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ތެރޭގައި ކޮރޮޕްޝަން ކައުންސިލް އިދާރާތަކައްދާނދެން.

  7. ސުވޭސް

    ބަލާބަލަ ކޮން އަހަރެ އްގެ ރިޕޯޓެ އްތޯ މިލިޔުނު މީހަކު މިޢޮތީ ކޮންމެވެސް މީހަކު ސަލާމަތްކޮށްފަ މި ކިޔާ މީހުންވެސް ހޭ ބަހަ އްޓަ އި ގެން ކޮމެންޓް ލިޔަންވާނީ ތަހްޤީޤު ޓީމަކުން ލިޔަމުން ދާ އިރު ކިޔާމީހުން ޖެހޭނެ ތަހްޤީޤު ތިޕޯރޓް ރަނ ގަޅުތޯ ބަލަން........

    13
    1
  8. ޚިޔާލު 3

    ތި މިނިސްޓްރީ ގެ އްލުމުގެ ބަދަލު ދޭނެގޮތެ އް ހަމަޖައ އްސަންވެސް 5 އަހަރު ނަގާ ހިންގުމުގެ ހަރުދަނާކަމެ އްނެތް. މުޅި ދަވްލަތުގެ ހިންގުމުގެ ނިޒާމު ވަރަށް ދޯދިޔާ ކަމެ އް ސާފުކޮށްލަން ތަނަކަށް ފޯނުކުރި އަސް އޮޓޯސިސްޓަމުން ބަދިވަރެ އްކިޔާނެ ޖަވާބު ދާރީ ވާނެމީހަކު ފޯނެ އްނުނަގާނެ .

  9. ނަޝީދު

    ކިހިނެތް ތިހުރިހާ ކަމެއްކުރާނި އެކަމައް ވަގުރެއް ނުވޭ އެމީހަލު ޖެހުނު ތާކުން ދަމާ ވީދާގެން ކައި ނަގަނީ
    މިހާރު މިއޮތީ ސަދޫމް ސަރުކާރު......

  10. ރޯމިޔޯ

    ވަރިހަމަ 500 މިލިއަން ދައުލަތަށް ގެއްލުންވާގޮތަށް ޚަރަދުކުރިޔަސް މިސަރުކާރަކުން އަސްލަމަކަށް ފިޔަވަޅެއްނާޅާނެ.އަސްލަމްގެ ބާރުގަ ފަރެސްމާތޮޑާގަ އަޅަން އެއުޅޭ އެއަރޕޯޓަކީ ދައުލަތަށް %100 ގެއްލުން ހުރިކަމެއް.އެކަމަކު އެކަން އެކުރަނީތާ..މިސަރުކާރުވެސް މިފުޑެނީ މިކަހަލަ ދެތިން މީހެއްގެ ސަބަބުން.އެމްޑީޕީ ވެރިކަމަށް އައިއްސިއްޔާ މީނަޔަށް މިމަގާމް ދޭންޖެހޭ.ހީވަނީ ތަރިކަމުދަލެއްހެން.

  11. ޗޗ

    އަސްލަމް ސަރ ތޯ....؟ އެއީ ހުދުފޮތި 2019 ވިއަސް ތިވާނީ ޔާމީން ކޭ ކަމަށް