ރ. މީދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް، އެ އަތޮޅު ފިލާދޫ ކައިރިން އަޑިއަށް ގޮސް، އެ ދޯނިން ދަތުރު ކުރި ތިން މީހަކު ކަނޑުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، އެ ދޯނި ފަތުރު ކުރަމުންދިޔަ މުދާތަކެއް އަރުވައިގެން ކަމަށެވެ. އެ ދޯނި އަޑިއަށް ގޮސްފައި ވަނީ ފިލާދޫ ކައިރިން ގިރިއަށް އަރައިގެންނެވެ.

ފުލުހުން ވިދާޅުވީ، އެ ދޯނި ގިރިއަކަށް އަރައި، ދޯނީގެ ބޮޑު ބައެއް ކަނޑުވެފައި ވަނިކޮށް، ފުލުހުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އަދި ތިން މީހުންގެވެެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:03 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސްހަކުރު

    ހުކުރު އަޅާފައި ދަތުރު ކުރުން މިހާރު ޢާއްމު ވެއްޖެ... ހިތާމަހުރި ކަމެއް .. ގެއްލުންވި ފަރާތްތަކަށް ކެތްތެރިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި!

    10