ރާއްޖޭގެ އޯތޮޕީޑިކް ޑޮކްޓަރުންނާއިމެދު ފަހުރުވެރިވެލައްވާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މާރިއާ އަހްމަދު ދީދީ އެ ބޭފުޅުންނަށް ތައުރީފު ކުރައްވައިފިއެވެ.

މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ބަލިކަޑުކަމާއި ގުޅިގެން ދިވެހިރާއްޖެ ފުރަބަންދުކޮށްފައި އޮތް މުއްދަތުގެ ތެރޭގައި އެކަމަނާގެ ފިރިކަލުން ދެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުން އެ ހާލަތުގައި ވެސް ކުރެއްވި މަސައްކަތަކީ ފަހުރުވެރިވުން ހައްގު މަސައްކަތެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓަރ މާރިޔާގެ އަތުގެ ކަށިގަނޑަށް ލިބުނު ގެއްލުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ދެއްވި ކަމަށާއި، އެ ދިވެހި ޑޮކްޓަރުންގެ ޓީމުންވެސް މަސައްކަތް ކުރެއްވީ ވަރަށް ފުރިހަމައަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތައް ތައުރީފުކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ އެ ޑޮކްޓަރުންނާއިމެދު ފަހުރުވެރިވެލައްވާކަމަށެވެ. މިިސްޓަރގެ އެ ޓްވީޓާއި ގުޅިގެން މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަނުން ވަނީ މިނިސްޓަރ މާރިޔާއަށް ޝުކުރު އަދާކުރައްވާ ޓްވީޓް ވެސް ކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ މިފަދައިން ދިވެހި ޑޮކްޓަރުންނަށް ތައުރީފު ކުރައްވާފައި ވާއިިރު، ދިވެހި ޑޮކްޓަރުންނަށް އާއްމުން ބަރޯސާ ވާަމިންވަރު ކޮވިޑް-19 އާއި އެކު ވަނީ އިތުރުވެފައެވެ. ސަބަބަކީ ކޮވިޑް-19 އާއި އެކު ދަތުރު ފަތުރުކުރުމަށް ދަތިވެ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި ނޫނީ ރާއްޖެއިން ބޭރަށް ދެވެން ނެތުމެވެ. މީގެ އިތުރުން މިވަގުތު މާލެ އަށް ދިއުމށް ފަހު ރަށަށް ދާ ނަމަ ކަރަންޓީނު ވާން ޖެހެ ގޮތަށް އޮތުމުން މާލެ ނޫން ރާއްޖޭގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރާ

    މާރިޔާ ބުންޔަސް ތީ ވަރަށްބޮޑު ތެދެއް. ޢޭޑީކޭގެ ގޮތެއް ނޭނގެ. ޢެކަމު އައިޖީއެއމްހޮސްޕިޓަލުގަ އުޅެނީ މިސަރަހައްދުންވެސް ލިބޭނެ އެންމެ ބެސްޓް ކަށީގެ ޑޮކްޓަރުން.

    1
    7
  2. ހޯސްފޯސް

    މާރިޔާއަށް އެނގިވަޑައިނުގެންނެވި، ނުވަތަ އިޙްސާސްކުރައްވަން ބޭނުންވެވަޑައި ނުގެންނެވި ބައެއް ކަންކަން ފާހަގަކޮށްލާނަން:
    - ތިޔައީ މިނިސްޓަރެއްވީމަ ވަޒީފާގެ ބިރަށް އަދި އެހެނިހެން ބިރަށްވެސް ކަށީގެޑޮކްޓަރުން ކީއްކުރަން ގުނަވަންތައް ބުރިކުރާ ޑޮކްޓަރުންވެސް ވަރަށް ރައްކާތެރިވެ ހެޔޮފުޅުވާނެ.
    - ތިޔައީ ސިޔާސީ ލީޑަރެއްވީމަ ގަންނާކުރައްވާ ބިރުންވެސް ހެޔޮފުޅުވާނެ
    - ތިޔައީ މ.ޑ.ޕ މެންބަރެއްވީމަވެސް ރައްޔިތުންގެ މަޖްލިސްއަށް ގެންގޮސް ޖަވާބުދާރީ ކުރުވާނެތީވެ ވަރަށް ރައްކާތެރިވާނެ.
    - އަދި ތިޔައީ ޑިފެންސް މިނިސްޓަރުވީމާ ސިފައިންގެ ހަމަލާއަކަށްވެސް ބިރުން ދުލާ އަތާއި ފަޔާ އެބޭފުޅުން ބޭނުންކުރައްވާނީ އެންމެ ޤާބިލު މިންގަނޑުގައި.
    ވީމާ އަޅުގަނޑު ޢާންމު ރައްޔިތެއްގެ ޙައިސިއްޔަތުން ތިޔަދެއްކެވި އެއްވެސް ވާހަކައެއް ޤަބޫލުނުކުރަން.
    ނިކަމެތި ބަލިމީހެއްގެ ފަރާތުން ތިޔަހެޔޮބަސްތައް އަޑުއިވިއްޖެނަމަ ވަރަށް އަވަހަށް ހެޔޮހިތުން ޤަބޫލުކުރާނަން.

    6
    1