ޒުވާން މަސްވެރިޔާ ހަސަން ސާޖިން މީސް މީޑިއާއަށް ދޫކޮށްލީ ހުދު ކޯމަހެއް ނުވަތަ އަލްބީނޯ ކޯމަހެއްގެ ވީޑިއޯއެކެވެ. އެ ވީޑިއޯ އޭނާ ދޫކޮށްލާފައި ވަނީ ޖެނުއަރީ ހަ ވަނަ ދުވަހުގެ ހެނދުނު އެވެ.

މަސްވެރިކަމުގައި އުޅޭއިރު، ދިމާވާ ކަންކަމާއި، ތައްޔާރު ކުރާ ކެއުންތަކާއި، ކާ އެއްޗެއްސާއި، ކަނޑުމަތީގައި އުޅޭ ހާލަތު އަބަދުވެސް ޓްވިޓާގައި ހިއްސާ ކުރާ ސާޖިން އެ ދުވަހު އާއްމު ކުރި އެ ވީޑިއޯއެެއް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ރާއްޖެއިން މަދުން ނޫނީ ނުފެންނަ ކުލައެއްގެ އެ ކޯމަހުގެ ވީޑިއޯ އާއްމުކޮށް އޭނާ ބުނެފައި ވަނީ، މިއީ ހދ. އަތޮޅުން ފެނުނު ކޯމަހެއް ކަަމަށެވެ.

އެ ކޯމަހާއެކު، އާއްމުކޮށް ފެންނަ ވައްތަރުގެ ކޯމަސްތައްވެސް ފެނެއެވެ.

ސާޖިންގެ 23 ސިކުންތުގެ އެ ވީިޑީއޯ ކްލިޕަށް 14200 ވިއުސް ލިބިފައި ވެއެވެ. އަދި އެ ވީޑިއޯއަށް 908 ލައިކްސް ލިބިފައިވާއިރު، 212 މީހަކު އެ ވީޑިއޯ ރީޓްވީޓްކޮށްފައި ވެއެވެ.

ހުދު ކޯމަހަކީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކޯމަހެކެވެ. މިފަދަ ކޯމަސް މަދުންނަމަވެސް ފެންނަކަމަށް ފާހަގަ ކުރެވިފައިވަނީ ޕެސިފިކް ކަނޑުންނެވެ.

އަލްބިނޯ ކޯމަހުގެ ކުލައަށް ބަދަލު އަންނަ ކަމަށްވަނީ އޭގެ ސެލްތަކުގައި އެކުލެވޭ މާއްދާއެއްކަމަށްވާ "މެލަނިން"ގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްޕި

  ރ އަތަޅުންވެސް ފެނޭ. ތީ އާޢްމުކަމެއް

  1
  5
  • އަލީ

   ތި ބުނީއޭ... ރ އަތޮޅުންވެސް މީގެ ކޯމަހެއް ފެނިދާނެ... އެކަމަކު މީ އާއްމު ކަމެއް ނޫން...

   10
 2. ލާދީނީ އަންނި

  ތިޔަގެ އެއްޗެއް އޮނާނެ އަހަރެމެންގޭ ފެންވަޅުގަވެސް.