ރާއްޖެއަށް ޑިމޮކްރެސީގެ ނިޒާމު އަދި ނާންނަ ކަމަށް ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓިކް އުސޫލުތައް ގާއިމް ކުރުމަށް ރާއްޖެ އުޅެނީ އެމެރިކާއަށް ވުރެ ކުރީގައި ކަމަށް ބުނެ މީޑިއާއަކުން ލިޔެފައިވާ ލިޔުމެއް ޓްވީޓާގައި ހިއްސާކުރައްވަމުން ޑރ. ޝަހީދު ވަނީ އެލިޔުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ކުރިން ފޮރިން މިނިސްޓާރުކަން ކުރެއްވި ޑރ. ޝަހީދު ވިދާޅުވީ ޑިމޮކްރެސީއަކީ ހަމަ އެކަނި ވޯޓުލުން ނޫން ކަމަށެވެ. އަދި ޕާޓީ އުފެއްދުމެއްވެސް ނޫން ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން އަސާސީ ހައްގުތައް ހިމާޔަތް ނުކުރެވޭ ގައުމަކު ޑިމޮކްރެސީއެއް ނޯންނާނެއެވެ. އަދި ރާއްޖޭގައި މިއޮތީ ޑިމޮކްރެސީގެ ނިޒާމެއް ނޫން ކަމަށާއި އެފަދަ ނިޒާމެއް އަދި ރާއްޖެއަށް ނާންނަ ކަމަށް ވިދާޅުވިއެވެ.

" ވަރަށް ބޮޑަށް މާފުކުރައްވާ! ރާއްޖެއަކަށް އަދި ޑިމޮކްރެސީ އެއް ނާދޭ! ޑިމޮކްރެސީ އަކީ ހަމައެކަނި ވޯޓު ލުމެއް ނޫން. ޕާޓީ އުފެއްދުމެއްވެސް ނޫން. ރޫލް އޮފް ލޯ އާއި އަސާސީ ހައްގުތައް ހިމާޔަތް ނުކުރެވޭ ގައުމަކީ ޑީމޮކްރެސީއެއް ނޫން" ޝަހީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑިމޮކްރެސީއަކީ ސަރުކާރެއް އެކުލެވުމާއި ގައުމެއް ހިންގަން ބޭނުން ކުރެވިދާނެ ނިޒާމެއް ކަމުގައި ވާއިރު ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު ވަނީ އެ ނިޒާމުގެ އޮއިވަރެއް އައިސައެވެ. ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީއަށް އަމަލު ކުރެވެން ފެށުމުން ރާއްޖޭގައިވެސް އެ ނިޒާމް ގާއިިމްވި ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ޑިމޮކްރެސީގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ކަމެއް ފެއްތުމަށްޓަކައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ދެކޭ ގޮތުގައި ޑިމޮކްރެސީ ނިޒާމެެއް އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް 2008 ވަނަ އަހަރު ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ރައްޔިތުންގެ މި ނިންމުމާއި ހިއްޕުޅާ ނުވެ، އަދިވެސް ރައީސް ނަޝީދު ގެންދަވަނީ ރާއްޖެއައަށް ބަރުލަމާނީ ނިޒާމެއް ގެނައުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހުސޭނުބޭ

    ޑިމޮކްރަސީގެ އެންމެ ފަހުގެ ވާޝަން އޮތީ ރާއްޖޭގައި! އެއީ ބުއްޅަކްރަސީ!

    50
    4
    • ޜަޟީ

      ހަމަ އެއ އްޗެކޭ ބުނެލީ ދޯ.ސަ އުދީގަ ކޮންޗެ އްބާ

    • ުރަނގަޅުގޮތް

      ރާއްޖޭގައި އޮތީ ބުއްޅަކްރަފިސީ! ބުއްޅަކްރަފިސީއަކީ ހަމައެއް ލަމައެއް އޮންނަ ސީއެއް ނޫން. އަމިއްލަ އެދުމާ ވެދުމާ ހެދި ބޫތުކައިފައި އޮންނަ އެއްޗެއް. ދައުލަތުގައި ހުރިއްޔާ ހުރިތަނަކަށް ދަނޑިބާނައިގެން އޮންނަ އެއްޗެއް. ކުރަތްޕަކީވެސް މިޒާތުގެ އެއްޗެއް. ތަނެއް އޮތިއްޔާ އޮންނާނީ އަޅާފައި.

      19
      1
  2. ފާޒިލް

    އެހެންތަ. ތިވެސްދުނިޔޭގަ އުޅޭ ސޮރެއްދޯ

    34
    2
  3. ހުސޭނު

    ތިބުނާ ޑިމޮކްރަސީ ކުރިން ކަލޭ އޮތީ ބުނެފަ. އެއީ އެއްޖިންސުން ކައިވެނިކުރުމުގެ މިނިވަންކަން އޮންނަ ޑިމޮކްރަސީ. އެއީ ތިޔަ ނައިސްގެން މާފަށްއެދޭ ޑިމޮކްރަސީއަކީ. މިހިރަ ބުރާއްޗާ. އަހަރެމެންނަށް އެގޭ.

    18
    1
  4. ޑެރަވެއްޖެ

    ޢެ އްބަޔަކު ޢަ އިރު ދީން ގަބޫލުކުރީމާ ނޫނީ ސަހީދު މެންނަށް ތިކަން ހަޖަމު ނުކުރެވޭނެ

    24
    1
  5. ސުއްލަމް މިޔާ

    ކަލޯ އަށް ތިހިރީ ޑިމޮކުރަސީ އެނގިފައި

    24
    3
  6. ޅަބޭ

    ޝަހީދެއް ކަމަކު މިފަހަރު ތިބުނީ ތެދެއް. މި ކެނެރީގޭ ފުރޭތަ ޑިމޮކުރަސީގެ ނަމުގަ ރާއްޖޭގަ ހިންގަނީ އިނގިރޭސި ވިލާތުގަ އެއްއިރެއްގަ ހިންގި ވައްތަރުގެ "ހިޕީ" ސަރުކާރު. ތެޔޮބިޑިޔާ ބަނގުރަލާ ޑިމޮކުރަސީ މަސްހުނިކޮއްގެން.

  7. ސަލާ

    ޑިމޮކްރަސީއޭ ކިޔައިގެން މިކަލޭގެ ވާހަކަ ދެއްކީމައި ހިނިއަންނަނީ. މިކަލޭގެ އަކީ އެއްދުވަސްވަރެއްގައި މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި މިރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ހުރެ މުޅިދުނިޔެއަށް މައުމޫނުގެ ޑިމޮކްރަސީ ކިޔާދޭން އުޅުނު މީހެއް. މައުމޫނުގެ ޑިމޮކްރަސީން ދަރިވަރުވި މީހަކަށް ހުންނާނީ ރަނގަޅަށް ދިމާކްރާތީ އެނގިފައި.
    ކަލޯ ޝަހީދު ކަލޭމެންގެ ފެންވަރަކީ، ތިޔަ އދ ނުވަތަ އެމެރިކާ ނުވަތަ ދެންވެސް އެކަހަލަ ޔަހޫދީ ބައިގަނޑަކުން ކަލެއަށް ރަނގަޅަށް ކާންދީފައި އެވެނި މިވެނިވާހަކައެއް ދައްކާށޭބުނީމައި ކަލޭޖެހޭނީ ޑިމޮކްރަސީ އޮތްތަނުގައި ބާއްވާފައި އެބުނިގޮތަކަށް އެކަން ކުރަން.
    މިއީ މިއަދު ދުނިޔޭގެ ޑިމޮކްރަސީ ހިނގާގޮތަކީ.

  8. ޕީޖޭ

    މީލާދީނީ ބުއްޅަބޭގެ ޕަޕެޓެއް...މިސޮރު މީ މިރާއްޖޭގައި ޑިމޮކްރޭސީއޭ ކިޔައިގެން ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ދޭން ގޮވާ މީހެއް..ބަލަގަ ބުއްޅަބޭ ކިތައްމެ ބޭނުންވެ ސެއިޙުންގެ އަގުވައްޓަން އެއްޗެހި ލިޔެ ހެދިކަމަކު އެކަން ގަބޫލުކުރާނެ ބައެއް ނޫޅޭ..

  9. ޖުމުހޫރީ މައިދާނުން

    ޑިމްކްރަސީ ބޭނުމެއް ނޫން

    3
    1
  10. ވެރިން

    ކަލޭ ތިގެއްނަން އުޅޭ ޑިމޮކްރިސީ އަހަރުމެން ދިވެހި ފަސްގަނޑަށް ގެއްނާކަށް ބޭނުމެއްނޫން.ޝަހީދު ހުރުތަނެއްގަ ހުރެގެން ތިބުނާ ޑިމޮކްރެސީ އަށް އުޅެވޭ ތޯބަލާ.އަހަރުމެން ދިވެހިން މިހާރުވެސް މިތިބި ހާލުގެ ތިބެވުނު ދީ.

  11. ވެރިން

    ދިވެއްސެއްގެހައިސިއްޔަތުން މިބުނެލީ ދުވަހަކުވެސް ކަލެޔަށް މާފެއް ނުކުރެވޭނެ، ހީ އެއްނުވޭ ގިނަ ދިވެހިން ކަލެޔަށްމާފު ކުރާނެ ހެނެއް.

  12. ސަަތޭކަ އެކާވީސް

    އަހަރެމެން ނޫޅެން ތި އެއްޗެއް ނައިސްގެން. ތިއެއްޗެއްސްގެން މިގައުމުގެ އާއްމު ރައްޔިތުމީހާއަށްވީ ފައިދާއެއްނެތް. އިސްލާމްދީނުގައި މީގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެތައްހާސް އަހަރެއްކުރުން ކަންކުރަންވީގޮތް އޮތީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަންގަވާފައި. ގިޔާމަތް ދުވަހުން ސުވާލު ކުރައްވާނީ ޑިމޮކްރަސީ ގައުމަށްއައިތޯ އެއް ނޫން. ވ ސަލާމް

  13. ތަނބު

    މީނާ މިދައްކަނީ އެމީހަކު އިޙްތިޔާކުރާ ކުރާ ގޮތަކަށް އެމީހަކަށް އުޅެވިއްޖެއުމާށްދާންދެން ޑިމޮކްރަސީ ނާންނާނެކަމަށެވެ. އެހެންވީމާ ދެންވިސްނާ

  14. ގުނބޯ

    ތިޔަ ބުނާ ޑިމޮކްރަސީ ގައުމުތަކުގައި ފުރިހަމައަށް ރޫލް އޮފް ލޯ އާއި އަސާސީ ހައްގުތައް އެންމެ ފުރިހަމަގޮތުގައި ލިބިދެވޭތޯ؟ އަޅުގަނޑުމެން އަށް އެނގޭ، މި ރާއްޖޭގައި ދީނީ މިނިވަންކަމާއި އެއްޖިންސުން ކައިވެނިކުރުމަށް ހުއްދަ ނުދޭހާ ހިނދެއްގައި ޑިމޮކްރަސީ މިގައުމުގައި ޑިމޮކްރަސީ އޮތް ކަމަށް ތިޔަ ޝަހީދު ކަހަލަ ލާދީނީ މީހުން ޤަބޫލު ނުކުރާނެކަން....

  15. ޝަހީދު

    ދެން ކޮން ގައުމެއްގައި އޮތީ؟

  16. ރައްޔިތުން

    ކޮން ޑިމޮކްރަސީ އެ އް

  17. Anonymous

    މި މުރުތައްދު ކަލޭގެ ބޭނުންވަނީ އެއްޖިންސުން ގުޅުންހިންގުމާއި އެހެންދީންތައް ރާއްޖޭގައި އުޅެވޭގޮތް ވުމާއި އެހެން ބާތިލް ދީން އަޅުކަން ކުރާ ފައްޅި އެޅިގެން ނޫން ގޮތަކައް އެބުނާ ޑިމޮކްރަސީއެއް ނާއްނާނެ. މުރުތައްދު ޝަހީދުމެން ބޭނުންވަނީ އެގޮތް.

  18. ލާދީނީ އަންނި

    މިގައުމުގަ މިހާރު ހިނގަމުން މިފަނީ %160 ޔަގީން ކުރަސީއެއް.