އިންޑިއާ ފިރިހެނަކު ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކުރި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރާކަމަށެވެ.
"ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުންނެވެ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މިމައްސަލައާގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ދިވެހިރާއްޖެއިން ފުރާފައި ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ޖިންސީކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކުރާ ކަމަށެވެ.
މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުރައިގެން ގޮސްފައި ވާތީ އެކަމުގައި ދެން ފުލުހުން އަމަލު ކުރާނެ ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާ މީހަކު ދިވެހި އަންހެނަކު ރޭޕް ކުރުމުން މައްސަލަ ނުބަލައި އޭނާ ފުރުވާލި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ފުލުހުންނާއި ސަރުކާރަށް ފާޑުކިޔާފައެވެ.
ޢަތްލަން ކުރި މަސއްކަތުން ކުއްޖާގެ އަޑިންލައިގެންހުރި ތަކެއްޗާ ހެދުން ވީދާފަ އެއޮތީ. ރޭޕް ސަރުކާރު ! ޥަގު ސަރުކާރު
ޞަދޫމްސިޓީގެ ނިންމުމުން އަންހެނުންގެހައްޤުތައް ކަށަވަރުވެއްޖެ! ރޯޔަލްމީހުންނަށްލިބޭއިނާޔަތްތަފާތުވާނެ! ސިވިލްސާވިސްގެ އަންހެންބޭފުޅުންނާ ރޯޔަލްއަންހެންބޭފުޅުން ދަރިމައިވުމުގަވެސްތަފާތެއްއުޅެނީތޯ؟ ލިބިދެވޭއިނާޔަތްއެހާތަފާތީ ކީއްވެތޯ؟
އިމްރާން ވެސް ބުނި ވަރަށް އާދައިގެ ކަމެކޭ އަތްލުންއެއީ. ދެންކޮންމައްސަލަ އިންޑިއާމީހާވެސް ފުރުއްވާލެއްވީ. ފައްކާ ސަރުުކާރެއްމީ
ސަފާރީކޭސްގަވެސް އެންމެފުރަތަމަ ފުލުހުންކީހަމަ ތިޔަލަވަ ފަހުން ރާގުބަދަލުވީ
ތިޔަނިމުނީ ތިކަންތައް ، މިސަރުކާރުމީހަކު ، ނޫނީ އިންޑިޔާ ބަޔަކު މިހާރު ތިކަހަލަ ކަމެއްކޮށްފިއްޔާ ހަމަ ތިވަރަކުން ނިމޭނީ ، ހެޔޮނިޔަތުގައި
ދެން ނުކުރެވޭނެ އެއްވެސް ކަމެއް!
އެ ރިސޯޓް ޖޫރިމަނާ ކުރާންޖެހޭ.
ތިޔަ އި އިންޑިޔާގެ ރަ އްޔިތެ އއް ހިމާޔަތް ދޭނެ ޔަގީންކަމެ އް
ކޮންހާ ދޮގެއް އިންޑިޔާ މީހަކުވީމަ މައްސަލަ އޮއްބާލަން ހާދަވަރެއް ތިއަރުވަނީ...
އަނެ އްކާވެސް އާ އްމުތަނެ އްގަވެސް ހިގާފާނެފަދަކަމެ ދެ އްތޯމިވީ... އަތްލާން އުޅުމަކީ މަ އްސަލަ އެ އްނޫނޭތަ ތިބުނީ.. އިންޑިޔާގެ ފަ އްޅި އެ އްގަ މިހަފްތާތެރޭގަ އަންހެނަކަށް ޖިންސީޝިކާރަޔަކަށްހަދާ ދަނގަޑެ ދޮންކޮ އްފަ ގަ އިތެރެ އަށްވަ އްދާ މަރާލީ.. އިންޑިޔާ މީހުންނަ މަލުގެ ހާރުން ވެދުންކޮށް އަހަރެމެންގެ ގޯތިގެދޮރުދީގެން ރަ އްޔިތުންގެ ފަ އިސާ އިން ކާންދީގެން އެމީހުންގެ ހިމާޔަތުގަ އަހަރެމެންގެ ފުލުހުން މިތިބެނީ އެގަ އުމު ބޮޑުވީމަތަ..
ރޭޕް ކުރި ކަމަށް ވަނީ ދަރިއަކު ވިހޭމަދޯ ސާބަސް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
އެވެސް އަންގިލައްވައިގެންދޯ
ދެންހަދާނެ ގޮތް ބުނާނީ ސަންޖޭ މުދީރު.
ޢިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައއިން މީހުން ރޭޕް ކުަރާ ގައުމު.. މިހާރު މިގައުމަށް އައިސްވެސް އެކަން ކުރަން ފެށީދޯ...
އިންޑިޔާ މީހެ އްވީމަ އަވަހަ އް ފުރުވާލީ
ދިވެހި އަންހެން ދަރިން ރޮލުންކާއިރުވެސް ސަރުކާރަށް އެއްޗެއް ބުނެލަން ނުކެރެނީ މި ސަރުކާރު އިންޑިއާގެ ދަށުވެފަ ތިބޭތީތަ؟
ޢިމްރާން ބުނެފަ އޮތީ އެއީ އާދައިގެ ކަމެކޭ. ޢާންމުތަނެއްގައިވެސް ކުރެވިދާނެކަމެކޭ.
ފުލުހުން ދައްކާ ވާހަކަ އަށް އިތުބާރެއް ނުކުރެވެ އެވެ. އަންހެންމީހާގެ ބަހެއްވެސް ބޭނުމެވެ. ދެން އެއްވެސް ކަމެއް ނުވެ ހަމަ އެކަނި އަތްލާން މަސައްކުރުމުން ޖެންޑަރ އިން މައްސަލަ ބަލަން ނުޖެ ހެއެވެ. ކަމެއް ނުވާނަމަ އިންޑިޔާ މީހާ ފުރަން ނުޖެހެ އެވެ.
ކުޑަ ކޮށްއަތްލީމަތަ އަވަސް އަވަހަށް އެމީހާ ފޮނުވާލީ
ހޯމްނިސްޓަރު އިމްރާނު ބުނެފައޮތީ މިބާވަތުގެ ކަންކަމަކީ އާމުތަންތަނުގަ ކުރުން އެންމެ ރަނގަޅު ކަންކަންކަމުގައި ބުނެފަ ނުގަބޫލުގަ ގައިގަ އަތްލަން އުޅުނިއްޔޭބުނާއިރު ތިމަށްސަލާގާއި ދެކަމެއް އެބަފާހަގަކުރެވޭ ފުރަތަމަ ކަމަކީ އިންޑިއާ މީހާ ފުރައިގެން ދިޔައީ ތިމަށްސަލައާއި ގުޅިގެންތޯ ނުވަތަ ނޫންތޯ މި މަށްސަލައާއި ގުޅިގެން ދިޔަކަމަށްވާނަމަ( ކޮންމެ ގޮތަކަށް މާނަކުރިނަމަވެސް)ގޯސްކޮށް ކަންތައްތަކެއް ހިނގާފައި ދެވަނަ ގޮތަކީ އެ އިންޑިއާ މީހާއަކީ އެރިސޯޓުގަ ކިހާވރެއްގެ ނުފޫޒުގަދަ މީހެއްތޯ ނުވަތަ ނޫންތޯ އަދި އެ އަންހެންކުއްޖާ އެރިސޯޓުގައި އިތުރަށް ވަޒީފާގައި އުޅެންބޭނުންވޭތޯ ނުވަތަ ނޫންތޯ އެ އަންހެންކުއްޖާ ބޭނުންވާ ކަމަށް ވަންޏާއި ތިކަން ތިއޮތީ ރަނގަޅަށްވެސް ހިނގާފަ ވަޒީފާގަ އުޅެންބޭނުން ނުވާކަމަށްވާނަމަ ތިކަން ހިނގީ ހޯމްނިސްޓަރު އިމްރާނު ބުނިހެން އާމުތަންތަނުގަ މީހުން ބަރަހަނާ ކޮށްގެން ހިންގަން ވާވަރަށޭ
ބަލަ އަތްލުމަކީވެސް ޖިންސީ ފުރައްްސާރަޔޭ!!!!!!
ތިކަހަލަ ކަންކަން ދެން މިގައުމުގައި ހައްލުވާނީ ހިންދީފިލްމުގައި އިންސާފުނުނލިބޭ އަންހެނުން ހަދާކަމަށް އެދައްކާކަހަލަ ގޮތެއް ހަދަގެންތަ؟ ލާން ފޮރޮމް އިނޑިޔާ
މަށާވެސް ބެހުނު ބާއަތޮޅުގަ އޮންނަ އިންޑިޔާބައެއްގެ ރިސޯޓެއްގަ. އެކަން ހުށައަޅަގެންވެސް ވީކަމެއް ނެތް. ދެންއޮންނާނީ ހިންދީފިލްމު ހައްލުތޯއްޗެ
އިންޑިއާ މީހުން ނުކުރާނެ ރޭޕް އެއް! ރޭޕޮް ސަރުކާރު
ބަލަ އެއްވެސް މީހެއްގެ ނުރުހުމުގައި އެމީހެއްގެ ގާގައި ބީހުމަކީ ޖިސްމާނީ އަނިޔާކުރުން ، އަނިޔާކުރުން ގޯނާކުރުން އެއަށް އިނގިރެސިން ކީދާނެ ރޭޕްކުރުން. ރޭޕް ކުރުމަކީ ދިވެހި ނަމެއްނޫން މިތިބަ ގަމާރު ފުލުހުންނޭ ، ކިހާވަރަކުން ކަލޭމެން ރޭޕްނުވަތަ ގޯނާ މާނަކުރަނީ ، އާނ އިމްރާން ބުނާހެން މޭމަތީގަ ހިފިޔަސް ނުވާނެ ގޯނާއަކަށް ، ހެޔޮނިޔަތުގައި
އަތް ލެވުނުތަ؟؟ އަތް ނުލެވުނީ ކީއްވެ؟؟ ކީއްކުރަންތަ ކަންކަން ފޮރުވަން ތިއުޅެނީ؟؟
ރޯޔަލް ރޭޕްވެސް ނުވޭ ރޭޕަކައް
ރޭޕްކުރިކަމަށް މިހާރު ބަލަނީ ބޭނުންކުރުމަށްފަހު މރ ލާފަ އެއްލާލީމާ ކަމަށްވަނީ. އިންޑިޔާއިން ބަލާ މިންގަނޑު.
ތިކަމުގަ ކުއްވެރިވަނީ އަންހެންކުއްޖާ އޭނާ ކީއްކުރަން ރިސޯޓައް ދިޔައީ ނުގޮސް ގޭގަ އޮތްނަމަ ނުވާނެ އެއްވެސްކަމެއް. އަދި އިނޑިޔާގެ ހާލަތައް މިގައުމު ގެންގޮސް ދޭނަން.