ބިޔާދޫ އައިލެންޑް ރިސޯޓުން މިއަދު އިތުރު 32 މީހުން ކޮވިޑް-19 އަށް ފައްސިވެ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 49 އަށް އަރައިފިއެވެ.

ބިޔާދޫން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ބިޔާދޫން މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ފުރަތަމަ 33 މީހެއްގެ ސުންކު (ސާމްޕަލް) ނަގައި ޓެސްޓް ކުރިއިރު އޭގެ ތެރެއިން 17 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ފަހުން އެ ރަށުން ވަނީ 71 ސުންކު ނަގާފައެވެ. އެއީ ސުންކު ނުނަގާ އެރަށުގައި ބާކީތިބި މުވައްޒިފުންނެވެ. އެ ސުންކުތައް ނަގާފައިވަނީ އިއްޔެ އެވެ. މިއަދު ނަތީޖާ ލިބުނުއިރު އޭގެތެރެއިން 32 މީހަކު ވަނީ ފައްސިވެފައެވެ.

ބިޔާދޫން މިއަދު ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 52 އަށް އަރާފައެވެ.

ލޯންޗެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ބިޔާދޫ ރިސޯޓަކީ ސަންލޭންޑް ހޮޓެލްސް އިން ހިންގަމުން ގެންދާ ރިސޯޓެކެވެ.

ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު އެޗްއީއޯސީ އިން ރޭ ވިދާޅުބެފައި ވަނީ މިހާރު ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން ދާތީ ރިސޯޓްތަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާރާ

    ބޭނުވީ ބަނޑުއަޅާނޭ ޑޮލަރާ ޕައުންޑް. ރައްޔިތުންނަށް އޮތީ އަތްދޮވެދޮވެލަ ތިބުން

    5
    1
  2. Anonymous

    މިކަހަލަ ތާކުންތާކު ނުޖެހޭ ހަރުދަނާ ފިޔަވަޅު ނޭޅި އްޔާ މާރަނގަޅުވާނެ.

    5
    1
  3. ޝައްފަ

    ކޮން އަތޮޅެއްގެ ރަށެއްތޭ ؟ ލިޔެލަންޖެހޭނެ އެއްނޫ !

    1
    3
  4. ާައައްޒަ

    މާލެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައތޮޅު