22:41

މާލޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސުންކު ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ.

22:03

ރާއްޖެ އިން އިތުރު 25 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:09

އެއްވެސް ރަށަކަށް ދެއްވަދޫން މީހަކު ގޮސްފައިވާނަމަ އެކަން އަންގަން އެދިއްޖެ.

19:33

ލ. ފޮނަދޫން އިން ކޮވިޑް-19 އަށް 4 މީހަކު ފައްސިވުމާއި ގުޅިގެން އެރަށާއި ގުޅިފައިވާ ގަމު ހިމެނޭ ގޮތަށް ހުރިހާ ސްކޫލްތަކެއް ބަންދު ކޮށްފި.

18:52

ލ. އަތޮޅު ފޮނަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށާއި، ގަމަށް އަރާ ފޭބުން މަނާ ކޮށްފި

18:37

ލ. ފޮނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ 4 އަށް އަރައިފި.

17:51

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޕޮލޭންޑުން އިތުރު 438 މީހަކު މަރުވެއްޖެ.

15:57

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ސިންގަޕޫރުގައި ވަގަށް ލޯބިވެރިއާއާއި ބައްދަލު ކުރި އަންހެނަކު 5 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

15:40

މިހާރު މުޅި ދުނިޔޭގައި ފަތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1038 މީހަކު މަރުވެއްޖެ.

15:16

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 470 މީހަކު މަރުވެއްޖެ

12:03

ކޮވިޑް-19: ދެއްވަދޫގައި ބަލި ފެތުރުނީ "އޮޅިގެން" ނުބައި ނަތީޖާއެއް ދެވުމުން!

10:30

ސައުދީ ރަސްގެފާން ކޮވިޑް-19 ވެކްސިން ޖައްސަވައިފި.

09:59

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 90 މިލިއަން ރުފިޔާ ދީފި.


މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 52 އަށް އަރައެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ފާއިތުވި އެއްހަމާއި 15 ދުވަސް ތެރޭގައި ރާޢްޖެ އިން ކޮވިޑް-19 އަށް މީހުން ފައްސިނުވާ އަދަދަކަށް މިއަދު ފައްސިވި ނަމަވެސް އޭގެތެރެއިން 32 މީހުން ފައްސިވީ ރިސޯޓަކުން ކަމަށްވެފައި އެމީހުން ތިބީ މިހާރު ވެސް ކަރަންޓީންގައި ކަމުން އެއީ ބޮޑު ހިތްހަމަޖެހުމެކެވެ.

މިއަދު 52 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2568 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންްނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 41 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. ނަމަވެސް މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 705 އަށް އަރައެވެ. އޭގެ ތެރެއިން 41 މީހަކު ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު އެޗްއީއޯސީ އިން ރޭ ވިދާޅުބެފައި ވަނީ މިހާރު ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން ދާތީ ރިސޯޓްތަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު