ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 90 މިލިއަން ރުފިޔާ އެކި މުވައްޒަފުންނަށް ދީފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 10,180 ހިދުމަތްތެރިއަކަށް 90.32 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައި ވެއެވެ.

މި އެލަވަންސަކީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމަށްވާ މާޗް 7، 2020 އިން ފެށިގެން މުވައްޒިފުންނަށް ލިބެންވާ ފައިސާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން އެލަވަންސް ދެމުން ގެންދެއެވެ. އެންމެ ބޮޑަށް ބަލި މީހުންނާއި ބައްދަލު ކުރަން ޖެހޭ މީހުންނަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފްރަންޓްލައިން އެލަވަންސް ފުރަތަމަ ދިނުން ލަސްވެގެންނާއި އެލަވަންސް ދިނުމުގައި މުވައްޒަފުން ގިންތި ކުރިގޮތުން ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު ވެސް އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވަންސް ލިބުމުގައި ހަމަހަމަ އުސޫލެއް ނެތް ކަމަށް ބުނެ މުވައްޒަފުން މީސް މީޑިއާގައި ވާހަކަދައްކަމުން ގެންދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ މިހާތަނަށް އެކިއެކި ކަންކަމަށް ތިން ބިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Happy

  ތިކިޔާ ފްރަންޓްލައިން އެލަވަންސް އަދި މިހާތަނަށް ވެމްކޯ ފޮރަންޓް ލައިންގެ އެއްވެސަ މުވައްޒފަކަށް ނުލިބޭކަމަށް މައްލޫމާތުލިބޭ.. ވަގުތު ނުޙުން މިކަންބަލާލަ ދިނުންއެދެން!

  15
  1
 2. ރައްޔިތު މީހާ

  ރާއްޖެތެރޭގައި ހޮސްޕިޓަލް އަދި މަރުކަޒުތަކުގައި މިތިބަ ގަނަތެޅޭ މީހުންނަކަށް އަދި ތިޔަ އެލަވަންސްެއް މިވީހާތާކަށް ނެތް ލިބިފައެއް. ކޮވިޑަށް ޕޮޒިޓް ވިއްޔާޔޯ ތިޔަ ލިބެނީ.................... އެހެން ނޫނިއްޔަކާ ނުލިބެޔޯ...............

  8
  1
 3. ހާލުފޮޅި

  މަވެސް ފްރަންޓް ލައިން.. އަދި ނުލިބޭ ތިޔަ ބުނާ އެލަވަންސެއް.. ކޮންމެ ދުވަހަކު އެތައްބަޔަކާ ދިމާވޭ.. ވަކި ފެންވަރެއްގެ ވަކިބަޔަކަށް ދޭއެއްޗެއް ތިވެސް

 4. Anonymous

  ވެމްކޯ މީހުންނަށް އެލަވަސް ދޭންޖެހޭ ސަބަބެ އް ނޭގުނު

 5. ޢަލީ

  ވެމްކޯ މީހުންނަށް އެލަވަސް ދޭންޖެހޭ ސަބަބެ އް ނޭގުނު

 6. ސަޓޯ

  އުބުރޭ ކޮއްފައި ހުރި ވައްކަންތައް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ކީއްވެތަ ނުދައްކަނީ ؟؟؟ ޢެލަވަންސް ވެސް ދިނީ އެއްބައި އެކަނި..

 7. ށހސހސ

  ޢެއާޕޯޓްގެ މުވައްޒަފުންނަށްވެސް ނުދޭ

 8. ހަސަނު

  ތިޔަބުނާ ފޯމްއެއް 4 ފަހަރަށް ފުރާފިން ލިބުނު 50/- ވެސް ނޯންނާނެ.

 9. ވިސްނޭ

  ވަކި ބަޔަކަށް ތިވެސްދީ ހުސްކުރީ...އިންތިހާބުގަ ވިސްނާތި މިފަހަރު..

 10. ކިނޯ

  ކާކަބާ ތި ލިބުނީ އަދިވެސް މަ މިއުޅެނީ 2020 ފުރަތަމަ ތިންމަހުގެ ދޭން ބުނި ރުފިޔާ ނުދީގެން ކަނުކަލޯ ތިދޭ ރުފިޔާ ފެންނަނީ ފިނޭންސް މިނިސްޓްރ ގޭގަ ތިބި މީހުންނަބާ ދިނީ ނިކަން ކެރެންޔާ ދަރުބާރުގެ ތިބި މީހުން ކާރިން އަހާބަލަ ކޯންމެ މީހަކު މުންޖޭ ނުވީދި މަށަ ދޭން ބުނި ތިންމަހުގެ ރުފިޔާ ގެނޭ. ކޮބާހޭ........ ކޮބާހޭ........ ކޮބާހޭ................؟؟؟؟؟؟؟؟؟

 11. ސްޓާފުން

  އައި ޖީ އެމް ހޮސްޕިޓަލް ގެ ޓެކްނިކަލް ސްޓާފުން އަކައް ނުލިބެ

 12. ގަންޖާބޯ

  މޯލްޑިވް އަން އެއ އްވެސް ކު އަޖަކަށް ތިޔަ ބުނާ އެލެންވެސް ނުލިބޭ

 13. ފޫހި

  އަޅެ މަށަށް މިއުޅެވޭ ލައިން ބަލަން ވެއްޖެ މިހާރު. ފްރަންޓް ލައިންގަ ކަމަށް ހީކޮށް މިއުޅުނީ މިއޮއްހާ ދުވަހު. ތިބުނާ އެލަވަންސް އެއް ނުލިބޭ މަށަކަށް. ކޮންމެހެން އަހަރެމެން ލޮލުގަ އަނދުން އަޅުވަން އުޅޭނެ ކަމެއް ނެތް

 14. ކާއްޓޭ

  ތީވަރަށް ހެއްވާކަމެއް، ފްރޮންޓްލައިން އެލަވަންސްއޭ ކިޔާފަ ޑަކުޓަރުންނާ ނަރުހުންނާ ޕޮލިހުންނާ ސިފައިންނާ އަދި މި ނޫނަސް ސަރުކާރުގަ އުޅޭމީހުނަށް ފައިސާ ދޭންޖެހޭތަ؟ އެއީ އެމީހުންގެ ވަޒީފާއެއްނު. އިތުރުގަޑީގަ މަސައްކަތްކުރަންޏާ އިތުރު ގަޑީގެ އެލަވަންސް ދީ. ފުލުހުންނާ ސިފައިންނަކީ ގައުމަށް ލިބޭ ކޮންމެ ކާރިސާއެއްގައި ގައުމަށް ހިދުމަތްކުރަން ﷲ ގަންދީ ހުވާކޮށް، ރައްޔިތުންގެ ފައިސާއިން މުސާރަދޭ ބައެއް. ކޮން ފްރޮންޓްލައިން އެލަވަންސް އެކޭ ކިޔާކަށް.

 15. ރިވެތި

  މ ތ ލ ހުރިހާރަށަކަށް ވާނީ ހަވާލްކޮށްފަ ކަލޭމެނައްވެސް ފޮނުވާނަން ކެއްކޮށްލާ ސަރުކާރައް ސަނާކިޔުމުގައި ދެމިތިބޭ ބޭފުޅުންނައް އަވަސްވާނީ

 16. ތުގުވަ

  ކޮންބަޔަކަށްބާ ތިޔަ ރުފިޔާ އެއް ދިނީ؟ތިޔަ ރުފިޔާ ދިނީ ވަކި ބަޔަކަށްތޯ؟ހަމަ ގައިމުވެސް އެންމެ ބޮޑަށް ބަލިމީހުންނާ ބައްދަލު ކުރަންޖެހޭ މީހުން ނަކަށް ނުދޭ. ފްރަންޓް ލައިން އޭ ތިކިޔަނީ ކޯލް ސެންޓަރ ގައި ތިބޭ މީހުންތޯ؟