ގއ. ދެއްވަދޫގައި ކޮވިޑް-19 އަށް ފައްސިވި މީހުންނަށް ފުރަތަމަ ދެވުނީ ނުބައި ނަތީޖާއެއް ކަމަށާއި އެ ރަށުގައި ބަލި ފެތުރުނީ، ކަރަންޓީނު ނިިންމައި، އެ މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް އެންގުމުން ރަށުތެރެއަށް ނުކުމެ އުޅުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ދެއްވަދޫ ކައުންސިލްގެ މެމްބަރަކު ރޭ ވިދާޅުވި ގޮތުގައި އެ ރަށުގެ ހަތް މީހަކަށް ބަލި ޖެހުނީ، މާލޭން ދިޔަ ބަޔަކު ކަރަންޓީނުގެ މުއްދަތު ނިންމައި، ނަތީޖާ ނުލިބެނީސް ބޭރަށް ނިކުތުމުންނެވެ. ނަމަވެސް އެޗްއީއޯސީން ވިދާޅުވީ ބަޔަކު ގެއިން ނިކުތީ ނަތީޖާ ނައްސި (ނެގެޓިވް) ކަމަށް ބުނެ، ކަރަންޓީނުގައި ތިބި މީހުންނަށް ނުބައި މައުލޫމާތެއް ދެވުމުން ކަމަށެވެ.

ދެއްވަދޫގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މީހެއް އެންމެ ފުރަތަމަ ފައްސިވީ 24 ޑިސެމްބަރުގަ އެވެ. އެކަމަކު ފަހުން ވަނީ އެ މީހުންގެ ނަތީޖާ ނައްސިކަން އަންގާފައެވެ. އެހެންވެ ކަރަންޓީނުގެ މުއްދަތު ނިމުމާއެކު އެ މީހުން ބޭރަށް ނިކުތެވެ. އެ މީހުންގެ ނަތީޖާ ލިބުނީ، ކަރަންޓީނުގައި ތިބި މިހުން ބޭރަށް ނުކުތްފަހުންނެވެ. އޭރު އެ މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މަހުގެ ކުއްޖާ ފައްސިވެފައިވާއިރު، ބައެއް މީހުން ވަނީ އެ ކުއްޖާ އުރައިގެން ވެސް ގެންގުޅެފަ އެވެ.

"އެ ކުއްޖާ އުރި މީހުން އަޅުގަނޑުމެން މި މަހުގެ ހައެއްގައި ޓެސްޓު ހެދި އިރު އެކަކު ޕޮޒިޓިވް. ދެން އޭނާގެ ކޮންޓެކްޓް ޓްރޭސިން އިއްޔެ ހެދި އިރު، އޭނާއާ ގުޅުން ހުރި އިތުރު ހަ މީހަކު ވަނީ ޕޮޒިޓިވްވެފައި،" ޑރ.ނަޒްލާ ރަފީގު ވިދާޅުވި އެވެ.

އޮޅިގެން ނުބައި ނަތީޖާއެއް ދެވުނީ ކިހިނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވުމުން ދެއްވަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެރަށުން ވަނީ ވަކި ތަރުތީބެއް ނެތި ސުންކު ނަގައި ޓެސްޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރަބަރޭ

  އޮޅޭ ސަރުކާރު
  އޮޅުވާލުމެއްގެ ތެރެއިން ވެރިކަމަށް އައުމުން އަބަދުވެސް އުޅެންޖެހޭނީ އޮޅުމެއްގެ ތެރޭގަ

  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  9
  4
 2. ރަށްފުށު މާމަ

  ޕިސް ޕިސް ގޯސްވާނީ އާއްމު ރައްޔިތުން🙄 އެއްޗެކޭ ބުނީމާ ބުނާނީ އެއްޗެހި ގޮވަނިއްޔޭ🙄 އަޅެފަހެ އެޗްޕީއޭ ތަންކޮޅެއް ހަރުދަނާ ވާންވެއްޖެއްނު😠 މުޅިރަށަށް ބަލިފެތުރި އެންމެން މަރުވިޔަަސް ބުނާތި އޮޅިގެންނޭ😑 ބޯހަލާކު🤐

  16
  2
 3. ކޮވިޑް

  މިކަމުގެ ޒިންމާ ނަގާނީ ކާކުބާ؟ މައިމޫނާ ބާ؟ ސޯލިހު ބާ؟ މީކީ އޮޅިގެން ކަމަށް ބުނެ ސޮރީ އަކުން ފުއްދާލެވޭ ކަމަކަށް ވެއްޖެ ނަމަ ބިރުވެރި ކަމުގެ ކޮޅެއްނެތް.މީކީ ކުޑަ ކަމެއް ނޫން ރަށެއްގެ އާބަދީ ތެރެ އަށް ތި ދޫކޮށްލީ ކޮންފަދަ ނުރައްކަލެއް.މައިމޫނާ އިސްތިއުފާ ދޭން ނުވޭތަ ރަށެއްގެ އާބާދީ ބިރުވެރި ކަމެއްގެ ތެރެ އަށް ވައްޓާލީމަވެސް؟

  22
 4. Anonymous

  އެވަގުތަކު ޖެހުނު މީހަކަށް ހިތައްއެރި ނަތީޖާއެއް ދޯ ދޫކޮށްލަނީ...އޮޅެނީ ތި..އަނެއްކާ ދެފައި ނޯޅޭތަ...މިވަރުންވެސް ނަތީޖާދޫކުރާ މީހާ ގެ އިހުމާލެއް ނޯންނާނެ...ރައްޔިތު މީހާ އިހުމާލުވީ އެ ބުނެ ނިންމާލާނެ...ދެރަކަމެއނު...އޮޅިގެން ނުބައި ނަތީޖާ ދެވުނުގޮތް ހާމަކުރަންޖެހޭނެ ދޯ

  11
  2
 5. އަހުމަދު

  އޮޅިގެން މިހާރު ކިތައްމީހުން ކަރަންޓީން ކޮއްފާނެބާ؟ މިފަހަރު ތިދެވުނީ ފޯލްސްނެގެޓިވްއެއް އެންވީމާ ފޯލްސްޕޮސްޓިވް ކިތައްމީހުންނަށް ދެޗިފަވާނެބާ؟ ޕޮލްސްޕޮސްޓިވް ރިޒަލްޓެއް ދީގެން އެހެންލެބަކުން ޓެސްޓް ނަހަދާހާ ހިނދަކު ފަޅާނާރާނެ.

 6. Anonymous

  އޮޅިގެން ނޫން ގޮތަކައް އެއްވެސް ކަމެއް މިމީހުނައް ކުރެވޭތަ.

  11
  1
 7. ސާބިތު

  އެހެއްދޯވާނީ ހަމަހޭގަ ތިބިބަޔަކަށް ރަގަޅަށް ކަންކަން ކުރެވޭނީ ނަޒުލާމެނަށް ހެޔޮ ރައްޔަތުްނަން ކޮންމެ ގޮތެއް ދިމާވިޔަސް ނަޒުލާމެއް ދެއިރު ދެދަޅައަށް އާއަހަރު ފާހަގަކުރުމަށް ޑުބާއިއަށް ދެވޭ ދެއް ކޮންކަމެއް

  4
  1
 8. ދެން އަތްޖަހާ

  ތިވާނީ ކުރީ ސަރުކާރު މައްސަލައަކަށް. ނަސީދޫ 241 ހުށަހަޅާ ކަހަލަތަ؟

  5
  1
 9. އެމަންޖެ

  އެހެންވީމަ މިކިޔަނީ އެޗްޕީއޭ އުވާލަން އަދި މިވެރިކަންވެސް ވައްޓާލަން.