ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނާއި މުޅި ހަޔާތް ހޭދަކުރައްވަމުން ގެންދަވަނީ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކަށް ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ބަހުގެ ހަމަލާތަކެއް ނަޝީދުއަށް އަމާޒުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ.އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށައެޅުމާއި ގުޅިގެންނެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ 241 ކޮމިޓީއަށް ހުށައަޅަމުން ނަޝީދު ވަނީ ފުލުހުންގެ އާ ގާނޫނު އެކުލަވާލައި ތަސްދީޤު ކުރައްވާފައި ވަނިކޮށް، އެ ގާނޫނަށް އަމަލު ކުރައްވަން ނުފައްޓަނީވެސް އިސްތިއުފާ ނުދެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ފާޑު ވިދާޅުވެ، ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދަކީ ބަދަލު ހިފުމުގެ ރޫހުގައި ސިޔާސީ މަސައްކަތް ކުރައްވަމުންދާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ސިޔާސީ ގޮތުން ދެބަސްވާ ފަރާތްތަކަށް ބަދަލު ހިފުމުގެ ބަދަލުގައި ރައްޔިތުންނަށާއި ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދާދީ، ގައުމު އާރާސްތު ކުރުމުގެ މަަސައްކަތް ކުރެއްވުމަށްް ޝިޔާމް ވަނީ ނަޝީދަށް އިލްތިމާސްކުރައްވާފައެވެ.

"އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލު ހިއްޕެވުމުގެ ރޫހުގައި ހަޔާތެއް ތިޔަ ހޭދަ ކުރަައްވަނީ." ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވި ގޮތުުގައި އެމްއެމްޕީއާރުސީގެ މައްސާލާގައި މަނީލޯންޑާ ކޮށްފައިވާ ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ސާބިތުވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަށްވެސް ނަޝީދު ނުފޫޒު ފޯރުވާފައިވައެވެ. އަދި ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ޒާތީ ހަސަދަވެރިކަމެއްގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު މިނިވަންކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މަޖާޒީ ބަހުން ނަޝީދަށް ފާޑުވިދާޅުވަމުން ޝިޔާމް ވަނީ "ރައްޔިތުން ގަލޯހާޖާ ކުރަން ވީމާ" ނަޝީދުގެ ހުއްދައަކަށް އެދެން ޖެހޭކަން ނުދެނެހުރިކަމަށް ވިދާޅުވެފައެވެ.

ފައިރޫޝަކީ އަބަދުވެސް އެމްޑީޕީ ސަޕޯޓަރުންގެ "ހަމަލާތައް" އަމާޒުވާ ބޭފުޅެކެވެ. ސަބަބަކީ އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި ވަކިހިސާބަކުން ހަވާލުވި ބޭފުޅާ ކަމަށްވާތީ އެވެ..

ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގައި 20 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދޯ ބުރާލި

    ހިންދީ ފިލްމެއްގެ ފަހު ބައި ބެލީމާ މީނަ އަށް ޖަވާބު ލިބޭނެ ކަމަށް ހީ ކުރަން!

    36
    2
  2. ނަައީމް

    މުޅި ގެނެރީ އާއިލާއަކީ ބަގާވާތުން ފުރިފައިވާ ބައެއް

    53
    7
  3. ޟމ

    ދިވެހި ރައްޔިތުން ޣާފިލުވެފަ ނުތިބެ މި ޤައުމާއިދޭތެރޭ ވިސްނާކަށް ނުވޭތޯ؟ މާ ބޮޑުކަމެއް ކަމަށް ނުދެކި ސިޓިންގ ރޫމްތަކުގަ ހިންދީ ޑުރާމާގެ އަވައިގަ ޖެހިފަ ތިއްބާ ތިމާމެންގެ ޤައުމު ގާދޫކޮލުން އޮޔާ ގޮސް އިންޑިޔާގެ ތަމިލްނާޑޫ ގެ ގޮނޑު ދޮށަށް ލައްގާކަށް މާ ގިނަ ދުވަހެއް ނެތެވެ. އޭރުން ތީ ކާކުހޭ ބުނާނެ މީހުން ނުތިބޭނެ ބުނާނީ “ ތޫ ކޯން” ސާލާ

  4. އައްޑޫ މީހާ

    ޝިޔާމް ވިދާޅުވީ ތެދުފުޅެއް މިމޮޔަސޮރު ނުކުރާނެ ރައްޔިތުންނަށް ފައިދާހުރި ކަމެއް މުޅިންވެސް ބޭކާރު ކަންތައްކުރަން ވަގުތު ހޭދަކުރަނީ ރާބުއިމާއި މަޖާކުރުމާއި ބަދަލުހިފުމާއި އަނިޔާ ދިނުމާއި ނުހައްގުން މީހުންގެ މުދާ ފޭރުންފަަދަ ހުރިހާކަމެއް މިގޮލާގެ ކިބައިގައި އެބަހުރި

  5. ރައްޔިތުމީހާ

    ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގައި 20 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ.

  6. ޢިޔާބު

    އަސްލުވެސް

  7. ފައި

    ފައިރޫޝް އަކީ ވަކި ފިކުރަކަށް ބެލުމެއް ނެތި މަސައްކަތް ކުރި ފަރާތެއް..ވެރިކަން ބަދަލުވި ދުވަހު ފުލުސް ތެރޭ ލީޑުކުރާނެ މީހެއް ނެތިގެން ހަވާލުވީ.. އަދި ކުރީގެ ފުލުސް މީހުންގެ އެހީއަށް އެދުނީ.. މީވަރަށް ގިނަ ވަކި އަތަކަށް ނުޖެހޭ ފުލުސް މީހުން ބުނާއެއްޗެއް..

  8. ބަދަލުނުވިލޯބި

    މި ކަލޭގެ އުފަންވީ ބާޣީންގެ ތެރެއަށް. ނިދާފައި އޮންނައިރުވެސް ނިދިން ހޭލާފައިވެސް ގޮވެނީ ބާޣީ. ހޭލާ ހުންނައިރުވެސް ހޭބަލިވެފައި ހުންނައިރުވެސް ގޮވެނީ ބާޣީ. ހަމައިން ނެއްޓިފައި ހުންނައިރުވެސް ހަމައިގައި ހުންނައިރުވެސް ގޮވެނީ ބާޣީ. ބާޣީންގެ ތެރެއަށް އުފަންވެ ބާޣީގެ ލަގަބު ލިބިފައި ހުރި މީހަކަށް ބާޣީ ނޫން އެއްޗެއް ނުގޮވޭނެ. މިހާރު މިހިރީ ކަށީގެ މަދުގައި ބާޣީ ހަރުލައި ނިމި ސިއްކަ ޖެހިފައި. މިކަލޭގެ ބާޣީ އަށްވުރެ ލޯބިވާ އެހެން އެއްވެސް އެއްޗެއް ނެތް. މީނާ އަބިދަރިން ދެކެ ވީ ލޯބި ދޫކޮށްލިއިރުވެސް ބަދަލު ނުވި ލޯތްބަކީ ބާޣީ ލޯބި.

  9. އަލީ

    ބަދަލު ހިފުމެއްވެސް ނޫން... ލާދީނީއްޔަތު ފެތުރުމުގައި... ކެނެރީ ނުބައި ވައިރަސް..

  10. ކިނބޫ

    ރަނގަޅެއްނު. އާރާއި ބާރުގެމަތީ ވެޑުވި އިނދެމެ ދުވަހަކު ހިތަށް ހަމަޖެހުމެއް ނުލިބި ނިމި ހިނގައިދާން ހުރި މީހެއް ކަމަށް ވެދާނެނު. އެދެނީވެސް އެގޮތުގަ ތެޅިތެޅި ހުރުން. ހިތްހަމަޖެހިލައިގެން ހުންނާނެ ދުވަހެއް ނުލިބުން.

  11. ކިނބޫ

    ރައީސެކޭ ކިޔާފަ ޗާބީ ދީފަ ރޯން، ގޮނޑިއަކަށް އަރުވާފަ ބުދެއް ބޭންދީމަ ވާޖިބެއް މަސްއޫލިއްޔަތެއް އަދާކުރެވޭނެތަ؟ ހުރެއޯ ރައީސަކު. ހަމަ ހީވެސްނުވޭ.
    ދެންވެސް ތަމެން ރައްޔިތުން ކަމެއް ގޮނޑީގަ އިން ބުދު ޓޯއީ ބާސްކެޓަށް ލާފަ ރައްޔިތުންތެރޭން ކަމުވޮށި މީހަކު އެގޮނޑީގަ ބޭންދުމަކީ.
    ކަމާނުބެހޭ ސޮހޮލު ބާޣީއެއްގެ ވާހަކަ ދައްކަން ތިހެން ތިބީމަ ވޭތަ!