ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ހިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު ނަގަން ފުލުހުން އެދިއްޖެ އެވެ.

މާދަމާު ސްކޫލްތައް ހުޅުވެއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަބަދުވެސް ފިޔަވަޅުތަކެއް އަރައެވެ.

ފުލުުހުން ވިދާޅުވީ، ޖެނުއަރީ 10 ވަނަ ދުވަހު ސްކޫލްތައް ފެށުމަށް ހަމަޖެހިފައިވާތީ، ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު މިއަދުގެ 18:00 ގެ ކުރިން ނެގުން އެދޭ ކަމަށެވެ.

ފުލުހުން މިގޮތަށް ވިދާޅުވިއިރު، މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހައެވެ. ވެހިކަލްތަކުގައި ސްޓިިކާ ޖެހުމަކީ ރައްޔިތުން ވަަރަށް ބޮޑަށް ނުރެހޭ ކަމެކެވެ. އެހެން ނަމަވެސް މި މައްސަލައަށް އަދި މިހާތަނަށް ހައްލެއް ނާދެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގެ ބައެއް ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ އަހަރެއް ވާން ކައިރިވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހ

    ސުކޫކްތަ އް ކަ އިރީ ޤަވަ އިދާ ހިލާފަށް ޕާކްކުރާނެބާ ، ތިތަނަކަަށް ނުދާނެ ކޮފީ އަކަށް ނޫނީ ރެސްޓޯރެންޓް އަކަށް ، ޒަރޫރޫ ބޭނުންތަކަށް ދޯ އެދަނީ ، އެޔަށްވުރެ މާމުހި އްމު ކަންކަންމަތީ ހުންނަ ވެހިކަލް ސަ އިކަލްތަ އް ނެގުން ، މީހުން ރުހޭ ކަމެ އް ކުރަން އުޅެބަލަ ފުލުހުންވެސް