އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ފެށުމަށް، ރައީސް އިބްރާޙިމް މުހައްމަދު ސާލިހު 400 މިލިއަން ޑޮލަރު ހޯއްދަވައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އައްޑޫ ސިޓީގައި 150 މިލިއަން ޑޮލަރުގެ ޕްރޮޖެކްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫ ރައްޔިތުން ނިކަމެތި ނުކޮށްލާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ 3 އަހަރު ވެރިކަމުގައި 150 މިލިިއަން ޑޮލަރު ޕްރޮޖެކްޓް އައްޑޫގައި ވަނީ ހިނގާފައި. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އައްޑޫގެ ޕްރޮޖެކްޓްތަކަކަށް 400 މިލިއަން ޑޮލަރު ހޯދާ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. އެމްޑީޕީ އައްޑޫ ރައްޔިތުން ނިކަމެތި ނުކޮށްލާނެ. އުންމީދާއިއެކު ގުޅިގެން ކުރިޔަށް" އަލީ ނިޒާރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވާއިރު އައްޑޫގެ އެއާޕޯޓު ތަރައްގީކޮށް، ބިން ހިއްކައި، މަގު ހެދުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވޭ 400 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކޯލިޝަން ސަރުކާރަށް ދެ އަހަރު ވެފައިވާއިރު މިއިން އެއްވެސް މަޝްރޫއެއްގެ މަލަމަތި ފެނިގެން ނުދާކަމަށް އައްޑޫ ރައްޔިތުން ބުނަމުން ދެއެވެ. ނިޒާރުވެސް ވަނީ މީގެ އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ލަސްވާތީ އެކަމާއި މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ބޯހަލާކު

  އައްޑޫމީހުން ރުއްސަން 400 މޑޮލަރު..؟! ދެންކޮބާ އެހެން އަތޮޅުތައް..!!!؟؟؟ ކޮންކަހަލަ އިންސާފެއް..ހެހހެ

  33
 2. ޙައްގުބަސް

  ލޯކަލް ކައުންސިލް އިންތިޚާބު 4 އެޕްރިލް ބާއްވަން މިހާރު ވަނީ އިއުލާންކޮށްފަ!! މިހާރު ފެންނަން މިފެށީ އޭގެ ކޮޅުމަތި!! މިކަހަކަ ކިތަންމެ ޕްރޮޖެކްޓެއްގެ ވާހަކައާއި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިންގަން ފަށާ ވާހަކަ ދައްކާ މީސް މީހުން އިތުރުވާނެ ކައުންސިލް އިންތިޚާބު ނިމެންދެން!! މޮޅެތި ކިރެހުންވެސް އަދި ދައްކާނެ!! އައްޑޫގެ ހުރިހާ މަގުތަށް ހަދާ މަގުބައްތި ހަރުކޮށް ގުޅިފައިވާ ބޮޑުމަގުވެސް އެންމެ ޒަމާނީ ފެންވަރަށް ހަދާ ބުރިޖްތަކާއެކު ގުޅުވާލާނެ ވާހަކަވެސް ދައްކާނެ!! މިސަރުކާރު ހޮވާ އައްޑޫގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ މެމްބަރުން މަޖްލީހަށް ހޮވާދީފަ!! ވީކަމެއް ހަމަ ހަރާން!! އައްޑޫގެ ރައްޔިތުންގެ ބޮލަށް އަބަދުވެސް ޗިފްޖަހައިގެން އެމީހުން ކުރިމަތީ ދޮގު ހަދައިގެން ބާރުވެރިކަން ހޯދާ އައްޑޫއަކަށް އެއްކަމެއްވެސް ކޮށެއްނުދޭ!! ކޮންމެ އިންތިޚާބަކާ ދިމާކޮށް މިމީހުން ނިކުމެ ދޮގު ހަދަން ފަށާނެ!! މީނާ މިއީ އޭގެ އެކަކު!! މީނާ މަޖްލީހުގެ މެމްބަރުކަމުގައި އައްޑޫއަށް ކަމެއްކޮށްދޭން ނުވަތަ ކޮށްނުދީގެން ކުރި މަސައްކަތެއް އަޅެ މީނަ ކައިރިން އަހާބަލަ!! ފާޑެއްގެ ތޫލިއަޑަކުން ޖެއްސުން ކުރުމާ ދިމާކުރުމާ މީނާގެ ޕާޓީން ބުނާހާ ގޮތެއް ހަދައިގެން އުޅުނުތަން އެހެރީ މިހާރުވެސް ރިކޯޑިންތަކުން ފެންނަން!! ދޮގުވެރިންނަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ކެރޭނެ!!

  26
  2
  • ާއަހުމަދު

   9އެޕުރީލުގަ ބާއްވާނަމަ 900 މިލިއަންކަންނޭގޭ

 3. ވެރިން

  ކޮން އިރަކުން ބާ ހިތަށް އަރާ ފިނޭސް މިނިސްޓަރް ބުނާނީ ޕްރޮޖެކްޓް ހިންގަން ލާރި އެ އްނެތޭ. ތީ ނިޒާރުމެން އިންތިހާބު ކާރިވާތީ ކިޔާހާ ލަވަ.

  22
  1
 4. މަސްއޫދު

  ދެހާސް އަށާވީހަށް ތައްޔާރވެވޭނެތޯ؟ މަސްވެރިންނަށް ދޭނެފައިސާއެއް ނެތިގެން އުޅޭއިރު ތިހާގިނަ ޑޮލަރުތަކެއް ހޯދީ ކޮންތާކުންތޯ ނިޒާރޫ!

  30
  2
 5. ނަައީމް

  400މިލިއަން ހޯދަން 5އަހައު މަސްއްކަތްފަށަން 5ަހަރު ބަލަ ރައީސްޔާމީން 5އަހަރުގަ ތިޔަހުރިހާ އެއްޗެހޭނުކިޔާ 500 މިލިއަންގެ ބޮޑެތި މަސްރޫއުތައް ހިންގީ ރައްޔިތުން ހެއްވާފަ

  19
  2
 6. އައްޑޫ

  އަންނިގެ ވެރިކަމުގައި 150 މިލިއަން ވެރިކަމުން އިސްރިއުފާދީފަ 300 މިލިއަން ޑޮލަރުގެ ހުޅު އައްޑޫގައި ޖަހާ ފަނާކޮށްފައި ނިޒާރު ކަލެެެއަކަށް އެތަން ނުފެނޭ ދޯ މިފަހަރު ޔޫއަށް ނޯ

  28
  2
 7. ރައްރިތުމީހާ

  މިހާރު ދެން 400 ޑޮލަރެއްގެ ވާހަކަ ދައްކާތާވެސް 2 އަހްރުވީ. އަދި މިހަތަރުސަތޭކަ 800ޑޮލަރައްވެސް ބަދަލުވި. ދެން މީ ހުސްހޮޅިވާހަކަ.

  23
  1
 8. ބޯކިބާ

  ހެހެ، ދެން ޕުރޮޖެކްޓްތައް ހިންގާލެއް ގިނަކަމުން އައްޑޫމީހުން ތިބެންޖެހޭނީ ލޮލުފިޔައެއް ނުޖަހާ.

  19
 9. ހުސޭނުބޭ

  ސޯބެވެސް ޢަދަދުނުކުރެވޭ ގިނަ ޕްރޮޖެކްޓްތައް ހިންގިކަމަށްވަނީ! (އޭނާގެ ހުވަފެނުގައި) އެއްވެސް އިންސާނަކަށް އޭނަ ހިންގި އެއްވެސް ޕްރޮޖެކްޓެއް ނުފެނޭ! އަނެއްކާ އަނެއް ދޮގުވެރިއަކު މޮޅު ވާހަކަތަކެއް ދައްކަންފެށީ! އިކަށްދުވަހު އައްޑުއަށް އެރި ބޯބުރާންތި ވެފައިހުރި މީހަކު ބުނި އައްޑޫ ރައްޔިތުން ޖީބަށް ޑޮލަރު ވައްދާނަމޭ!

  19
  2
 10. އަމީރާ

  ވަރަށް ބޮޑަށް ލޯކަލް ކައުންސިލް އިންތިހާބު ވަސް އެބަ ދުވާ!

  21
  1
 11. އަބްދޫ

  ކޮންތާކުން ނުލިބޭ އެކައްޗެއްވެސް.ފަށަންތައްޔާރުވާވާހަކަ އަބަދުކިޔަނީ ފަށާ ދުވަހެއްނާދޭ އަވަހަށް ފަށާފަ އަމަލުން ކަންކަން ދައްކަބަލަ.

  20
  2
 12. އަބްދޫ

  ތަނަކުން ހޯދާކަށްނުޖެހޭ އާމްދަނީއިން ހޯދާކަށްނުޖެހޭ ވެރިކަމާހަވާލުވިއިރުގައުމުގެ ރިޒާވްގަހުރި 934 މިލިންޑޮލަރުން 684 މިލިއަންޑޮލަރު ބޭނުންކުރެވުނުއިރު ނުވިކަމެއް މިހާރު ދެންކުރާނީ ކިހިނެތް.ޅޯނެއްވެސް ލިބެން ނެތް އހީ އެއް ލިބެންނެތް ދުނިޔެ ހުއްޓިފަ

  ނުކުރެވޭނެ އެއްވެސްކަމެއް ތިނަދޫގަ މަސައްކަތް ފަށަން 2 ޕާޓިސަން ޖެހިފަހުން ފުރަތަމަ ޕާޓިސަނަށް އަހަރުވީ 2 ވަނަޕާޓިސަނަށް 6 މަސް މަސައްކަތް ނުފެށޭ މީހުން ހޭއަރާ.

 13. ހައްޕު

  އައްޑޫ މީހުންނަļކީ ކިރިޔާ ރޯފިލާފައި ތިބި ބައެއް ނަމަވެސް މިގޮތަށް ގަޅިހެއްދިގެން ނުވާނެ.

 14. ދޮން ރަހާ

  ކަލޯ އިންތިޚާބާއި ޖެހުނީމާ އާލާތްވަރު އަހަރަމެން މަތީން ވަރަށް ހަނދާންވާނެ

 15. އައްޑޫ މީހާ

  ކަލޯ ނިޒާރު ތިޔައީ ކައުންސިލް އިންތިހާބު ކައިރިވީމަ ހިތަދޫ ޗަކަބިމުން 400މިލިޔަން ގަސްފަޅާ ވާހަކަ ދެއްތޯ ތިޔަ ވިދާޅުވަނީ؟ ތިޔަ ތަރައްގީއެއް އިންސާނުންނަކަށް ނުފެންނާނެ ޖިންނި ޝައިތާނުންނަށާއި ޖަނަވާރާއި ސޫފާސޫފިތަކަށް ތިޔަ ތަރައްގީ ފެންނާނީ

 16. ޙުސޭ

  ޕާޓީ ކުދިންނަށް ބަހާފައި ބާކީ ވެއްޖެއްޔާ ލިބޭނެ

 17. ޙޔކޑ ބޑ ވގ

  ނިޒާރު. ތިއީ.ވ.ލަދުކުޑަމީޙެއް. ...އައްޑޫ.ނޭޗާޜ.ޕާޜކްއަކީ.ވެސް .އެތައް.މިލިއަން.ޑޮލަރުގެ.ޕްރޮޖެކޮޓެއް. ނިޒާރުގ ެުެެުެުެެެުެެުެުެެުެެުެުެެެުެެުެުެުެެުެުެެެުެެުެުެެުެެުެުެެެު.ކުންފުނިން.އެމަސައްކަތް.ކޮށްފަ.އޮތްގޮތް.ނިކަން.ދެކިބަލަ...މުޅިތަން .ވީރާނާވެ.ހަލާކުވެފަ.އެއޮތީ. މުޅިން.މަކަރު.ހަދާ.ލާރިގަނޑު.ކެއީ....އަނެެއްކާ.އަނެއް.ވައްކަމަށް.ރެޑީވަނީދޯ.... އައްޑޫގެހަލާކު.މިކަހަލަ.ވަގުން......ހުވާ.ރުޅިއާދޭ.މިކަހަލަ.ދެއުޅިއެއްނުވާ.މީހުން.އަދި.ހޮވާނީވެސް.....