ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ވެވަޑައިގެންނެވި ކުނީގެ ވައުދު "ކުނިވެއްޖެ" ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ މާލެ ގެއެއްގެ ކުރިމައްޗަށް ކުނިއެއްކޮށްފައިވާ ފޮޓޯއަކާއި މޫދަށް ކުނި އުކާފައިވާ ފޮޓޯތަކެއް ރީޓްވީޓް ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

މިފޮޓޯތައް ހިއްސާ ކުރައްވަމުން ޝުޖާއު ވަނީ ރައީސް ޞާލިހްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހަދާނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހް ވީ ވައުދު ނުފުއްދޭކަން ފާހަގަކޮށް ރައީސް ޞާލިހް ވީ ކުނީގެ ވައުދު "ކުނިވެއްޖެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހަދާނަން - ރައީސް ޞާލިހް. ކުނި ގިނަ ވެއްޖެ! ގަންނާނެ ތަނެއް ނެތް! މާލެ ކުނި ވެއްޖެ. ކުނީގެ ވައުދުފުޅު ކުނިވެއްޖެ! ރައީސް ޞާލިހް ނިދާފައި" ޝުޖާއު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވަނީ ރީސައިކްލް ކުރެވޭނެ ނިޒާމެއް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޤާއިމްކޮށް، އަލުން ބޭނުން ކުރެވޭނެ މަގުތައް ފަހިކޮށްދީ، ކުންޏަކީ އާމްދަނީ ލިބޭ ވަޞީލަތަކަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ. ނަމަވެސް ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުމަށް ވެފައިވާ ވައުދު އެޖެންޑާ-19 ގައި ބުނެފައިވާ ގޮތަށް ކޯލިޝަން ސަރުކާރުގެ ވެރިކަމަށް މިވީ ދެއަހަރު ތެރޭގައި ފުއްދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ދިރިއުޅޭ މީހުން މިހާރު ކުނި ކޮތަޅުތައް ބަހައްޓަން ޖެހެނީ މަގުމަތީގައެވެ. މަގުމަތީގައި ކުނިކޮތަޅުތައް ބެހެއްޓުމުން ވެމްކޯ އިން އެކޮތަޅުތައް ނަގާ ގޮތައް ހަމަޖެހިފައި އޮތް ނަމަވެސް ބައެއް ފަހަރު ގިނަ އިރުތަކެއް ވަންދެން ކުނިކޮތަޅުތައް މަގުމަތީގައި ހުންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަައީމް

  ރައީސްޔާމީން ގެނެސްދެއްވި ޒަމާނީ ތަރައްގީ ނަޖިސްކޮއްފި ދިވެހިން ބިކަވެ ނިކަމެތިކޮށް ނަޖިސްކޮށްފި ރައްޔިތުންނޭވެ ވިސްނަމާތޯއެވެ ތަހުޒީބީ މުއްސަދިކަމެއްއަދިވެސް ގެނެސްދިނުމުގެ ފިކުރުވެސްހުރީ ރައީސްޔާމީންގެ ކޮންމެފިކުރެއްވިޔަސް ގައުމު މުއްސަދިވެއްޖެނަމަ ވަޒީފާެއްނެތަސް ތަނަވަސްކަން ލިބޭނެ ވިސްނަވާ ރައީސްޔާމީން މިނިވަންކުރުމަށްގޮވާލާ

  6
  1
 2. ޞަދުމާ

  މާލޭގައި އޮތް ކުނިގޮނޑު ނުނެގުނުބަޔަކަށް ފުއްޕާ ހަމަކަށް ވައިވެސް ނުޖެހޭނެ! ދިވެހި ތާރީޚާއި އިސްލާމީ އަދި ދުނިޔޭގެ ތާރީޚް ދުށް އެންމެ ނާޤާބިލް ، އެންމެ ރޯނުފިލައިހުރި ، އެންމެ ހައްޕުނޑުމީހާ ތިހުރީ ރާއޖޭގެ ވެރިކަމަށް އަރާ!

 3. ބޮކި

  އެންމެ ބޮޑު ވަގު އެހެރީ ޖަލުގަ !

  2
  5
 4. މާރިޔާ

  ތިޔަ ބޮއްކަކީ ދިއްލޭ އެއްޗެއްނޫން ކުނިގޮނޑައް އެއްލާލަން ވެފަ ތިޔަހުރީ.