ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅުނެކޮށް ގެއްލުނު 17 އަހަރުގެ ފިރިހެން ކުއްޖާ މޫދު އަޑިން ފެނިއްޖެ އެވެ.

މި ކުއްޖާ ގެއްލުނީ "މާނޭރާ"ސަރަހައްދަށެވެ.

ފުލުުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ އެ ކުއްޖާ އެ ސަރަހައްދުގެ މޫދު އަޑިން 17:50 ހާއިރު ފެނިފައިވާ ކަމަށެވެ.

އެ ކުއްޖާ މިހާރު އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަރ "ވަގުތު"އަށް މައުލޫމާތު ދެމުން ވިދާޅުވީ، "އެ ކުއްޖާ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުން މަސައްކަތް ކުރަމުންދާ"ކަމަށެވެ.

ބައެއް މީޑިއާތަކުން އެކުއްޖާ ނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ހޮސްޕިޓަލް މެނޭޖަރ ވިދާޅުވީ، "ޑޮކްޓަރުން އެ ކުއްޖާ ނިޔާވެއްޖެ ކަމަށް ޑިކްލެއާ ނުކުރާ ކަމަށެވެ".

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަސަނު.

  މިނެރުން އަދަދުނުކުރެވޭހާ ގިނަބަޔަކުވަނީ މިދުނިޔެދޫކޮށް ގޮސްފަ.
  ފުވައްމުލަކު މަނޭރު ނެރަކީ އެދިމާލަށް އެކިފުރާވަރުގެ، އެކިއުމުރުގެ މީހުން ހެނދުނާ ހަވީރު މޫދުކަސްރަތުކުރުމަށާ ސިއްހަތަށްޓަކައި ފަތަންދާތަނެއް. މިނޫން އެހެން ތަނެއްނޯންނަފުވައްމުލަކަކީ ސަރުކާރުން އެރަށުރައްޔިތުންނާމެދުވެފައިވާ ބޮޑު އިހުމާލު. މިނެރުގެ ބޭރުފަރާތަށް ބޮޑުހިލައަލައިދޭންވެސް އެތަށްފަހަރަކު ސަރުކާރުގައި ދަންވަވައިފި. ވިކަމެއްހަރާމުންޙަާމް.

  26
  3
 2. މުފައްކިރު

  މޫދަށް އެރި އުޅޭނެ ރައްކާތެރި ފެންގަދެއް ހަދާ ދިނުމަށް މިސަރުކާރުންވި ވަޢުދު ތެދު ވަޢުދަކަށްވި ނަމަ މިހިތާމަ ވެރި ހާދިޘާ ހިގުމަކީ ދުރުކަމެއް.

  19
  11
 3. މަ ހުވައި

  ޙީ އިޒް 17 އައެ

  14
 4. ޢައިސް

  ޔާ ﷲ މިކުއްޖާ ސަލާމަތް ކޮށްދެއްވާދޭވެ.

  27
 5. ޓ

  ޥައުދަކުން ވާކަމެއް ނޫން އެއީ...ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
  ކޮންމެ މީހަކަށް ވެސް
  މިކަން ދިމާވެދާނެ ފަތަން އެނގުނަސް އަދި ނޭނގުނަސް

  32
  2