އެކަޑަމިކް ކަލަންޑަރަށް މިހާރު ގެނެސްފައިވާ ބަދަލު ގެނެވުނީ އެހެން ގައުމުތަކުގައިވެސް މިފަދަ ޙާލަތުގައި ކަންކުރާ އުސޫލު ވަރަށް ބޮޑަށް ބަލައި ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަދައްކައި ދިރާސާ ކުރުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވެއްޖެއެވެ.

އެކަޑަމިކް ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސްފައިވާތީ ގިނަ ބެލެނިވެރިންނާއި ކުދިންވެސް ގެންދަނީ ކިޔަވާ ޓާމެއް ދިގުދެމިގެން ދިއުމުން ކުދިންގެ އުމުރަށާއި ތައުލީމަށް ގެއްލުން ވާނެ ކަމަށް ސުވާލު އުފައްދަމުންނެވެ.

އެކަމާއި ގުޅިގެން ފާތިމަތު ނަސީރު ވިދާޅުވީ، މީގެ ކުރިން ދަރިވަރުން އޯލެވެލް ހަދަނީ އޮކްޓޯބަރު ނޮވެމްބަރުގައި ކަމަށާއި އަދި އެ އިމްތިހާނު ހެދުމަށް ފަހު އޭލެވެލް ގްރޭޑަށް ވަންނަން ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ދުވަހު ސްކޫލަށް ނުގޮސް ދަރިވަރުން ގޭގައި މަޑު ކުރަން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް މިހާރު ގެނައި ބަދަލާއި އެކު ޖޫން ޖުލައި ހިސާބުގައި އޯލެވެލް ނިމި، މަޑު ކުރަން ޖެހޭ ޖެހުން ކުޑަވާނެ ކަމަށާއި ޓާމެއް ދިގު ކުރުމަށް ގެނެވުނު ބަދަލަކީ ދަރިވަރުންގެ އުމުރަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް ފާތިމަތު ނަސީރު ވިދާޅުވިއެވެ.

"ކުރިން އޯލެވެލް ކުދިން މި ހަދަނީ އޮކްޓޯބަރ ނޮވެމްބަރ ގައި. ހަދާ ނިމިގެން އެކުދިން އެބަ މަޑު ކުރަން ޖެހޭ އޭލެވެލް ހެދުމާއި ދޭތެރޭ ގާތްގަނޑަކަށް ފަސް މަސް ވަރު ސްކޫލަށް ނުގޮސް. އެކަމަކު މިހާރު ބަދަލު ކުރާ ބަދަލު ކުރުމާއި ގުޅިގެން އަޅުގަނޑުމެންގެ ކުދިން އޯލެވެލް ނިންމާނީ ޖޫން ޖުލައި ހިސާބުގައި. ނިމިގެން އޭލެވެލް އަށް ޖޮއިން ކުރާނެ އޮގަސްޓް ހިސާބުގައި. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެކަމުންވެސް ކުދިންގެ އުމުރަކަށްވެސް އަދި ހަމަސް މަޑު ކުރަން ޖެހޭ ޖެހުމެއް ވެސް ނެތޭ" ފާތިމަތު ނަސީރު ވިދާޅުވިއެވެ.

މާދަމާ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ އިރު މިދިޔަ އަހަރު ގިނަ ވަގުތު ދަރިވަރުން ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކިޔެވުމުގެ އިތުރުން އެކުދިންގެ ސޯޝަލް ސްކިލްސް އާއި އެހެނިހެން ރޫޓީން ކަންކަމަށް ބަދަލުތަކެއް އައިސްފައިވާ ކަން ފާތުމަތު ނަސީރު ވަނީ ފާހަގަ ކޮށްފައެވެ. އަދި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމުން ކުދިންނަށް ފިލާވަލޫތަކުގައި ހާސިލްވި މިންވަރު ދެނެގަތުމުގެ ފުރުސަތު ޓީޗަރުންނަށް ކުޑަވެގެން ދިޔަކަމަށްވެސް ފާތުމަތު ނަސީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ލލ

  ބަލަ ހަމަ އެކަނި އޯލަވަލް އޭލަވަލް އަށް ޓާގެޓް ކޮށްގެން ތައުލީމް ބައްޓަން ނުކޮށް ތިމާމެންގެ އަމިއްލަ ސާނަވީ ސެޓްފިކެޓެއް ދެވޭތޯ ބަލާބަލަ ތިޔަ އިގިރޭސިންގެ އޯލަވަލް ނުހެދިޔަސް އިލްމު އުގެނިދާނެ !

  6
  2
 2. Anonymous

  މިބޭފުޅުން ބޭނުންވާ ގޮތަށް އަނބުރާލަދޭ ބަަޔަކު ލައްވާ ކުރި ދިރާސާއަކުންނތިކަން ކޮށްފަ ތިވަނީ. ބެލެނިވެރިންގެ ގިނަ ބައެއްގެ ޚިޔާލުހުރީ ކިހިނެއްތޯ.

 3. ޙުސޭނު

  ޖޫން ޖުލައިގަ އޯލެވެލް ހަދާފަ ޖުލައިގަ އޭލެވެލް އަށް ޖޮއިން ކުރެވޭ ވަރަށް ރިޒަލްޓް ލިބޭނެކަމަށް ތިކުރި ދިރާސާ ދާނީ ޗޮކުހުންނެވެ. ކުރިން އޮކްޓޫބަރ ނޮވެމްބަރުގަ ހަދާ އޯލެވެލްގެ ރިޒަލްޓް ލިބެނީ ކޮން އިރަކުތޯ ދިރާސާ ކޮށްލިނަމަ، އަދި ރިޗެކް ރިޒަލްޓް ލިބޭއިރެއް ދިރާސާ ކޮށްލިނަމަ..

  15
 4. އެމްޑީޕީ ބުރޯ

  ވަރަށް ރަނގަޅު ބަދަލެއް!

  14
 5. ފާތޭ

  އޮންލައިންކޮށް ކިޔަވަދިނީމާ މި އެގުނީ އަަސްލު ޓީޗަރުން މި ހަދާނުހަދާއެއް.ހަގީގަތުގަ ކުއްޖާ އެސެސް އެއް ނުކުރޭ.ރިޕޯޓު ގައި ޓީޗަރުބޭނުންއެއްޗެއްލިޔެލަނީ.ހާއްސަކޮއް އިސްލާމް ގުރުއާން ޕީއީ ކޮމްޕިއުޓ މިއުޒިކް ކަހަލަ މާއްދާތައް.އަހަރެންގެ ދަރިފުޅު ދަސްނުކުރާ ސޫރަތެއްވެސް ދަސްކުރިކަމައް އޮތީ ޖަހާފަ.އިސްލާމްގަވެސް ޝަހާދަތުގެމާ ނަ އެންމެ ފުރިގަމައަށް އެގޭ ކަމަށް އޮތީ.އެކަމު ދަރިފުޅަކަށް އެހާ ރަނގަޅަކަށް މާނައެއް ނޭގޭ.ކޮންމެވެސް ވަރަކަށް އޮޅޭ..

  5
  3
 6. ކަނބާ

  މީ ދަރިވަރުންގެ ފައިދާއަށް ވިސްނާފައި ގެނައި ބަދަަލެއްނޫނެވެ. ސްކޫލްތަކުގެ ބޮޑުބަންދާސް މިހާރު ހަމަޖައްސާފައިވާ ނޫން، ޖުލައި މި ދެމަހަކީ ހުޅަނގުގެ އެންމެ ވިއްސާރަ ދުވަސްވަރެވެ. ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރަން އެންމެ ދަތި ދުވަސްވަރެވެ. ދެރަ ނިކަމެތިންނާއި، އެމީހުންގެ ދަރިންނަށް މި ޗުއްޓީ ވެގެންދާނީ ބޭކާރު ދުސްވަރަކަށެވެ. މީ ފްލައިޓްތަކުގެ ޓިކެޓް އަގު ހެޔޮވެ، ރިސޯޓްތަކުގައި އަގުހެޔޮކޮށް ޗުއްޓީ ހޭދަކޮށްލެވޭނެ ދުވަސްވަރަކަށްވާތީ ސަރުކާރުގެ ބޮޑުންނާއި، މުއްސަނދިން ނަށް ފައިދާވާގޮތަށް ތަޢުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލެކެވެ.

  9
  2
 7. Anonymous

  ކޮންތާކު. ޒައިނިސްޓުންނާ އެއްގޮތްވާން. އެމީހުން ހިނި ހޮރަކުން ވަނަސް އެހޮެަށް ފަހަތުން ވަންނަން ކަލެމެން މަރުފަލިޖަހާނެ.