ގއ. ދެއްްވަދޫން ލ. އަތޮޅު ފޮނަދޫއަށް ދިޔަ ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. މި ދެ މީހުންނަކީވެސް ކަރަންޓީންގައި ނެތް ބައެކެވެ.

އެރަށުން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެރަށު ސިއްހީ މަރުކަޒުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެ ދެމީހުންނަކީ ޑިސެމްބަރު 27 ވަނަ ދުވަހު އެރަށަށް ދިޔަ ދެ މީހުން ކަމަށެވެ. އަދި އެ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ޖެހުނީ އެ މީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެންކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

ދެއްވަދޫން މިހާތަނަށް 10 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

އަދި މިިހާރު އެރަށުގައި ބަލި ފެތުރޭތޯ ބެލުމަށް 200 ސުންކު ވަނީ ނަގާފައެވެ.

ފޮނަދޫން ކޮވިޑް-19 އަށް ފައްސިވީ އެރަށު ބައެކެވެ.

އެރަށުން ފައްސިވި ދެ މީހުންނަކީ، ގއ. ދެއްވަދޫ ކްލަސްޓާއަށް ނިސްބަތްވާ ދެ މީހުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭމް

    ކޮލަސްޓާ އަށް ނިސްބަތް ވާ ބަޔަކަށް ފޮނަދޫ އަށް އާދެވުނީ ކިހިނެއް ވެގެން ބާ......................................