ލ. ފޮނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ 4 އަށް އަރައިފި އެވެ.
އެރަށުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އެއީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ.
އޭގެ ތެރެއިން ދެމީހުންނަކީ ގއ. ދެއްވަދޫން އެރަށަށް ދިޔަ ދެ މީހެކެވެ. އެ ދެ މީހުން އެރަަށަށް ދިޔައީ ޑިސެންބަރު 27 ވަނަ ދުވަހު އެވެ.
އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ.
އެރަށުން ފައްސިވި މި ހަތަރު މީހުންނަކީވެސް ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.
އެރަށުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު އެރަށާއި، ގަން ވަނީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 14040 މީހުންނެވެ.
ދެއްވަދޫ މީހުން ރަށުން ނުދާން އަންގާފަ ވަނިކޮށް މާލެ ދާން ކަމަށް ބުނެ އަތޮޅު އެހެން ރަށްތަކަށް ގޮސްފައިވޭ.. ސަރުކާރުން މިފަދަ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.. އެހެން ރަށްތަކުގެ މީހުނަށް ބަލާވެރިކަމަކަށް ވެގެން ނުވާނެ..