ގދ. ތިނަދޫ ފެން ޕްލާންޓްގައި ހުރި ކޮންޓެއިނަރު ތަކެއްގައި ރޯވެ އަނދަމުން އެބަ ދެއެވެ.
އެ ސަރަހައްދުގައި މިހާރު އާއްމުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދި އެމްއެންޑީއެފްގެ ސިފައިންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދެއެވެ.
މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފް އިން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުން ވިދާޅުވީ، އެރަށުގައި ދަގަނޑު ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު 18:00 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަންބަލަމުންނެެވެ.
މިއަދަކީ ހާދަ ހިތާމަވެރި ހާދިސާތައް ދިމާވާ ދުވަހެކޭ