ލ. އަތޮޅު ފޮނަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށާއި، ގަމަށް އަރައި ފޭބުން މަނާ ކޮށްފި އެވެ.
އެރަށުން ކޮވިޑް-19 އަށް ފައްސިވިވެފައި ހަތަރު މީހެކެވެ. އެއީ ގއ. އަތޮޅު ދެއްވަދޫން އެރަށަށް ދިޔަ ބައެކެވެ. އެ މީހުން އެރަށަށް ދިޔައީ ޑިސެންބަރު 27 ވަނަ ދުވަހުއެވެ.
އެއީ އެއް ގެއެއްގެ ހަަތަރު މީހެކެވެ. މަންމަ އާއި އޭނާގެ ތިން ދަރިންނެވެ.
އެ ދެ ރަށް މޮނީޓަރިންގއަށް ލާފައިވާއިރު، އެ ދެ ރަށަށް އަރާ ފޭބޭނީ ކަމާއިި ގުޅުން ހުރި އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ.
ދެެއްވަދޫން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިފައި ވަނީ މިދިޔަ މަހުގެ 24 ވަނަދުވަހެވެ. މިހާރުވެސް އެރަށްވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިހާތަނަށް އެރަށުގެ ކްލަސްޓާއަށް ނިސްބަތްވާ 10 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެރަށުން ގިނަބަޔަކު ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ.
ސުންޕާ ވެރިކަމެއްގެ ނިމުން އަދިވެސް ހޭއަރާކަށް ނުވޭތަ؟؟؟ ރޯ ބުހުތާންހެނދުމުން ދުރުހެލިވާކަށް ނުވޭތަ؟؟؟ އަދިވެސް ރީނދޫ ބައިގަނޑު ތައުބާވާކަށް ނުވޭތަ ބޮދެތި ވައްކަން ކުރުމުގެ ނަތީޖާ ފެންނަމުން މިދަނީ ނިކަމެތި ރައްޔިތުނަށް ދޮގާއި މަކަރުހަދައި އޮޅުވާލުމުގެނަތީޖާ ތިމާމެންގެ އަމިއްލަ އެނދުމުން ފޯވެ ތަތްތެޅި ފަ މުޅި ރާއްޖެ ނުރައްކަލަށް މުޅިރާއްޖެ ރޮއްވާލައި ފި ރައްޔިތުން ހާލުގައި ޖައްސައި ފި ނިކަމެތިކޮށްލައި ފި ބިކަކޮށް ފަގީރު ކޮށް ބަޑަށްޖައްސައި ފި ބަލާވެރިކަމާއި މުސީބާތާއި ކޯ ފާ ޢާމުވެއްޖެ ގަދަމީހުން ބަލިވެ ބަލިމީހުން މަރުވުން ޢާމުވެއްޖެއެވެ.