ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅުނިކޮށް ގެއްލުނު 17 އަހަރުގެ ފިރިހެން ކުއްޖާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

މި ކުއްޖާ ނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ، ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ދާދި ދެންމެޔަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.

މި ކުއްޖާ ގެއްލުނީ "މާނޭރާ"ސަރަހައްދަށެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 16:47 ހާއިރު އެވެ.

މި ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ 17:50 ހާއިރު އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެތަނަށް މިއަދު އެގަޑީގައި މޫދަށް ދިޔަ ތިން ކުއްޖަކު ގެއްލުނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ސަލާމަތްވެފައެވެ. އެ ކުދިން ތިބީ ފަރުމައްޗަށް އަރައެވެ.

މީގެ ތެރެއިން މިހާރު ހަ އަހަރުގެ އަންހެން ކުއްޖަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔާލު

    انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین