ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅުނިކޮށް ނިޔާވީ 17 އަހަރުގެ ކުއްޖެއް ކަަމަށާއި، އިތުރު ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް އެ ސިޓީ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.
އެ ސިޓީ ހޮސްޕިޓަލްގެ މެނޭޖަަރ ވިދާޅުވީ، އެ ހާދިސާގައި ނިޔާވެފައި ވަނީ އެރަށު، ޔޫރޯގޭ އަހުމަދު ފައުޒާން ހަސަން ކަމަށެވެ. މިއީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނުނު ކުއްޖާ އެވެ.
ފައުޒާންގެ އުމުރު ކަމަށް މީގެ ކުރިން ފުލުހުން ވިދާޅުވެފައި ވަނީ 12 އަހަރެވެ.
ހޮސްޕިޓަލް މެނޭޖަރ ވިދާޅުވިީ، ހޮސްޕިޓަލްގައި އަންހެން ކުއްޖަކަށް ފަރުވާދެމުންދާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ސީރިއަަސް ނޫން ކަމަށްވެސް ވިދާޅުވިއެެވެ.
"ވަގުތު" އަށް މައުލޫމާތު ލިިބިފައިވާގޮތުން ފަރުވާދެމުން ދަނީ 12 އަހަރުގެ އަންހެން ކުއްޖަކަށެވެ.
އެނގިފައިވާގޮތުން މި ހާދިސާގައި ފުރަތަމަ ގެނބުނީ 12 އަހަރުގެ އަންހެން ކުއްޖާ އެވެ.
ނިޔާވި އަހުމަދު ފައުޒާން ހަސަނަކީ ގެނބުނު އަންހެން ކުއްޖާ ސަލާމަތް ކުރަން މޫދަށް ފޭބި ކުއްޖެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މަރުހޫމް ފައުޒާން އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި ، އާމީން
މަރުހޫމް ފައުޒާން އަށް ބަތަލެއްގެ ޝަރަފުދޭންޖެހޭ ، އޭނަ ނިޔާވީ ފުރާނައެއް ސަލާމަތް ކުރަނިކޮށް