އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ.ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ދެއްވަދޫއިން މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، އެމީހެއްގެ ސުންކު (ސާމްޕަލް) ނައްސި (ނެގެޓިވް) ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެއެވެ." އެޗްޕީއޭގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާލޭގެ ސުންކު ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތު ދެއްވައެވެ.

30 ނޮވެމްބަރުގެ ފަހުން ގއ.ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ކޮވިޑް-19 ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

އެއްވެސް ރަށަކަށް ދެއްވަދޫން މީހަކު ގޮސްފައިވާނަމަ އެކަން އަންގަން އެޗްޕީއޭ އިން މިއެދުނީ ދެއްވަދޫން ލ.އަތޮޅު ފޮނަދު އަށް ދަތުރުކުރި ހަތަރު މީހަކު މިރޭ ކޮވިޑް-19 އަށް ފައްސިވުމުންނެވެ. ފޮނަދޫން ކޮވިޑް-19 އަށް ފައްސިވީ ދެއްވަދޫ ހަތަރު މީހުން ހިމެނޭ އާއިލާ އެކެވެ.

ފޮނަދޫގައި ތިބި ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން ފޮނަދުއާއި ގަމަށް އަރައި ފޭބުން މަނާކޮށް އެދެރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަަތޭކަ އެކާވީސް

  މަ އަދި ދުވަހަކުވެސް ތިޔަ ރަށަކަށް ނުދަން.

 2. މޮޑަން

  ދެންކީއްކުރަން ވާނެ 6 އެތިވީމަ ދެއްވަދޫދީ އިން 27 ޑިސެމްބަރުގަ ލ ފޮނަދުއަށް ދިޔަ 4 މީހުން ފޮނަދޫގަ ކާއްޅެއްހެން ނުދާފިހާރައެއް ނުދާހޮޓަލެއް ރެސްޓޯރެންޓެއްނެތް ވަގުތުފާއިތު ވީމަ ދެން ކޮންވާނެއް ތިއަރުވަނީ އެޗް ޕީ އޭ އިން މީކަލޭމެންގެ ފަރުވާކުދަކަން

 3. ޖަނާޒާ

  ސްކޫލުތައްހުޅުވުން ބުއްދިވެރިތޯ# ނުވަތަ ނޫންތޯ ،

  • ގުއިފިއްތާ ތަލަހުންޒާ(ޕެންޝަން ބަޑި)

   ސުކޫލު ހުޅުވަން ބޭނުންވަނީ ދަރިން ބޮލުންކަޓުވާލަން އުޅޭ ބެލެނިވެރިން، ނޫންނަމަ ދެން ކޮންކަމެއްތޯ؟ މިވަރުގެ ރިސްކެއް ނަގަން. މުޅިދުނިޔެ ލޮކްޑައުންކުރަމުން އަންނަނީ، އެކަމު މިގައުމުގަ ހީވަނީ ހުރިހާކަމެއް ކޮނަޓްރޯލް ކުރެވިފައޮތްހެން. ހަރާންފަދަ. މާދަމާކަންނޭންގެ ބުނާނީ ސްކޫލްތަށް ބަންދޭ! އޭރުންނޮންނާނީ ވާނެހައެއްޗެއްވެފަ. ވެދާނެދޯ އެއީކަމަށް މިއުޅޭޕޭރަންޓުން އަސްލު ބޭނުންވާ ގޮތަކީ. ބޮޑުވަރުމީދެން. ގަމާރަސް، ބޮޑުވަރު

 4. 👮😮😮😮

  ސުކޫލް ހުޅުވުން ބުންދިވެރި

  2
  1