ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މާލޭގައި ސުންކު (ސާމްޕަލް) ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިހެން ވިދާޅުވީ ޑިސެމްބަރ 25 ގެ ފަހުން ގއ.ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެކަން އަންގައި މިރޭ ކުރި ޓްވީޓެއްގައެވެ.

ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތްތައް ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށް އެޗްޕީއޭ އިން އެދެއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މާލޭގައި މިހާރު ސުންކު ނަގާނީ ސެނެހިޔާގައި ހުންނަ ފުލޫ ކްލިނިކުންނެވެ. ހުޅުމާލޭ ޕްރީ ސްކޫލްގައި ހުންނަ ހުޅުމާލޭ ފްކޫ ކްލިމިނިކުންނާއި ވިލިމާލޭ ފްލޫ ކްނިކް އަދި އޭޑީކޭ ހޮސްޕިޓަލްގެ ފްލޫ ކްލިނިކުން ވެސް ސުންކު ނަގާނެއެވެ. މީގެ އިތުރުން މާލޭގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުން މަގުމަތީގައި ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދެއެވެ.

ދެއްވަދޫން ލ.ފޮނަދުއަށް ދަތުރުކުރި ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ލ.ފޮނަދު އާއި އެއަތޮޅު ގަމަށް އަރައި ފޭބުން މަނާކޮށް އެދެރަށުން ބައެއް މީހުން ގެންދަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑު 1

    މި ގަޑީ ގައި ބޭރު މީހުންގެ ސުންކު ނަގަން ފަސޭހަވާނެ