ފުވައްމުލަކުގައި ތިން ކުއްޖަކު ގެނބިގެން މިއަދު ހިނގި ހިތާމަވެރި ހާދިސާގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. އަހުމަދު ފައުޒާން ހަސަން ގެނބުނީ، ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ފައުޒާން ނިޔާވި ކުއްލި ޚަބަރާއިއެކު މިރޭ ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖެ އަށް ވެސް ފަނީ ފުންހިތާމައެއް ލިބިފައެވެ. އެކަން އެކި ފަރާތްތަކުން މީސް މީޑިއާގައި ހިއްސާ ކުރަމުން ގެންދާ ވާހަކަތަކުން އެނގެއެވެ.

މީސް މީޑިއާގައި މިރޭ އެންމެ ގިނަ ބަޔަކު ޝެއާ ކުރަމުން ގެންދާ އެއް ޕޯސްޓަކީ ފައުޒާން މީގެ ދެދުވަސް ކުރިން ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓެކެވެ. އެޕޯސްޓްގައި ބުނެފައި ވަނީ ކުއްލިއަކަށް އަހަރެންގެ މަރުގެ ޚަބަރު ލިބިއްޖެނަމަ އަހަރެންނަށް މާފުކޮށް، ތިބާގެ ހެޔޮ ދުއާގައި އަހަރެން ބައިވެރި ކޮށްދޭށެވެ.

ފައުޒާންގެ ކުއްލި މަރުގެ ޚަބަރާއިއެކު އެންމެން ވެސް ދަނީ އޭނާ އަށް ހެޔޮ ދުއާ ކުރަމުންނެވެ. އަދި އެންމެ ފަހު ވަގުތު ވެސް އޭނާ ދެއްކި ހިތްވަރު ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ފައުޒާން އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް ކަމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މުޅި ފުއައްމުލަށް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅި އިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި ކަމަށެވެ. "މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ!

    145
    2
  2. އައްޑޫ ލެއި

    ހެޔޮ ރަޚްމަށް ލަށްވާށި އާމީން

    117
    2
  3. އަދާލަތު

    އަލްމަރުޙޫމް ފައުޒާންގެ ފުރާނަ ފުޅަށް ދާއިމީ ސުވަރުގޭގެ ނިޢުމަތް ދެއްވައި، ޢާއިލާޔަށް ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށި. އާމީން.

    137
    1
  4. ހިޔާލު

    انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    116
    1
  5. ތެދު

    إنالله وانا إليه راجعين

    101
    1
  6. ކޮންފަދަ

    ޢަބްދުﷲ ޝާހިދު ކޮންވާހަކައެއްދައްކާކަށް..؟ތިހެން އަދި އެކުއްޖާއަށް ތާއިދުކުރިޔޭ ކިޔާފައި
    މަނިކުފާނައް ރައްޔިތުން ތާއިދެއްނުކުރާނެ..އިސްލާމް
    ދީނަށް ފުރައްސާރަ ކުރާއިރު ޝާހިދު ކޮބާ؟؟؟

    37
    60
  7. އަލީ

    މާތްﷲ ފައުޒާން ގެ އާއިލާއަށް ކެއްތެރިކަން ދެއްވާށި އަމީން

    105
    3
  8. ޕާޓޭ ގެ ޑެޑީ

    މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

    96
    2
  9. ހުސައިން

    إنّاِللّه وَإِنَّاإِلَيْهِ رَاجِعُوْن
    اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضْ مِنَ الدّنسِ

    84
    2
  10. ކޮވިޑް

    نا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ! އަލްމަރުޙޫމް ފައުޒާންގެ ފުރާނަ ފުޅަށް ދާއިމީ ސުވަރުގޭގެ ނިޢުމަތް ދެއްވައި، ޢާއިލާޔަށް ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށި. އާމީން.

    98
    1
  11. ދިވެހިކޮރަކަލި

    ﷲ ފައުޒާން އަށް ރަހުމަތް ލައްވާ ސުވަރުގެ މިންވަރު ކުރަށްވާށިއެވެ އަދި ހަމަ އެޔާއެކު މުދައްރިސުންނަށް ބުނަމެވެ މި ދިރާސީ އާ އަހަރު ހެޔޮލަފާ ދަރިވަރުން އުފައްދަން މަސައްކަތް ކޮށްދޭށެވެ އޯގާތެރިކަން ލިބޭނީ އޯގާތެރިކަން ދަސްކޮށްދެވިގެންނެވެ ތިމާޔަށް ނުލިބޭ އެއްޗެއް ތިމާ އަނެކުންނަށް ދެނީ ނުވަތަ ދޭން އެގޭނީ ކިހިނަކުން ހެއްޔެވެ އިހްސާން ތެރިކަން ދީގެން އިހްސާންތެރިން އުފައްދާށެވެ

    41
    1
  12. މުޙައްމަދު

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ!

    42
    1
  13. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހެޔޮެެެހިތެެަަ

    نا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ! އަލްމަރުޙޫމް ފައުޒާންގެ ފުރާނަ ފުޅަށް ދާއިމީ ސުވަރުގޭގެ ނިޢުމަތް ދެއްވައި، ޢާއިލާޔަށް ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށި. އާމީން.

    35
    1
  14. މުސްޠަފާ މުޙައްމަދު

    ޝަހީދެއްގެ މަތިވެރި ދަރަޖަ ފައުޒާނަށް މިންވަރުކޮށްދެއްވާ ސުވަރުގެ މަތިވެރި ނިޢުމަތިގައި ލަހައްޓަވާށި! އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން އިތުރުކޮށްދެއްވާށި! އާމީން.

    42
    1
  15. މުސްޠަފާ

    ޝަހީދެއްގެ މަތިވެރި ދަރަޖަ ފައުޒާނަށް މިންވަރުކޮށްދެއްވާ ސުވަރުގެ މަތިވެރި ނިޢުމަތިގައި ލަހައްޓަވާށި! އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން އިތުރުކޮށްދެއްވާށި! އާމީން.

    38
  16. AHMED NASIH

    إنّاِللّه وَإِنَّاإِلَيْهِ رَاجِعُوْن
    اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضْ مِنَ الدّنسِ

    31
  17. ABDULLAH NASEER

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ!

    40
  18. މާއޫން

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުޙޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭ

    25
  19. ހެޔޮހިތުން.

    ފައުޒާނުގެ ފުރާނައަށް މާތް ﷲސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު މުރައްވާނދޭވެ.އާމީން

    24
  20. ފައުޒާންގެ ފްރެންޑެއް

    انا لله وانا اليه راجعون.
    ފަ އުޒާން އަށް ސުވަރުގެޭ ދާއިމީ ހެޔޮ ރަހްމަތް ލަ އްވަން ދޭވެ!

    25
  21. ަަސގގފފ

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ

    15
    1
  22. ހަބޭސް

    انا لله وانا اليه راجعون.

    14
    2
  23. ރުވާ

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ!

  24. ރައްޔިތުން

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ!

  25. ޢަލިބެ

    ދުނިޔެދޫކޮށް ދިޔައިރު ކުރިން، އޭނަ މަރުވުމުން ހެޔޮދުއާކޮށްދޭން އެދިފައޮތޭކިޔައިގެން ނޫހުން ޚަބަރު ލިޔެލީދޯ.

    2
    2