ށ.އަތޮޅު ކަނޑިތީމު ފަޅުގައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.
ޕެޓްރޯލް ދޯނީގައި ރޯވެފައިވާ އަލިފާން ވަރަށް ބޮޑަށް ދޯންޏަށް ފެތުރިފައި އޮތް މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުންދާއި ބެލެވޭ ގޮތުގައި ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން ވިދާޅުވީ ކަނޑިތީމު ފަޅުގައި އޮތް ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިރޭ 22:45 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތަކުންނެވެ. މިހާދިސާގައި އަދި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންނާއި އާއްމުން ގުޅިގެން އެސަރަހައްދުގައި ހުރި ދޯނިތައް ދުރަށް ޖައްސައި އަލިފާން ނިއްވުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ސުބުޙާނަﷲ، ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ޝުކުރިއްޔާ ރައީސް.. އަންދާ ގާނޫނުތޯ.. ކޮންމެ ދުވަހަކުހެން ތަނެއްގަ އަލިފާން ރޯވާތަން ފެންނަނީ
ކީއްކުރާނީ އަދުގެ ހާލަތު!
ހާދަ ހިތްދަތި ޚަބަރުތަކެކޭ މިކިޔަންޖެހެނީ މިނޫން ދުވަހެއް ދައްކަވާށި ޔާﷲ މުޅިރާއްޖެ ގިސްލާރޮނީ އިނބަﷲގެ މަދަދާއި ރައްކާތެރިކަން މިންވަރުކޮށްދެއްވާށި އާމީން:
މާތްކަލާކޯ ކިހިނެތްތަ މިވަނީ ވާންއުޅެނީ ހުރިހިތާމައެއްގެ ބޮޑުކަމާ ކޮންމެ ދުވަހެއްގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިރުއަރާ ފަ އޮއްސެނީ ކޮންމެވެސް ހިތްދަތި ޚަބަރަކައިގެންނެވެ. ވިސްނާ ފިކުރު ކުރާބަޔަކަށްޢިބުރަތަކަށް ވާނެއެވެ.