އެތައް ދުވަހަކަށް ފަހު އަލުން ސްކޫލްތައް ހުޅުވާލާ ދެެވަނަ ޓާމުގެ ކިޔެެވުން ފަށައިފިއެވެ.

މިއަދަކީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު، އަލުން ސްކޫލްތައް ހުޅުވާލާ ހުރިހާ ދަރިވަރުން އެއްފަހަރާ ސްކޫލަށް ގެންދާ ފުރަތަމަ ދުވަހެވެ. އަލުން ސްކޫލްތައް ހުޅުވާލާ

ލ. ފޮނަދޫ އާއި ގއ. ދެއްވަދޫ ނޫން ހުރިހާ ރަށެއްގެ ސްކޫލްތައް މިހާރު ވަނީ ހުޅުވާލާފައެވެ. މި ރަށްރަށުގެ ސްކޫލްތައް ހުޅުވާފައި ނުވަނީ ކޮވިޑް-19 އާއއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެެނެސްފައއި އޮތުމުގެ ސަބަބުންނެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ރޭ ކުރައްވާފައއިވާ ޓްވީޓެއްގައި ވަނީ އަލުން ސްކޫލްތައް ހުޅުވާލުމުގެ މުނާއްސަބަތުގައއި ހުރިހާ ދަރިވަރުންނަށާއި ބެެލެނިވެެރިންނަށް މަރުހަބާ ކިޔާ ކަމަށެެވެެ. އަދި އަލުން ސްކޫލްތައް ހުޅުވާލުމަށް ހުރިހާ ފަރާތްތަކަކުން ދިން އެއްބާރުލުމަށްވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

"މާތް ﷲ 2021 އަކީ ހުރިހާ އެންމެންނަށްވެެސް ކާމިޔާބު އަހަރެއްކަމުގައި ލައްވާށި" މިނިސްޓަގެެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

"ޖަޒީރާ" ނޫހަށް މިނިސްޓަރ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އަލުން ސްކޫލްތައް ހުޅުވާލާފައި ވަނީ ހެލްތުު ޕްރޮތެެކްޝަން އެެޖެންސީ (އެޗްޕީއޭޭ) އާވެެސް ވަރަށް ބޮޑަށް މަޝްވަރާކުރެެވިގެން ކަމަށެެވެ. ސްކޫލްގެ ކިޔެވުން ނޫން އެހެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ހާއްސަ އުސޫލުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އއެގޮތުން ބަލާނީ ގައިދުރުކަމަށް އިސްކަން ދިނުމަށާއި އެެޗްޕީއޭގެ އުސޫލުތަކުގެެ ތެރެއިން ކަންކަން ކުރިއަށް ގެންދެވޭތޯ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެެ.

"އަޅުގަނޑުމެން މިހާރު ބޭނުމެއް ނޫން ސްކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން އަންނަ ތަނަކަށް ހަދާކަށް. ދަރިވަރުންނަށް ލިބެން ޖެހޭ ހުރިހާ ކަންތައްތައް ފޯރުކޮށްދެެވޭތޯ އަޅުގަނޑުުމެން ބަލާނީ" މިނިސްޓަރ އައިޝަތު ވިދާޅުވިއެވެ.

ސްކޫލްތައް ބަންދުވި ހިސްބާުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެެއްގެ ޓީޗަރުންނަށް ވަނީ ސައިކޯ ސަޕޯޓް ޓްރެއިނިންތަކެއްވެސް ދީފައެވެެ. މިކަމުގެ ސަބަބުން ދަރިންވަރުންނަށް ނަފްސާނީ ގޮތުން ދިމާވާ އެކި މައްސަލަތައް ސްކޫލްތެެރެއިން ހައްލުކޮށްދިނުމަށް ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެެ.

ކޮވިޑް-19 ވައިރަހާއި ގުޅިގެން އަބަދު ގޭގައި ތިބެން ޖެހުމުން އަދި ސްކޫލަށް ހާޒިރު ނުވެެވުން ފަދަ ކަންކަން ކުުރިމަތިވުމުގެެ ސަބަބުން ބައެއް ދަރިވަރުންނަށް ނަފްސާނީ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އއިން ވަނީ ވިދާޅުވެފައެވެެ.

މި ހަފްތާ ދަރިވަރުންގެ ކިޔެވުންތައް ކުރިއަށް ގެެންދިއުމަށް ހަމަޖެހިފައި ވަނީ ސްކޫލަށް އަލުން ހޭނުވުމުގެ ގޮތުން ޓީޗަރުންނާއި އަލުން ގުޅި، ދަރިވަރުންނާ ވާހަކަ ދައްކާ އިތުރު ހަރަކާތްތަކެއް ރާވައިގެންނެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ސްކޫލަކީ ދަރިވަރުން އުފާވާނެ ދާހިތްވާ ތަނަކަށް ހެދުމަށް ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 😡

    ގަން ސުކޫލް ތަން ހުޅުވަބަ

    1
    1
    • ޑރ.ޢައިޝަތު އަލީ

      އޯކޭ..

      3
      1
  2. Anonymous

    ރ ޔާމީން ގެ ތައުލީމީ ކަރިކިއުލަމް އާ މުގައްރަރު ތައް ބަދަލު ކުރަން ޖެހެޔޭ ވިދާޅުވެ ދެއްވި ތަގުރީރު އަދި އެއްފަހަރު އަޑުއަހާލަ ބަލަ ލޮލުން ކަރުނަ އާދޭތޯ ވިސްނާލުން ވަރަށް މުހިންމު

  3. މަށޭ

    މިހާރު އެޑިއުކޭޝަން މިނިސްޓަރަކަށް ހުރީ ވަރާށް ނާގާބިލު ސޮހެލެއް. ޕްރީ ސުކޫލަށް ކުދިން ވައްދަން ހަދައިފަ އޮތް އުސޫލަކީ ތާކުން ތާކު ޖެހޭ އެއްޗެއް ނޫން. ކުދިންގެ އުމުރުންވެސް ވައްކަން ކުރަނި. މިހާރު ކަނޑައަޅައިފަ އޮތް ގޮތުން ބައެއް ކުދިންނަށް ގްރޭޑް 1 އަކަށް ދެވެނި އުމުރުން 8 އަހަރުވީމަ. އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކުދިންތަކެއްގެ އުމުރު ގެއްލޭ ގޮތަށް ހަދައިފަ އޮތް އުސޫލު ބަދަލުކުރަން ގޮވާލަން.