ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލްގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން އިއްޔެ ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. ކޮވިޑް-19 އަށް ފައްސިވުމުން ޗީފް ޝަމާލް މިހާރު ހުންނެވީ އަމިއްލަފުޅަށް ގޭގައި އެކަހެރިވެގެންނެވެ.

ޗީފް ޝަމާލް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަރަންޓީން ކުރަން ޖެހޭ ފަރާތްތައް މިހާރު ވަނީ ކަރަންޓީން ކޮށްފައި ކަމަށް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މީން ދުވަހަކު ޗީފް "އެއްވެސް ޝޯޝަލް ގެދަރިންއަކަށް ވަޑައި ގެންފައެއް ނުވޭ. އަދި ރާއްޖެ އިން ބޭރަށް ވެސް ވަޑައިގެންފައި ނުވާ." ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް ކޮވިޑް-19 އަށް ފައްސިވުމުން ކަރަންޓީން ކުރި މީހުންގެ އަދަދެއް، އަދި ކަރަންޓީން ކުރި މީހުންގެ ތެރޭގައި ސިފައިން ހިމެނެނީ ކިހައި ވަރަކަށް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟުސުމް

    ޗީފް އަދި ޕޮލިސް ކަމިޝަނަރ އަދިވެސް އެހެނިހެން ގިނަ މިނިވަން މުއައްސަސާތަކުގައި ވަނީ ސިޔާސީ މީހުން.
    ރައްޔިތުންގެ އިތުބާރުވަނީ މިތަންތަނަށް ގެއްލިފައި.
    ވިސްނާލަން ޖެހޭކަމަކީ، އެއްމެ ފަހަށް ރައްޔިތުމީހާ ސަލާމަތް ހޯދަން ދާންޖެހޭތަންތަން މިވަނީ ޝިކާރަޔަކަށްވާމީހާ ފަހަތުން އަންނަ މީހުންގެ ތަންތަނަށްވެފައި.
    މިއީ ހައްލުކުރަންހެހޭކަމެއް.

  2. ޑރ. ރާމީ ޙަސަން މަނިކު

    އަވަސް ޝިފާ އަކަށް އެދެން. އެމެރިކަން އެމްބެސެޑަރ އާއި ގުޅައިގެން ރައީސް ޓްރަމްޕް އަށް ދިން ބޭސް ވީހާވެސް އަވަހަކަށް ގެނެއުން ވަރަށް މުޙިއްމު. އެއީ 2 ދުވަހުން ރަނގަޅުވާ ބޭހެކެވެ. ޕޮމްޕިއޯ ވެސް މި ބޭސް ދެނެވަޑައިގަންނަވާނެ.

    1
    1
  3. ރައްޔިތުމީހާ

    ޖެނެރަލް ޝަމާލް އަށް ﷲ އަވަސް ޝިފާ އެއއ އް މިންވަރު ކޮ އްދެ އްވާށި. އާމީން

    1
    3
  4. ފުއާދު

    اللهم اقتله قريبا. آمين