ލ.ފޮނަދޫ ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެއަތޮޅު ކުނަހަންދޫގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކުނަހަންދޫ ކައުންސިލްގެ ރައީސް އަސްމާއު އަބޫބަކުރު ވިދާޅުވީ އެރަށު ރައްޔިތުން ސިއްހީ ފަރުވާއަށާއި އެހެނިހެން ކަންކަމަށްވެސް ވަރަށް ގިނައިން ފޮނަދޫއާއި ގަމަށް ދަތުރު ކުރާ ކަމަށެވެ.

އަދި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ފޮނަދޫ އަދި ގަމަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް 35 ފަރާތެއްގެ ނަން ކައުންސިލަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެރަށުގެ ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ބައެއް ނޫން. އެމީހުންނަކީ ގާޑިއާތަކަށާއި ކެފޭ ރެސްޓޯރެންޓްތަކަށްގޮސް އުޅޭ މީހުންް. ކުނަހަންދޫ މީހުންވެސް އެރަށަށް ދާނެ ވަރަށް ގިނައިން ބޭސްފަރުވާއަށާއި އެހެނިހެން ކަންކަމަށްވެސް. ގޮސްފައި. ގާޑިޔާތަކަށް ދާ ދިއުމުގައި މިމީހުންނާއިވެސްސް ދިމާވެފައި ހުރުން އެކަށީގެންވޭ. އެހެންވެ އެމީހުންގެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް މިކުރަނީ." އޭނާ ވިދާޅުވިއެވެ.

އަސްމާއު ވިދާޅުވި ގޮތުގައި މިއަދު ސްކޫލްތައް ފެށުމުން ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކަމާއި އެކު ރަށު ތެރޭގައި ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެޅިފައިވާ ސަލާމަތީ ފިޔަވުޅުތަކަށް ބޯލަބައި، ރަށު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮނަދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގއ.ދެއްވަދޫން ފޮނަދުއަށް ދަތުރުކުރި ބައެކެވެ. ދެެއްވަދޫން ކޮވިޑް-19ގެ ވޭދަނަތަކެއް (ކޭސް) ފެނިފައި ވަނީ މިދިޔަ މަހުގެ 24 ވަނަދުވަހެވެ. މިހާރުވެސް އެރަށްވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައީދު

    ތީ ދޮގު ހަބަރެއް. ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅާ، ހުކުރުދުވަހު ކުނަހަންދޫގެ ހުރިހާ ޒުވަނުން ގަމަށް، ފުޓުބޯޅަމެޗެއް ކުޅެން ދިޔާ. އޭގެ ތެރޭގައި ސްކޫލު ކުދިންވެސް ހިމެނޭ. އެކުދިން ސްކޫލަށްވެސް ދޭ.

  2. ރައްޔިތުމީހާ

    ބަލަ ކަލޭމެނައް ލ.ކުނަހަންުދުއާއި ލ.މާމެންދޫ ވަކިކުރަން ނޭނގެނިއްޔޭ ހަމަ..