އާންމު ތަނެއްގައި އަދި އެ ތަނުގެ މަންޒަރާއި އަޑު އާންމުކޮށް ލައިވް ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވި މައްސަލައެއްގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް މި މަހުގެ ފަށަން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މައުލޫމާތު ދެއްވި ގޮތުގައި އަދުރޭގެ މައްޗަށް ކުރާ އެ ދައުވާގެ ޝަރީއަތް މި މަހުގެ 31 ވަނަ ދުވަހު ފަށަން ނިންމައި އެ ކަން ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވެސް މި ކަން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

އަދުރޭގެ މައްޗަށް މިފަދަ ދައުވާއެއް އުފުލުނުއިރު، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުންނެވުމުން އެ ކޯލިޝަން މިހާރު ލީޑް ކުރައްވަމުން ގެންދަވަނީ އަދުރޭއެވެ. އަދުރޭއަކީ އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސްއެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދުރޭ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީއްސުރެން މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ހުންނެވި ފަޅިއަކަށެވެ.

ޤާނޫނުލް އުޤޫބާތުގައިވާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމަކީ ކުށެކެވެ. އެކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޙުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  އަޅުގަނޑު އަޑޫ އެހިން އެމް.ޑީ.ޕީ އިން އަށްޑޫގައި ބޭއްވި ޖަލްސާ އެއްގައި ޓީ.ވީ އިން ލައިވް ކުރި މި ޖަލްސާގައި މަޖިލީސްގެ މިހާރުގެ ރައީސް ބުނި އަޑު ނުފޯރާ ފަށުން ފޫގެޅީމަ ފެންނާނީ..... އެއްޗެއްގެ ވާހަކަ. އެ ވާހަކަ އަކީ އެއްމެ މައި ދަރަޖައިގެ ދިވެހި ބަސް ތޯ؟ މާތް ބަހަކަށް ވީމަތޯ ދައުވާ ނުކުރަނީ ؟ މީ މިހާރު ހަމަ ސީދާ ސަދޫމް ގެ އުސޫލުން ހިންގާ ޤައުމެއް.

  9
  3
 2. ކެލާ އާރިފް

  މިފަދަ އަހުލާޤީގޮތުން ވަރަށް ދައްފެންވަރުގެ އަމަލްހިންގާމީހުންގެ މައްސަލަތައް ބަރަވެލި ދުވެލީގަ ހިނގަނީނަމަ އެއީ މިފަދަ ގޮތެއްފޮތެއްނެތް މީހުންނަށް އެފަދައަމަލުތައް ކުރުމައްދެވޭ ހިތްވަރެއް، ވީހާވެސް އަވަހަކަށް މިމައްސަލަބަލާ ހައްޤްވާ އަދަބުދިނުމައް ގޮވާލައް، މިކަމަކީ ދެންތިބި މިފަދަ މީހުންނައްދެވޭ އިންޒާރެއްކަމައްވާނެ، މުޖުތަމަޢުގެ އަދަބު އަހުލާޤް ހިފެހެޓުމައް މިކަންއަވަސްކުރުން މުހިއްމު

  9
  1
 3. ފައްލަންބޭ

  ވަރަށް ރަނގަޅުކަމެއް! އެކަމަކު ހަޑިހުތުރު އަމަލުކުރި އެހެން މީހުންނަށްވެސް ދައުވާ ކުރަންޖެހޭ! އެއިގެ ތެރޭގައި މަޖްލިސްތެރޭގައި ރޮޒެއިނާ މޫނަށް ކޯދޮވުނު މައްސަލައާއި، މާރިޔާދީދީ މަޖުލިސް ތެރޭގައި ޤާނޫނު އަސާސީ މައްޗަށް ފައިން އަރައިގެން ހުރި މައްސަލަވެސް ބަލަންޖެހޭ!!

  13
  1
 4. މަނީމަނީ

  އެނގިދާނެތާ އަދުރޭމެން ޓިނު ގޮޅީގަ ....

  3
  1
 5. ތަރި

  ބާޢީ އަންނިގެ ދަރި ހުތުރުބަހުން ރޯއަވަގުރާނަ ޓްވީޓްކުރާއިރު ހަމަ އޯކޭދޯ

  8
  5
 6. އ . ޖ . އ

  ވަރަށް ރަނގަޅު ކަމެއް