ސްކޫލް ވަގުތުތަކުގައި އެ ސަރަހަދުތަކުން މުދާ އުފުލުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހާމަކޮށްފިއެވެ.

މިކަން އެ އޮތޯރިޓީ އިން ހާމަކޮށްފައި ވަނީ މާލެ އާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެެސްފައިވާކަން އިއުލާންކޮށެެވެ. އެގޮތުން ސްކޫލް ފެށޭ ގަޑި އަދި ނިމޭ ވަގުތުގައި އެެ ސްކޫލެއް ހުުންނަ ސަރަހައްދަކަށް އެއްވެެސް މުދާ އުފުލާ އުޅަނދެއް މުދަލާއި އެކު ވަނުމަކީ މަނާކަމެއް ކަމަށް އެ އޕތޯރިޓީ އިން ވަނީ ކަނޑައަޅާފައެވެެ.

މާލެ އަދި ހުޅުމާލޭގައި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި ގަނޑުކޮށް ހުރިހާ ގިންތިއެއްގެ އެެއްގަމު އުޅަނދެއްގައި ކޮންމެެ ދުވަހެެއްގެ އިރުއޮއްސި 6:00 އިން ފެށިގެެން ހެނދުނު 6:00 އާއި ހަމަޔަށް އުފުލޭނެެ އެެވެެ. މާލެ ތެރޭގައި ދުއްވާ 350 ކިލޯއިން ދަށުގެ ޕިކަޕުތަކަށް 24 ގަޑިއިރު ފިހާރަތަކުގެ ޑެެލިވަރީތައް ކުރެެވޭޭނެ އެވެ. ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެެއްގެ އުޅަނދަކަށްވެސް ފެނާއި ގޭސް ފިޔަވާ އެހެން ހުރިހާ ބާވަތެއްގެ މުދާ އުފުލޭނެ އެވެ.

ހެެނދުނު 11:30 އިން މެންދުރު 01:30އަށް 350 ކިލޯއިން މަތީގެ ޕިކަޕުތައް މުދާ އުފުލުން ވަނީ މަނާކޮށްފައެވެެ. ފެން އަދި ގޭސް އުފުލޭނީ އިރުއޮއްސި 6:00 އިން ފެށިގެެން ހެނދުނު 6:00 އާއި ހަމައަށެވެެ.

ދެ ޓަނުން ދަށުގެެ އުޅަނދުތަކަށް ހުޅުމާލޭ ބްރިޖް މުދާ އުފުލުމަށް 24 ގަޑިއިރު ބޭނުންކުރެވޭނެ އެވެ. މި ދަތުރުތައް ކުރެެވޭނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެެ. މު

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކުއްޖާ

    މިކަހަލަ ނިންމުންތަށް ކުޅުދުއްފުށި ކައުންސިލުން ބަލާ ނަމޫނާ ލިބިގަންނަން ޖެހޭ!! ހޮނިހިރުދުވަހު ރައްރަށުފެރީތަށް އައިސް ބަނދަރުމަތި ފުރާލާއިރަށް ބަނދަރު މަގުބަންދުކޮށްގެން ބޮޑެތި ސަޕްލައި ދޯނިތަކުން މުދާހުސްކުރުމަށް ހުއްދަދޭދިނުން މުރާޖާކުރަންޖެހޭ.. ކަންކަމަށް ހުއްދަދޭން ވާނީ އާންމު ރައްޔިތުންނަށް އުނދަގުނުވާ ގޮތަށް