އިންތިގާލީ އަދުލުގެ ގާނޫނުގެ ދަށުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލަ ނުބެލޭނަމަ ފެބްރުއަރީ 7، 2012 ގައި އަމުރަށް ނުކިޔަވަންތެރިވި ފުލުހުންގެ މައްސަލަ ބެލިގެން ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ކުރައްވާފައިވާ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައި ވަނީ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ.އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށައެޅުމާއި ގުޅިގެންނެވެ.
ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ 241 ކޮމިޓީއަށް ހުށައަޅަމުން ނަޝީދު ވަނީ ފުލުހުންގެ އާ ގާނޫނު އެކުލަވާލައި ތަސްދީޤު ކުރައްވާފައި ވަނިކޮށް، އެ ގާނޫނަށް އަމަލު ކުރައްވަން ނުފައްޓަނީވެސް އިސްތިއުފާ ނުދެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މި ކަމަށް ރިޔާއަތްކޮށް ހައިލަމް ކުރެއްވި ޓްވިޓެއްގައި ވަނީ އިންތިގާލީ އަދުލުގެ ގާނޫނުގެ ތެރެއިން އެންމެ ފުރަތަމަ ބެލެން ޖެހޭނީ ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ޤާޒީ ހައްޔަރު ކުރި ބުނާ މައްސަލަ ކަމަށެވެ. އަދި ހަތެއް ފެބުރުއަރީގައި ހިނގައިދިޔަ ކަންކަން ބެލެން ވާނީ އެ ކަން ފެށުނު ހިސާބަށް މައްސަލަ ބަލަން ފެށިގެން ކަމަށް ހައިލަމް ވިދާޅުވިއެވެ.
"ކޯޓު އަމުރަކާ ނުލައި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލަ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ތެރެއިން ނުބެލޭނަމަ، 7 ފެބްރުއަރީގައި އަމުރަށް ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަތައް ވެސް ބެލިގެންނުވާނެ. ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލޭނެކަމަށް ޤާނޫނުގައި ވަނީ ބަޔާކޮށްފައި." ހައިލަމް ވިދާޅުވެފައި ވެއެވެ.
ކޯޓު އަމުރަކާ ނުލައި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލަ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ތެރެއިން ނުބެލޭނަމަ، 7 ފެބްރުއަރީގައި އަމުރަށް ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަތައް ވެސް ބެލިގެންނުވާނެ.
ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލޭނެކަމަށް ޤާނޫނުގައި ވަނީ ބަޔާކޮށްފައި. pic.twitter.com/z3BlKHRKqx— Ahmed Hailam (@AhmedHailam) January 9, 2021
މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގި ހަމަނުޖެހުންތަކަށް ފަހު، ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ނަޝީދާ ދެކޮޅަށް އޭރު ފެށުނު މުޒާހަރާތަކަކީ އިސްލާމް ދީނާ ހިލާފު އެތައް ކަމެއް އޭރުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެއާއި އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ދެކޮޅަށް އަޑުއުފުލުމަށް ފެށުނު މުޒާހަރާތަކެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ވުޖޫދު ވުމާއެކު، އަބްދުﷲ ގާޒީއަށް އިންސާފު ދިނުމުގެ އަޑުތައް އަނެއްކާ ވެސް ގަދަވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެފައިވަނީ އެ މައްސަލައަކީ އެ ގާނޫނުގެ މަފްހޫމްތަކަށް ފެތޭ މައްސަލައަކަށް ނުވާތީ އެ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ހެޔޮ ނުވާނެ. އަބްދުﷲ ގާޒީއާ ބަގާވާތް ހިންގި އެންމެނާ އަންނިއާއި އެމް.ޑީ.ޕީ އިސްވެރިންނާއި ޕީ.ޕީ.އެމް އިސްވެރިންނާއި އަހަރެންގެ ލެޕްޓޮޕް ވަގަށްނެގި ވަގު ކަލޭގެއާއި މި އެންމެން ޖަލަށްލާފަ މައްސަލަ ނިންމާލަބަލަ. ރަނގަޅު އެކަކުވެސް ނެތް.
ސިޔާސީ ޕޯޑިޔަމްތަކަށް ނުކުތުންމާރަނގަޅުހެން ހީވަނީ، ޤާޒީއެއްގެ ތާޖުއަޅައިގެން ސިޔާސިވުން ބަލައެއްނުގަނެވޭ، ދައްކާވާހަކަތަކުން ވަކިބަޔަކާ ޒާތީވެފަހުރިކަން ދުވާލުގެ އިރުފަދައިން އެބައިނގޭ. ފިނޑިވެ ފިލާހުރެ ބަސްބުނުމައްވުރެ ޕޯޑިޔަމްތަކަށްނުކުމެ ބަސްބުނަންކެރެން އެބަޖެހޭ
ރަނގަޅު ވާހަކައެއް. ހާދިސާ މެދުވެރިވާން ކުރިމަތިވި ސަބަނު ނުބެލެންޔާ ހާދިސާ އެކަނި ބެލުމުން އެކަމަށް ހަޤީޤީ ހައްލެއް ލިބިދާނެ ކަމަކަށް ނުބެލެވެ އެވެ.
މީކާކުތަ ދެން ނޫސްތަކުގެ ސުރުޙީއަށް އަރަންވެގެން ކޮންމެވެސް މުންޖެކޭކިޔަނީ ދޯ ކަލޭ ގާޒީކަމައް ކުފޫހަމަނުވާކަން މިހިރަ ހާމަވެގެންދަނީ
ކުރެވޭ ކަމެއް އަދި ނުކުރޭ ކަމެއް އިންގޭ ބައެއް އުޅޭ ސަރުކާރެއްތޯ މީ؟ހަމަ ހެގަ ނެތި ހުރެ ކަންކަން ކޮށްފަ ރޭކާ މިލަނީ ހަމަ ހޭވެރިކަން ވީމަ އޭރު މި އޮންނަނީ ވާނެ ހައެއްޗެއް ވެފަ.އެކަން މި ފެންނަނީ މިސަރުކާރު ތެރެއިން،
Agreed
ބަލަ ހަ އިލަމޫ ޢަބްދުﷲ ގާޒީގެ މަ އްސަލަ އޮތީ ބެލިފަ އި. ޢެ މަ އްސަލަ އިގަ އި އަންނި އަށް 13 އަހަރުގެ ޖަލުހުކުމެ އް އި އްވި. އަބަދު ވާނުވާގަތޯ ތިހުންނަވަނީ. ޒާތީ ވިޔަސް ތީ ބޮޑުވަރު.
ބަލަންޖެހެނީ ފެބްރުއަރީ 7 އެކަންޏެއްނޫން ނޫން ގާޒީވަގަށް ނެގިމައްސަލަ އެކަންނެއްނޫން. ފުރަތަމަ ބަލަންޖެހެނީ ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގުމާއީ ގާނޫނުއަސާސީ އަށް އަމަލުކުރުން ހުއްޓާލި ކަން އިއުލާންކުރި މައްސަލަ. ހިގަހިގާއޮތް ގާނޫނުއަސަސީ އެއް ނެތްނަމަ ރައީސުލް ޖުމްހޫރިއްޔާއަކު ނުހުންނާނެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ލިޔެފަ ވަނީ ގާނޫނުއަސަސީގަ ވުމުން ގާނޫނުއަސަސީ ނެތްނަމަ އެމަގާމް ވެސް ނޯންނާނެތީ ވީމާ ނަސީދު ގެންނެވި ދުސްތޫރީ ބާގަވާތުގެ މައްސަލަތަހުގީގު ކުރަންޖެހޭނެ... ދެވަނައަށް ބަލަންޖެހޭނީ އަބްދުﷲ ގާޒީ ވަގަށްނަގައިގެން އާއިލާއަށް ވެސް ފޮރުވާފަ ގެންދިޔަތަނެއްނެގޭ ގޮތެއްގަ ކަންކުރި މައްސަލަ. 3 ވަނަޔަށް ބަލަންޖެހެނީ 2012 ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ އާޓިފިސަލް ބީޗަށް ލަޓިބުރި ތަކާ އެކު މީހުންފޮނުވުމާއި، ސެކިއުރިޓީ ބަލަހައްޓަންފިބި ފުހުންނަށް ގައިރުގާނޫނީ އަމުރުކޮށް އާޓިފިސަލް ބީޗުންނެރެ ރައްޔިތުންގެ ފުރާނަޔަށް ނުރައްކާ ކުރުވުމާއި. ސިފައިން އައިސް އާޓިފަިސަލް ބީޗަށް ވަންނަން އުޅުމުން ސިފައިންނަށް އެތަނަށް ނުވަދެ ދިއުމަށް އަމުރު ކޮށް އެތަނުން ފޮނުވާލުމަށްފަހު އާޓިފިސަލް ބީޗްގަ ތަޅާފޮޅުމާއި މާރާމާރީ ހިންގުމާއި މިކަންކުރުމަށް އަމުރުކުރިބަޔަކާއި ފުލުހުންނާ ސިފައިންގެ ވާޖިބަށް ހުރަސްއެޅިބައެއް ފެބަރުއަރީ 7 ގަ އިސްތިއުފާ ދިނުމާ ހަމަޔަށް. 4 ވަނަޔަށް ބަލަންޖެހެނީ ފެބްރުއަރީ 8 2012 ދުވަހު ބަގާވާތެއްގެނައުމަށް ރާވާ އެމްޑީޕީން މާލޭގަ ބޭއްވި އެއްވުމުގަ ހިގި ކަންކަމާއި ގައުމުގެ ތަންތަނުގަ ރޯކުރި މައްސަލަ އެތަންތަން ރޯކުރި ގޮތާއި ރޯކުރުމަށް އަމުރުކުރި މީހެއް ހޯދުމާއި ރޯކުރިބަޔަކު ހޯދުން. 5 ވަނަ އަށް ތަހުގީގު ކުރަންޖެހެނީ ފެބްރުއަރީ 7 ވަނަ ދުވަހު މުލީއާގެއިން ފެނުނު ބަގުރާކޭސްތަކުގެ މައްސަލަ. މިދެންނެވީ 2008 ގަ ވެރިކަމަށް އައި އެމްޑިޕީ ސަރުކާރު އިސްތިއުފަދިނުމާގުޅިގެން ތަހުގީގު ހިންގަންޖެހޭނެ ޖިނާއީ މައްސަލަތައް.
ދުވާލުގެ އިރުފެންނަ ފަދަ އިން މިހާރު ޔަގީން ކުރެވޭ ތީ %100 ޔާމީނުގެ ފިދާ އީ އެ އްކަން.
ކާލޭ ލޯ އަނދިރިދޯ
އަސްރަފަ ކޯޓް ހުކުމެއް އެބައޮތް އެމައްސަލަ އަލުން ބަލަން.ލަސްކުރަނި ކީއްވެ.