އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މަސައްކަތްޕުޅު ހުއްޓުވަން މަތިމައްޗަށް ދައުވާ ކުރިޔަސް ނުސިހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެކަމަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ނިހާދު ވަނީ، ޝިޔާމް އިޝާރަތް ކުރައްވާ ކެރުމަކީ ފެންނަ ކޮންމެ މީހަކާއި ހަޑި ހުތުރު ބަހުން މުހާތަބުކޮށް އަވަގުރާނަ ގޮވުން ކަމަށް ވާނަމަ އެއީ ކެރުން ނޫން ކަމަށާ އެއީ ހަޔާތްކުޑަވުން ކަމަށް ސިފަކުރައްވާފައެވެ. އަދި އެކަމަކީ ގޮތްކުޑަ ކަމާއި، ލަދު ކުޑަކަމާއި ޖާހިލުކަން ފެންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ، އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުހާތަބު ކުރައްވައިގެން ދައުލަތުން އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހު އޮންނާނެ ކަމަށް އަންގައި ކްރިމިނަލް ކޯޓުން ފޮނުވާފައިވާ ލިޔުން ޓްވީޓާގައި ހިއްސާ ކުރައްވާފައެވެ. ނިހާދު ރައްދުދެއްވީ އެ ޓްވީޓަށެވެ.

އަދުރޭއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝިޔާމް ވަނީ ޕީޕީއެމްއާއި ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދުރޭއަކީ ނުގުޑާ ފަދަ އަޒުމެއްގައި ހަރުދަނާ ސިޔާސަތުތަކުގެ މަތީގައި މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު އަދުރޭ ހުންނަވާނެ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"ދައުވާ މައްޗަށް ދައުވާ ކުރިޔަސް އަބްދުލްރަހީމް ނުސިހޭނެ،" ޝިޔާމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އަދުރޭގެ މައްޗަށް މިފަދަ ދައުވާއެއް ކޮށްފައިވަނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައަށް ހުކުމް ކުރުން އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮވިޑް

    ޝުކުރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ މެމްބަރު އަހުމަދު ނިހާދު. އަމިލްލަ ފުޅަށް މިހާރުގެ ރައްޔިތުން ގެ މަޖިލީސް ގެ ރައީސްއަކީ ވެސް ގޮތްކުޑަ ކަމާއި، ލަދު ކުޑަކަމާއި ޖާހިލު އެއްކަން ނިހާދު ޤަބޫލް ކޮށް މީޑިޔާ ތެރެއަށް ދޫކޮށްލަ ދިނީތީ. ނިހާދު ގެ އަތޮޅުގެ ރަށެއްގައި ނަސީދު ލައިވް ޓީ.ވީ ގަ ނުބި ހަންދާން ވީ ދޯ ނުފޯރާ ފޭލިން ފޫގަޅަން އުޅުނީމަ ފެންނަ އެއްޗެއްގެ ވާހަކަ........

    34
    2
  2. ރައްޔިތުމީހާ

    ޢަދުރޭ އަކީ ހަޔާތްކުޑަ މީހެއް ކަމަށް ނިހާދު ބުނާއިރު، އަދުރޭ އަށްވުރެ ނިހާދުގެ ހަޔާތްކުޑަކަން މާބޮޑު، އަމިއްލަ ނަފުސު އިޞްލާހުކޮށް އެހެން މީހުންގެ ކަންކަމާ ނުބެހިހުރުން މާ ބުއްދިވެރިވާނެ.

    48
    5
  3. އަލްޖިބްރާ

    ހަޔާތް ކުޑަވުމާއިއެކު އަދުރޭ އަކީ ތަންދޮރުވެސް ދަންމީހަކަށް ނުވަނީ ! ހަތަރަކާއި ފަންސާސް ގުނަކުރީމަ ޖަވާބަކަށް ދެލައްކަ ނެރެވުނީމަ ތަންދޮރު ދަންނަވަރު ވަރަށް ސާފު!

    11
    39
  4. ކަފަ

    ކަލޭމެއް އަވަގުރާނަގޮވިޔަސް އެހެއް ބަޔަކު ކީމަ އެވީ ހަޑިއެއްޗެއްސަށް ވަރަށްތާހިރުދޯ ވަރަށްތާހިރުދޯ މި

    39
    2
  5. މާމީ

    ބޮއެގެން ދެހާޖަތުން ގަޔައް ދެވިފަ އޮތަސް އަދުރޭ ހަޔާކުޑައީ ލަދެއްވެސް ގަންނަބައެއް ނޫންވިއްޔާ.....

    29
    5
  6. ގުއިދައިތަ

    އޭ މިހިރަ މީހާ.! މަށަށް ހީވަނީ ކަލޭގެ ހަޔާތް އަދުރޭގެ ހަޔާތަށްވުރެ ކުޑަވާނެހެން. ދެމީހުންގެ ހަޔާތް މަށަށް ފެނުނީމަ ޔަޤީންކަމާއި އެކު ބުނަން އިނގޭނީ ކާކުގެ ހަޔާތެއްކަން ކުޑައީ. ބޮޑަށް ހަމަ ލަފާ ކުރެވެނީ ކަލޭގެއޭ ކުޑަވާނީ.

    32
    4
  7. އައްޑޫ މީހާ

    މުޅި އައްޑޫ ފޭދޫގައި ނުހުންނާނެ ކަލެއަށްވުރެ ހަޔާތްކުޑަ ގޮތެއްފިތެއްނެތް މީހަކު ދެން އެހެން މީހުންނާ ދިމާލަށް އަނގައަން ލަދެއް ނުގަންނާނެ އެކަހަލަ މީހުން

    36
    5
  8. މިއަދު

    މަޖިލިހުގަ އެބަތިބި މަދުންވިއަސް ލަދުހަޔާތް ގަންމީހުން އެކަމު ނިހާދުއަކީ އެއިގެ ކުޑަމިންވަރެއްވެސް ހުރިމީހެއްނޫން

    15
    3
  9. އ . ޖ . އ

    ވަރަށް ރަނގަޅު ވާހަކައެއް.. ހަމަ ހައްދު ފަހަނަ އަޅާފަ

    5
    3
  10. ކުރި ކީލާ

    ރަހީމް ބެ އަކީ ވަރަށް ހިތްވަރު ގަދަ ގޮލަ އ އް

    9
    2
  11. ހަސަންކޮއި

    ތައްޓެލަދަހަޔާއްކުދުމީހަކާފޭދުއަކައް
    އުފަންވެފެއިނެއް

    6
    2