އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވަމުން ގެންދެވާ ޝިމާޒް އަލީއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާތީ އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެޕާޓީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެ އެވެ

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސާ އެކަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެ މަސައްކަތް ހަވާލުކުރިއިރު ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑު ކޮމެޓީގެ ޗެއާމަން އަކަށް ހުންނެވި ޝިމާޒްއަށް އޭސީސީން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. މި މައްސަލަ މީޑިއާއަށް ފެންމަތިކޮށްފައިވަނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދެވެ.

ތުހުމަތުތަކާއި އެކު އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެފައެވެ. ނަމަވެސް މި މައްސަލާގެ ތުހުމަތު ކުރެވޭ ޝިމާޒް ވަނީ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން އެމްއެމްއާރްއެމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއަށް ޖެނުއަރީ ހަވަނަ ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން ގެންދާތީ، މައްސަލަ އަވަހަށް ނިންމައިދިނުމަށެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެ ޕާޓީއާއި ހިއްސާ ކުރުމަށް ސިޓީގައި އެދިފައިވެއެވެ.

މި މަސައްކަތް ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލު ކޮށްފައި ވަނީ ވަސާޖިޔޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށްވެއެވެ. އެ ކުންފުނި ޓެންޑާ ބޯޑުން ހޮވި ގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ވަސާޖިޔޯ އަށް އެ މަސައްކަތް ހަވާލު ކުރުމުގައި ބޮޑެތި ހިޔާނާތްތަކެއް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ދާކަން ފާހަަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އެ އްބަފާ ކޮ އްކޮ އަށް ދެމުންދާ އަނިޔާ ހު އްޓާލުމަށް ގޮވާލަބަލަ..މާރަގަޅުވާނެ... އަމި އްލަ ލެޔަށް ނެތްކުލުނެ ހިލޭމީހަކަށް ނުހުންނާނެ..ތި އީ މަޝްހޫރުވާންވެގެން ސުރުހީ އެ އް ހަދަނީ..ކޯޓުތަކުގަ ހިގަމުންދާ ހުކުމްތަކަށް ގޮތްފާޑުކިޔާ މީހެ އް މަ އުމޫނަކީ ކީ އްވެ ރޔީންގެ ޝަރީ އަތް ސަރުކާރުން އިޖުރާ އަތްތަކާ ހިލާފުވެ ޝަރީ އަތަށް ނުފޫޒުފޯރުވާ އިރު ބަހެ އްނުބުނަނީ..ދުޝްމަނަކަށްވެސް ނުހަ އްގު އަނިޔާ އެ އް ލިބޭ އިރު ބަލަހަ އްޓަ އިގެން ހުންނަން ހެޔޮނުވާނެ.. އަނިޔާ އާ ދެކޮޅަށް މޑޕ އާ ގުޅުނުކަމަށް މަ އުމޫނު ބުނަންޏާ އިންސާފަށް އެދެންޖެހޭނީ ވަކިބަޔަކަށްނޫން.. މަ އުމޫނަކީ ގާނޫނީ ދާ އިރާ އިން ތަ އުލީމު އުގެނިގެންހުރި ބޭފުޅޭބުނާތީ އިވެނީ.. އިސްލާމީ ޝަރީ އަތާ ފުށު އަރާ ކަމެ އްކަމަށް ގާނޫނީ އަދި ދީނީ އިލްމުވެރިން ބުނަމުންދަނީ ފާސިގުންގެ ހެކިބަސްބަލަ އިގަތުމަކީ... އަދީބު އާ ޒިޔަތު ހިމެނެނީ ފާސިގުންގެތެރޭގަ ރޔާމީންގެ ޝަރީ އަތުގަ...

    5
    2
    • މޯދީ

      އެއްބަފާ ބޭބެ ޖަލުގައި ނިކަމެތި ހާލުގައި ގެންގުޅުނު އިރު ޔާމީންގައިގައި ކުލުނު ހުރިތަ؟ ލެޔަށް ކުލުނު ހުރިތަ؟

      2
      3