ލ.އަތޮޅު ފޮނަދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) ފަރާތްތައް ދިރިއުޅޭ ދިހަގެއެއް މިއަދުން ފެށިގެން 14 ދުވަސް ވަންދެން ކަރަންޓީން ކޮށްފިއެވެ.

ފޮނަދޫ ކައުންސިލް އިދާރާ އިން ކުރި އިއުލާނެއްގައި ވިދާޅުވީ ކަރަންޓީން ކޮށްފައި ވަނީ އެވަޕީސް، ބަނަފްސާގެ، ހަޔެތު، ޗާންދަނީވިލާ، ތިބުރޯޒްގެ، އުފާ، ލައިނޫފަރުގެ، ކޮނެންޓްވިލާ، ބަގީޗާގެ އަދި ޒިއުރިކް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ، މިހާތަނަށް އިއްޔެ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ (ޑައިރެކްޓު ކޮންޓެކްޓް)ގެ ގޮތުގައި ބަޔަކު ފާހަގަވެ، 10 ގެއެއް ކަރަންޓީނުކޮށްފައިވާކަމަށެވެެ.

ރިޔާޒް ވިދާޅުވީ މިހާތަނަށް ގާތުން އެއްތާވެެފައިވަނީ ކިތައް މީހުންކަމެެއް ދަންނަވަން ނޭޭނގޭ ކަމަށާއި، ގާތުން އެެއްތާވި މީހުންގެެ ތެރޭގައި މި ބަލީގެ ހިރާސް ބޮޑު މީހުންވެސް ތިބި ކަމަށެވެ.

ފޮނަދޫގެެ ހާލަތު ބަޔާން ކޮށްދެއްވާ ރިޔާޒް ވިދާޅުވީ ރައްޔިތުން ކައުންސިލްގެ އިލްތިމާސްތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށާއި އެގޮތުން މިއަދު ބޭރަށް ނިކުންނަ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެފައިވެފައި ވާކަމަށެެވެ.

"މަގުމައްޗަށް ނިކުންނަ އިރުވެސް މާސްކު އަޅައިގެން ހަމަ އާންމުން ބޭރުގަ އުޅެނީ. ރަށުތެރެ ވަރަށް ހިމޭންވެެފަ އޮތީމިކަމާއި ގުޅިގެން" ރިޔާޒް ވިދާޅުވިއެވެ.

އެރަށުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އެއީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ.

އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ. އެރަށުން ފައްސިވި މި ހަތަރު މީހުންނަކީވެސް ކަރަންޓީންގައި ތިބި ބައެއް ނޫނެވެ. އެރަށުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު އެރަށާއި، ގަން ވަނީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮލުކަށި

    ރިޔާޒު ފޮނިއަންގަ ނުތަޅަބަލަ ތިއަންހެންމީހާ އިންދެގެންއުޅޭ ދެއްވަދޫ ޕާޓޭ ކިތައްފަރު މާލެއިން ފޮނަދުއަށްގޮސް ކަރަންޓީންނުވެމުޅިރަށުގަ އުޅެފި ކަލޭމެނަށްވީކަމެއް ހަމަހަރާމް ނައޮޓޫލޭޓް

    2
    1