ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެވޯޑްކުރާ މަސައްކަތްތައް ނިންމުމުން ކޮންޓްރެެކްޓަރުންނަށް ފައިސާ ނުދޭތީ ކޮންޓްރެކްޓާސް އެެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އާންމުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކާއި ގެއްލުމުގެ ތެރެއިން، ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަރަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އެ ކުންފުނިން ނެެރުނު ބަޔާނެއްގައި ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކޮންޓްރެކްޓަރުންނަކީ ވަރަށްބޮޑަށް ލޯކަލް ކުދި ވިޔަރާފާރިތަކުގެ ތެރޭގައި ހިމެނޭ ކުދި ފިހާރަތަކާއި ހާރޑްވެޔަރ އަދި އެހެނިހެން މެޓީރިއަލް ސަޕްލަޔަރުންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކާއި ގުޅި ލާމެހިފައިވާ ފަރާތްތަކެެއް ކަމަށެެވެ.

މި ގިންތިއަށް ވިޔަފާރީގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަރާތްތަކާއި، އަދި އެފަރާތްތަކާއި ގުޅުންހުރި އެންމެހާ ޢާއިލާތަކަށްވެސް ކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ދަނީ ކުރަމުން ކަމަށް އެެ ބަޔާނުގައި ވަނީ ވިދާޅުުވެެފައެވެެ.

"މިދަނޑިވަޅުގައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން، ކުދި އަދި މެދު ފަންތީގެކޮންޓްރެކްޓަރުންނަށް އެވޯރޑްކުރެވޭ ޕްރޮޖެކްޓުތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ ޝަކުވާމިޖަމްޢިއްޔާގެ މެމްބަރުން ދަނީ ތަކުރާރު ކޮށް ކުރަމުންނެވެ" އެބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ މަސައްކަތުގެ އުޖޫރަ ދިނުމަކީ މަސައްކަތްކުރާ ފަރާތާއި މަސައްކަތް ކުރުވާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މުޢާމަލާތެއް ކަމަށާއި، ކުރެވެމުން ގެންދާ ބިލްތަކަށް ފައިސާ ނުލިބުމާއި ފައިސާ ނުދީ ލަސްކުރުމަކީ އިޖްތިމާޢީ ގޮތުންވެސް ދޭދޭ އަފުރާދުންގެ މެދުގައި އިތުބާރުގެއްލުމާއި ބޮޑެތި ހަމަނުޖެހުން އުފެދި ގެއްލުން ލިބިގެންދާނެ ކަންތައްތަކެއް ކަމަށެވެ.

އަދި ޤާނޫނުތަކާއި ޤަވާޢިދު ތަކުން މިކަމަށް ބާރު އަޅުއްވާފައިވަނީ ވެސް އެފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަތި ހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާއި މުޖްތަމަޢަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އަދާކޮށް ދިނުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް އެކު އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާަސުޖާ

    ޙާސައްކޮއް ފެނަކަ ކޮޕަރޭޝަން 60 ކޮންޓެކްޓަރަކަށް ރުފިޔާ ނުދީ އެބަހުރި 3 މަސްވީ

  2. ޙުސައިން

    ތިހުރިހާކަމަކީ ނާްްޤާބިލް މީހުން ތަންތާގެ އެމް،ޑީ ކަން ދިނުން
    ޢަޅުގަޑުމެން ތައްޔާރުމިވަނީ ލާރި ހޯދަން ފެނަކައަށް ވަންނަން.

  3. މާރުކޭޓް ގޮޅި

    ޙަމައެކަނި ސަރުކާރު ކުންފުނިތަކުންނެއްނޫން ފައިސާ ނުދެނީ! ޜިސޯޓް ތައް ހިންގާ މަހުޖަނުންވެސް 8 މަސް 9 މަސް ވާއިރުވެސް ނުދީ ކުދި ވިޔަފާރި ގޮޅިތައް އިނދައްސާލަނީ. 5 މަސްވަންދެން ސަޕްލައި ނަގާފަ ފައިސާ ނުދީ ދެންވެސް އެހެން ތާކިން ނަގަނީ. ކޮންމެ ބަޔަކުވެސް ޕޭމެންޓަށް ގުޅަން ފެށީމަ އެބަޔެއްގެ ޢަތުން އެއްޗެތި ނެގުން ހުއްޓާލާ ޕޭމަންޓްވެސް ނުދީ އިންދަ ޖައްސަމުންދަނީ. ޢެކަމަކު ރާއްޖޭގައި ވަގުވިޔަފާރި ކުރާ ލަންކާ އިންޑިޔާ ސަޕްލަޔަރުންނަށް 15 ދުވަހުން ޕޭމަންޓްދޭ. ދިވެހިގޮޅި ހިނގާ ނިކަމެތިން އިނދަޖައްސަމުންދާ މި ހަޤީޤަތް އިކޮނެމިކް މިނިސްތަރާއި ޓޫރިޒަމް މިނިސްޓަރަށް އެގޭނެ.